9 ކޭސް ބަނގުރަލާއެކު ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިމަހު 13 ވަނަ ދުވަހުގެ ފަތިހު 5:30 ހާއިރު ފުލުހުން މަގުމަތި ޕެޓްރޯލް ކުރުމުގެ ތެރޭގައި ފެނިގެން ޕިކަޕަކަށް ބަނގުރާ ފުޅިތަކެއް އަރުވަން އުޅުނު ބަންގްލަދޭޝްގެ ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މީހުން ޕިކަޕަށް އަރުވަން އުޅުނު 9 ކޭސް ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހުންނާއެކު އުޅުނު އެހެން ދެ ބިދޭސީއަކު ފުލުހުން ފެނުމުން ފިލާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި ބިދޭސީންގެ އިތުރުން ފުލުހަކު ވެސް ހިމެނޭ ކަމަށް ވާހަކަތައް ވަނީ ފެތުރިފައެވެ. ނަމަވެސް މި މައްސަލައިގައި ފުލުހަކު ނުހިމެނޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.