ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފްލެޓެއްގެ ތިންވަނަ ބުރިން އަންހެނަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިންގައިގެން އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 5:30 ގައި ކަމަށެވެ. މި ހާދިސާގައި އެ އިމާރާތުން ވެއްޓިފައި ވަނީ އުމުރުން 22 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އަދި އެމީހާއަށް ލިބިފައިވާ އަނިޔާތަކަށް މިހާރު ދަނީ ހުޅުމާޅެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެއެވެ.