ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އައްޑު އަތޮޅު ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ 21އ. މަރުވި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 3 މީހަކު ދޫކޮށްލައިފިއެވެ.

ޒަޔާންގެ މަރުގެ މައްސަލަގައި 15 އަހަރުގެ ކުއްޖަކާއި 16 އަހަތުގެ ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން 16 އަހަރުގެ ކުއްޖާ ހައްޔަރުކުރަން އުޅުނު ވަގުތު އަމާންކަން ނަގާލަން އުޅުނު އިތުރު 3 މީހަކު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

އެއީ 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ. ކޯޓުން ދޫކޮށްލައިފައި ވަނީ މި ތިން މީހުންނެވެ.

ފޭދޫގައި މިދިޔަ މަހުގެ 31 ވީ އަންގާރަ ދުވަހުގެ ރޭ ހިންގި އެ މާރާމާރީގައި ޒަހަމްވި ޒުވާނާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ތޫނު އެއްޗެހިން ހަމަލާ ދީ ހިންގި މި މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއް ކަމަށް ފުލުހުން ބުނެއެވެ.