މާލެއިން ފުރަން އުޅުނު ލޯންޗަކުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު ޝަރީއަތް ހިންގާ 24 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ނ. ވެލިދޫ، ސުވާސާ، އިނާން އަހްމަދުގެ މައްޗަށް ދައުލަތުން ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެމައްސަލާގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ޖޫން 27، 2020 ގައި އިނާން ވަނީ ބޭންކްއޮފް މޯލްޑިވްސް ކުރިމަތިން ފުރަން އުޅުނު ލޫޖަން 4 ލޯންޗުއިން މަސްތުވާތަކެތި ގެންދަން މަސައްކަތްކޮށްފައެވެ. އޭނާ އަތުން 19،2616 ގްރާމްގެ ޑައިފޯމް ފެނިފައެވެ.

މިމައްސަލަާގައި ކުރި ހުކުމުގައި ބުނީ، މަސްތުވާތަކެތި މަސްތުވާތަކެތި ފެނިފައިވާ ސިނގިރޭޓު ފޮށި އޮތީ އެ ލޯންޗަށް އަރާ މީހަކަށް ވަގުތުން ފެންނާނެހެން ހާމައަށް ކަމުގައި ނުބުނެވޭނެ ކަމަށާއި އެތަކެތި ފެނިފައިވާ ތަަނަކީ ތަޅުލެވޭ ގޮތަށް ހުރި ތަނަކަށް ނުވިޔަސް އެތަނަކީ ފާޅުކޮށް ހާމައަށް އޮތްތަނެކޭވެސް ނުބުނެވޭނެ ކަމަށެވެ.

މީގެ އިތުރުން އެ ސިނގިރޭޓް ފޮށިން އޭނެގެ އިނގިލީގެ ނިޝާން ލިބިފައިވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

މި މައްސަލާގައި އިނާންގެ މައްޗަށް 24 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާއިރު އޭނާ ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. މިގޮތުން ޖޫރިމަނާގެ ފަައިސާ (100،000 ރުފިޔާ) އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމުގައި ވަނީ އަންގާފައެވެ.