ސެންސަންގެ މޮޅު ފޯނުތަކެއް އުރީދޫން މޯލްޑިވްސް އިން ހާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ.

އުރީދޫން ބުނީ، ސެމްސަންގްގެ ފަހުގެ މޮޅު ފޯނުތައް ގަންނަން ބޭނުންވާ ކަސްޓަމަރުން މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށާއި އަދި މޫލީން ގަންނަ ފޯނުތައް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. މި އޮފާ ކުރިއަށް ދާނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ހާއްސަ އަގުތަކެއް ކަނޑައަޅަިއގެން ވިއްކާ ފޯނުތަކާއި އަގުތައް:

  • ސެމްސަންގް ގެލެކްސީ އެސް21، 5ޖީ ޕްލަސް (256 ޖީބީ) - 15،500 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް (256 ޖީބީ) - 14،000 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ ނޯޓް20، 5ޖީ ޕްލަސް (256 ޖީބީ) - 11،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް (128 ޖީބީ) - 9،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ އެސް20 (128 ޖީބީ) - 7،499 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ ނޯޓް10 ޕްލަސް (256 ޖީބީ) - 9،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ އެސް10 ޕްލަސް (256 ޖީބީ) - 5،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ އެސް10 (128 ޖީބީ) - 4،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ އެސް10 ޕްލަސް (256 ޖީބީ) - 5،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ ނޯޓް9 (1 28ޖީބީ) - 7،999 ރުފިޔާއަށް
  • ސެމްސަންގް ގެލެކްސީ ބަޑްސް ލައިވް ބީންސް- 899 ރުފިޔާ

އުރީދޫން ބުނީ، މި އޮފާގައި ވިއްކާ ސެމްސަންގެ ފޯނުތަކުގެ އަގުތަކަކީ މި ވަގުތު މާކެޓުގައި ލިބެން ހުންނާނެ އެންމެ ރަނގަޅު އަގުތައް ކަމަށެވެ. މި އަގުތަކަށް އެ ފޯނުތައް ވިއްކާ މުއްދަތެއް ކަނޑައަޅާފައިވާ ތީ ހެޔޮއަގުގައި މި ފޯނުތައް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މި ލިބޭ ފުރުސަތު ނަގާ ނުލައި އަވަހަށް އޯޑާ ކުރަން އުރީދޫން ބުނެއެވެ.

މޫލީން ގަންނަން ބޭނުން ނުވާ ކަސްޓަމަރުންނަށް ވެސް މި އޮފާއިން ފޯނު ގަނެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އެ ގޮތުން އެންމެ ކައިރީގައި ހުންނަ އުރީދޫގެ ފިހާރައިން ވެސް މި އޮފާ އަށް ސެމްސަން ފޯންތައް ގަނެވޭނެ އެވެ.