ބޮލީވުޑްގެ މަޝްހޫރު ފިލްމްސްޓާރު އަދި މޮޑެލް ސުޝްމިތާ ސެން ރާއްޖެއަށް ޒިޔާރަތް ކޮށްފިއެވެ.
ސުޝްމިތާ ރާއްޖެއަށް އަންނަ ކަން އިއުލާން ކޮށް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ، ޗުއްޓީ ހޭދަ ކޮށްލަން ވަރަށް ހާއްސަ ދަތުރެއްގައި ރާއްޖެއަށް ދާ ކަމަށެވެ. މިއަދަކީ ބައްޕައިންގެ ދުވަސް ކަމަށާއި އޭޏާގެ ދެ ދަރިންނާއެކު ބައްޕަ ގޮވައިގެން މި ދަނީ ރާއްޖެއަށް ކަމަށެވެ. އަދި ހުރިހާ ބައްޕައިންގެ މި ދުވަހުގެ ތަހުނިޔާ ސުޝްމިތާ ވަނީ އަދާ ކޮށްފައެވެ. އަދި އޭނާގެ ހުރިހާ ފޭނުން ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް ސުޝްމިތާ ވަނީ ބުނެފައެވެ.
އެ ދަތުރުގައި އޭނާ އެޑޮޕްޓްކޮށްފައި ދެ އަންހެން ދަރިން ކަމަށް ވާ ރެނީ އާއި އަލީޝާ ބައިވެރިވެއެވެ. އިންސްޓަގްރާމް ޕޯސްޓް އޭނާ ކޮށްފައި ވަނީ ހަތަރު މެންބަރުން އެކުގައި ފްލައިޓުގައި ތިބެއެވެ.
1994 އހަރުގައި މިސް ޔުނިވާސް ކާމިޔާބު ކުރި ސުޝްމިތާ ސެން އަކީ ހިންދީ ފިލްމތަކުން ފެންނަން ފެށީ ބަތަލެކެވެ. މަޝްހުރު ގިނަ ފިލްމަތަކެއް ކުޅެފައިވާ ސުޝްމިތާއަކީ ގިނަ ބައެއް ގެ ލޯބި ލިބިފައިވާ ބޮލީވުޑްގެ އިތުރުން ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ.
ސުޝްމީތާ ރާއްޖެއަށް އަންނަ ކަން އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި މިހާރު ވެސް ރާއްޖެއަށް އިންޑިއާގެ މަޝްހޫރު ފަންނާނުން އަންނަމުންދާ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ވަރަށް ފަހުން ބޮލީވުޑްގެ މަޝްހުރު ބަތަލާ ސަނީ ލިއޯން ވެސް ރާއްޖެއަށް އަންނަން އުޅޭ ކަން ވަނީ އިއުލާން ކޮށްފައެވެ.