"އަޒްކާ..މަގޭ ގޭގަ ހުރެގެން ތިފާޑަށް މަށާ ވާހަކަ ދައްކަން ލަދެއް ނުގަނޭތަ؟..މަ މިއުޅެނީ އަޒްކާ ކާންދިނީމަ ކައިގެންނެއް ނޫން ތިފާޑަށް މަގޭ ކުރިމަތީ އެއްޗެހި ކިޔާކަށް..ކައިވެންޏަށް މަ އެއްބަސްވީ އުފަލުންނެއްނޫން ކަން ހަނދާން ބަހައްޓާތި..މަންމަ ގެ އެދުމެއްގަ ކޮޅުފައިން ނުޖަހަން ވެގެން.." މާއިޝް ގެ ރަހުމު ކުޑަ ބަސްތަށް ފައްޗަކަށް އަމުނާލިއެވެ. އަޒްކާ އަށް އިތުރަށް އެއްޗެއް ބުނާނެ ހިތަވަރެއް ނުލިބުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލުމަށް ފަހު ގެއަށް ވަންނަން ހިނގައިގަތެވެ. "ހިތްވަރެއް ނެތަސް ޒުވާބުކުރަންވެޔޭ.." ދެންވެސް މާއިޝް ބުނި އެއްޗަކުން އޭނާގެ ހިތަށް ހީވީ ތީރުތަކެއް ހަރާލިހެންނެވެ.
"ދޮންބޭ ދިސް އިޒް ޖަސްޓް ޓޫ މަޗް.. އަޒޫ އަކީވެސް ހަމަ ދޮންބެ ކަހަލަ އިންސާނެކޭ..އޭނަވެސް ދެރަވާނެ ދޯ ދޮންބެ ތިކަހަލަ އެއްޗެހި ބުނީމަ..އަޒޫ މަންމަ ކައިރީ ފުރަތަމަވެސް ކައިވެންޏަށްވެސް ނޫނެކޭ ބުނީ..އޭނަވެސް ނޫޅެއޭ ދޮންބެ ކަހަލަ ރަހުމު ކުޑަ މީހަކާ ނީނދެވިގެންނެއް.." ބޭރަށް ނިކުންނަން އައި މީޝާއަށް އެދެމީހުން ދެއްކި ވާހަކަތަށް އަޑުއވިގެން މާއިޝްއަށް ޖަވާބު ދިނެވެ. އައި ރުޅިގަނޑުގައި ކައިރީ ހުރި ގޮނޑީގައި ފައިން ޖެހުމަށްފަހު މާއިޝް ގޭތެރެއަށް ވަދެގެން ދިޔައެވެ. މީޝާވެސް އަވަސް ފިޔަވަޅު ތަކެއްގައި ގޭތެރެއަށް ވަނީ އަޒްކާގެ ހާލެއް ބަލާލަން ބޭނުންވެގެންނެވެ.
"އަޒޫ ތިވަރަށް ނުރޮއޭ..އަޒޫ ދޮންބެ ބޭނުން އެއްޗެއް ކިޔަންދެން އަޅާނުލާ ހުންނާތީއޭ އެހެން އެއްޗެހި އެކިޔަނީ އޭނަ..އަޒޫ މިރޭވެސް ރީއްޗަށް ވާހަކަ ދައްކަން އުޅުނީމަ ދޮންބެ އެއްނުން އެހެން ވާހަކަ ދެއްކީ..އަޒޫ ޖެހޭނެ ވަރަށް ހިތްވަރުގަދަވާން..އެހެންނޫނީ ދެންވެސް ދޮންބެ ހަދާނީ ހަމަ ތިގޮތަށް..." މީޝާ އަޒްކާއަށް ހިތްވަރު ދެމުން ދިޔައެވެ. "މާއިޝް ހިތުގަ މަށާ ދޭތެރޭ އެހާ ނަފުރަތު ބަހައްޓައިގެން ކިހިނެއް ކައިވެންޏެއްގަ އުޅޭނީ..މާއިޝް އެންމެ ފަހަރަކުވެސް ވިސްނާނުލާ މަގޭ ލައިފް ހަލާކުވާނެކަމެއް.." އަޒްކާގެ އަޑުގައި ވޭން އެކުލެވިފައިވެއެވެ. ކިތައްމެ ކެއްކުރަން ބޭނުންވިޔަސް އޭނާއަށް ހިތްވަރެއް ނުލިބެއެވެ. އެވަގުތު ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާލިއެވެ. "މީޝް " ބޭރުން އިވުނީ އާދިލްގެ އަޑެވެ.
