ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ބިލެތްފަހި ސްކޫލްގެ ލައިބްރަރީ ތަރައްގީ ކޮށްފިއެވެ.

މި މަޝްރޫއު ހިންގާފައި ވަނީ އެ ސްކޫލްގެ ޓީޗަރެއް ކަމަށްވާ އިސްމާއިލް ޝަރީފް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮޖެކްޓު ދަށުން ލައިބްރައީއަށް އަލަށް 700 އެއްހާ ފޮތް އިތުރުކޮށް ފޮތްހަރުގަނޑު ހިމަނައި، ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ހޯދައިދީފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިސްމާއިލް ޝަރީފް ވިދާޅުވީ، ލައިބްރަރީއަށް އިނގިރޭސި އަދި ދިވެހި ފޮތް އިތުރުކޮށް ކުދިންނަށް ފޮތް ކިޔުމަށް އެކަށޭނެ މާހައުލެއް ގާއިމްކުރެވިގެން ދިޔުމުގެ ސަބަބުން ސްކޫލްގެ ރީޑިން ޕްރޮގްރާމަށް ވެސް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށެވެ.

އަދި ލައިބްރަރީއަށް ގެނައި ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް ގާއިމްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފުރުސަތުގައި ބިލެތްފަހި ކައުންސިލަށާއި، ޓީޗަރުންނަށް، ލައިބްރޭރިއަންގެ އިތުރުން އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން.
އިސްމާއިލް ޝަރީފް

ކޮމިއުނިޓީ ފަންޑަކީ އހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިހާރު ބޭންކުން ދަނީ މިއަހަރުގެ ދެވަނަ ކުއާޓާ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.