މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި މިފްކޯގެ "ޖަޒީރާ ކެރިއާ" އަށް އަރުވާފައި ހުރި 31 ފުޅި ބަނގުރާ ސަލާމަތީ ހިދުމަތްތަކުން އަތުލައިފިއެވެ.

ހުވަގުއަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި މި ފުޅިތައް އަތުީ ކަސްޓަމްސް އާއި، އެމްއެންޑީއެފް އާއި ޕޮލިހުން ގުޅިގެން ކަން ވަނީ އެނގިފައެވެ.

މި މައްސަލައިގައި ފުލުހުންވެސް އަދި ކަސްޓަމްސް އިންވެސް ތަފްސީލުތައް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އިތުވާރު މަސްދަރަކުން "ދަ ޕްރެސް" އަށް މިކަން ކަށަވަރުވެފައި ވެއެވެ.

ބޯޓު ރާއްޖެ އައި އިރު އޭގައި ބަނގުރާ ހުރިކަމަށް ލިބުނު މައުލޫމާތެއްގެ މައްޗަށް މުއައްސަސާތަކުން އޮޕަރޭޝަން ހިންގި އިރު އޭގައި ތިބި މީހުންގެ ތަފްސީލުތަކެއް އައިދ ނޭނގެއެވެ. އަދި ބޯޓު އައީ ކޮން ބަނދަރަކުން ކަމެއްވެސް ސާފެއް ނުވެއެވެ.

މިފްކޯގެ ބޯޓަކުން ބަނގުރާ އަތުލި އިރު އިންޑިއާގެ ޓުޓިކޮރިން އިން މިދިޔަ މަހުގެ 29 ގައި ރާއްޖެ އައި ބޯޓަކުން ގެނައި ކޮންޓެއިނަރެއްގައި ހަޝިޝް އޮއިލް ހުއްޓާ ވަނީ އަތުލާފައެވެ. 4 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ފޮރުވާފައި ހުރީ މުދާ ކޮންޓެއިނަރެއްގައި 2 ޕެލެޓެއްގައެވެ.