އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ މެންބަރުންނަށް ގޭމް ރޫމް ބޭނުން ކުރުމުގައި ހާއްސަ އޮފާއެއް ތައާރަފް ކޮށްފިއެވެ.
އުރީދޫން ބުނީ، ގޭމް ރޫމްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އުރީދޫގެ ކްލަބް ޕްރިމިއާ ކޮންމެ މެންބަރަކަށް ހިލޭ އެއްގަޑިއިރު ހޭދަ ކުރެވޭ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.
ދާދި ފަހުން އުރީދޫން ވަނީ އުރީދޫގެ ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ވެސް ތައާރަފް ކޮށްފައެވެ. ރާއްޖޭގައި އުރީދޫ ނޭޝަންގެ ޕާޓްނަރުންނަކީ ގޭމް ރޫމް، ވީއާރު ކެފޭ، އެންމެން ގޭމިން، އަދި އީ2އެސް އެވެ.
އުރީދޫ ނޭޝަންސް މެދުވެރިކޮށް އެޕަލް އައިޓިއުންސް، ނިންޓެންޑޯ، އަދި ޕްލޭސްޓޭޝަން ފަދަ ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑު ގަނެވޭނެއެވެ. މަޝްހޫރު ގޭމްތައް ކަމަށްވާ ޕަބްޖީ އާއި ކޯލް އޮފް ޑިއުޓީ އަދި މޯބައިލް ލެޖެންޑްސް ފަދަ ގޭމްތަކަށް ހާއްސަ މޮބައިލް ޑޭޓާ ޕެކް އެކްޓިވޭޓް ކުރެވުމުގެ އިތުރުން، ގޭމިން ކޮންސޯލް ފަދަ ތަކެތި ވެސް ގަނެވޭނެއެވެ. މީގެ އިތުރުން އުރީދޫ ނޭޝަނުން ގޭމް ކުޅޭ ފަރާތްތަކަށް އަގުހުރި އިނާމުތަކާ އެކު، ރާއްޖެއާއި ރާއްޖޭން ބޭރުގެ މުބާރާތްތައް ވެސް އެ ގޭމްރޫމްގައި ކުރިއަށް ދާނެއެވެ.
އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް ގޭމް ރޫމް ބޭނުން ކުރުމުގައި ހާއްސަ އޮފާއެއް ތައާރަފްކޮށްފައި ވާއިރު، ދާދި ފަހުން އުރީދޫން ވަނީ ޕަބްޖީ މުބާރާތަކަށް ވެސް ހުޅުވާލާފައެވެ. މި މުބާރާތަކީ އެއް ލައްކަ ރުފިޔާގެ އިނާމަކާ އެކު، އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތެވެ.
ގޭމިން އިންޑަސްޓްރީ އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ކުރި އަރަމުން އަންނަ، އަދި ގިނަ ފުރުސަތުތަކެއް ވެސް އޮތް އިންޑަސްޓްރީއެކެވެ. އެ ގޮތުން ރާއްޖޭގައި ގޭމިން އަށް އޮންނަ ސަޕޯޓާއި އެކަމަށް ޝައުގުވެރިވާ ފަރާތްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކޮށްލެވޭ ކަމެކެވެ. އަދި ގޭމިންއަށް ޝައުގުވެރިވާ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެމުން އަންނަ އުރީދޫން އަބަދުވެސް މަސައްކަތް ކުރަނީ ގޭމިން ކޮމިއުނިޓީއަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.