މާލޭގައި ވަގަށް މުރަނގަފަތްކޮޅެއް ބިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ މި މީހާއަކީ ފެބްރުއަރީ 8 2022، ވަނަ ދުވަހުގެ ވަގުތެއްގައި ބަނޑޭރިކޮށި ގޯއްޗެއްގައި ހުރި މުރަނގަ ގަހަކުން އެކި ދުވަސްމަތިން ވަގަށް މުރަނގަ ފަތް ބިންނަ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

މިގޮތުން ގަލޮޅު ޕޮލިސްގެ އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ އެމީހާ ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

https://www.youtube.com/watch?v=_3HDDbTuv88&feature=emb_title

މި މީހާ ހޯދުމަށް ފުލުހުން ވީޑިއޯއެއް ވެސް ހިއްސާކޮށްފައިވާއިރު ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން އަންނަނީ މީގެ ކުރިން މިފަދަ މައްސަލަތަކުގައި މީހުން ނުފެނިގެން ހޯދަން އިއުލާނު ކޮށްފައެވެ.