ސައުތު އިންޑިއާގައި މަގަބޫލު ތަރި ރަމްޝިކާ މަންޑަނާ، ފިލްމު "ޕުޝްޕާ" އިން ވިދާލުމާއެކު އޭނާއަށް ފިލްމުތައް އޮހެން ފަށައިފިއެވެ. މިއީ ސައުތް އިންޑިއާގެ ބަތޮލާއަކު އޭނާގެ ފިލްމެއް، އިންޑިއާގައި ކިޔާ ގޮތުން ނަމަ "ބޮޑް ސްކްރީން" އާ ހިސާބަށް ދިޔުމުގެ ކުރިން މަގުބޫލުކަން ލިބިގެން ދިޔަ ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ. އިންޑިއާގައި ބޮޑް ސްކްރީނަށް ވަނީ، ބޮލީވްޑްގެ (ހިންދީ) ފިލްމެއް ކުޅެ ސިނަމާތަކުގައި އެޅުވީމައެވެ.

"ޕުޝްޕާ" ގެ ވިޔަފާރި ރަނގަޅު ބޮކްސް އޮފީހުގައި 300 ކްރޯޑް ރުޕީސް ނުވަތަ 48 މިލިއަން ޑޮލަރު ހޯދާފައި ވާ އިރު، ރަމްޝިކާ އަށް ބޮލީވްޑުން ރަނގަޅު ހުށަހެޅުންތައް ދަނީ ލިބެމުންނެވެ. އޭނާ މިހާރު ދެފިލްމެއްގެ މަސައްކަތް ކުރަމުން ދާ ކަމަށާއި އިތުރު ހުށަހެޅުންތައް ބޮޑެތި ތަރިންގެ ފިލްމުތަކުން ވެސް ދަނީ ލިބެމުން ކަމަށް ހަބަރުތައް ބުނެއެވެ.

އެގޮތުން، ބޮލީވްޑްގެ ތަރި ސިދާތް މަލްހޯތްރާއާއެކު ފިލްމެއް ކުޅުމަށް އޭނާ ތައްޔާރު ވަމުން އަންނަ އިރު ގްޑްބައި އަދި އެނިމަލް ކިޔާ 2 ފިލްމެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އަމީތާބު އުޅޭ ފިލްމަކުންނާއި ރަންބީރް ކަޕޫރުގެ ފިލްމަކުންވެސް ފުރުސަތު ލިބިފައިވާ ކަމަށް ހަބަރު ލިބެއެވެ.

https://www.instagram.com/reel/CewOe_AAMmo/

ރަމްޝިކާއަކީ ސައުތު އިންޑިއާގައި މަޝްހޫރު ބަތޮލާއެއްގެ އިތުރުން ހިތްތިރި ތަރިއެއްވެސް މެއެވެ. އެގޮތުން، އޭނާ ވަނީ، ބައެއް ފޭނުން އޭނާއާއެކު ފޮޓޯނަގާ ހަދަން ބޭނުން ވުމުން އެފަރާތްތަކަށް އެފުރުސަތު ދީފައެވެ. ރަމްޝިކާގެ ބޮޑީގާޑުން އެމީހުން ހުއްޓުވަން އުޅުމުންވެސް ރަމްޝިކާ ބުނީ، ނުހުއްޓުވާ، ދޫކޮށްލުމަށެވެ. އަދި ރަމްޝިކާ ބޭނުންވަނީ އެމީހުން އެ ފޮޓޯ ނަގައިގެން ކުރާނީ ކީއްތޯ ސާފުކުރާށެވެ.

ރީތި ހިނިތުންވުމަކާއެކު ފެންނަ ރަމްޝިކާއަކީ ކާމިޔާބު ބޮޑު ބަތޮލާއަކަށް ވާނެ ކަމަށް ގިނަ ފޭނުން ބުނެއެވެ.