"ކިހިނެއްވީ އާއްޑޭ..ކަމަކު ތަ؟.." ލައިގެން ހުރި އަޅިކުލައިގެ ސޯޓު ޖީބަށް އަތް ޖަހާލައިގެން ހުރި އާދިލް ފެނިފައި މީޝާ އަހާލިއެވެ. "ކޮބާ އަޒޫ..ނިދާފަތަ؟ އޯކޭތަ އެތެރެއަށް ވަދެލިއަސް.." އާދިލް އަހާލިއެވެ. ބޮލުގެ އިޝާރާތުން އާނއެކޭ ބުނުމަށްފަހު މީޝާ އާދިލް ވަންނަން ޖާގަ ދިނެވެ. އާދިލް އެތެރެއަށް ވަނުމުން މީޝާ ދޮރު ލައްޕަން އުޅުނެވެ. "ހުޅުވާފަ ބަހައްޓާލާ..ހައިއްޓޭ އެބައާދޭ މާއިޝް ގޮވައިގެން.." އާދިލް ބުނެލިއެވެ. އެހެންކަމުން މީޝާ އައިސް އަޒްކާ އާ ޖެހިގެން އެނދުގައި އިށީނެވެ. އާދިލްވެސް ކައިރީ ހުރި ސޯފާގައި އިއްތާލިއެވެ. ވާން މިއުޅެނީ ކީއްކަން ނޭނގިފައި އަޒްކާ އާއި މީޝާ އިނެވެ. "އެޔޮއް އައީ..އަވަހަށް އާދޭ..ނައިސްގެން ވާހަކަ ނުފެށިފަ މިތިބީ.." ހައިކަލް އާއި މާއިޝް ފެނުމުން އާދިލް ބުނެލިއެވެ." ކޮން ވާހަކައެއްތަ.." ކެތްމަދުވެފައި އިނދެ މީޝާ އަހާލިއެވެ. "މިތާ ކައިރީ މިއޮއް ފަޅު ރަށަށް މާދަމާ ދަތުރެއް ދާން ކަމަށް.. މާދަމާ ހެނދުނު ގޮސް ހަވީރު އަންނާނީ.." އާދިލް ބުނެލިއެވެ. "ސަޅި ކަމެއް.. ހިނގާ ރާވަމާ.. ކޮންބައެއް ދަނީ.." ފަހަތުން މީޝާ ބުންޏެވެ. "މި އެއްމެން..ދެން އަހަރުން ދަންނަ އެހެން މީހަކު ނޫޅެ މިރަށަކު..އެކަމް މީޝް މެން ގެންދަން ބޭނުންވާ ކުއްޖެއް ހުރިއްޔާ ގެންދަންވާނެ.." ހައިކަލް ބުނެލިއެވެ. "މަ ނުދާނަން..ބޭކާރު މީހަކު ދާ ތާކަށް މަ ނޫޅެން ދާކަށް.." މާއިޝް އެހެން އެބުނީ އަޒްކާ އާޢި ދިމާލަށްކަން އެއްމެންނަށް ވެސް އިނގުނެވެ. " ދެން ތީ ކޮންކަމެއް މާއިޝް..އަޒޫ ކީއްތަކުރީ ތިހާ ރުޅިއަންނަން.." ހައިކަލް ހަގީގަތް ހޯދަން ބޭނުންވިޔެވެ. "އަޒޫ ކަމެއް ކުރީއެއްނޫން..ދޮންބެ އަށް ރައީ އޮޅުވާލީމަ އޭގެ ވަރުގަނޑު އަޒޫ އަށް ބާލަނީ..އަދި އެވަރު ނުވެގެން އެހާ ރުޅި އަންނަ އިރުވެސް ކައިވެންޏަށްވެސް އެއްބަސްވެފަ..އެހެން މީހެއްގެ ފަރާތުން ލަނޑު ލިބުނީމަ އޭގެ ބަދަލު އަޒޫ ފަރާތުން ހިފަންވެގެން..އަޒޫގެ ދިރިއުޅުން ހަލާކު ކުރަންވެގެން..ހިސާބަށް ވުރެން...." މީޝާ ގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އަޒްކާ ވާހަކަ ދައްކަންފެށިއެވެ. "މީޝް މާއިޝް މަށާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތަށް ކުރިޔަސް މީޝް އަށް އިނގެންވާނެ އެއީ މީޝްގެ ދޮނބެކަން..މީޝް ނުވާނެ އެއްނުން ތިކަހަލަ އެއްޗެހި ކިޔާކަށް.." "ދެން ކޮންމެހެން މާ ރަނގަޅު މީހަކަށް ވާން ވާހަކަ ދައްކާނެ ކަމެއް ނެތް..މި ހުރިހާ ކަމެއްވެސް މިވަނީ ކަލެއާ ހެދި..އަހަރުން ދެމީހުން ދޭތެރޭ ފަނި ހަދާފަ އަދި މާ ރަނގަޅު ވެގެން ވާހަކަ ދައްކައޭ އެބަ.." މާއިޝްގެ ބަސްތަކުގައި ވިހަކަން ދިޔައީ ފަހަރަކަށް ވުރެން ފަހަރެއް އިތުރުވަމުންނެވެ.
"އަޒޫ ޔޫ ގެޓިން މެރީޑް ޓު ހިމް؟.." މާއިޝް ނިކުމެގެން ދިޔުމުން އާދިލް އަހާލިއެވެ.ދޭނެ ޖަވާބެއް ނެތުމުން އަޒްކާ އިސްދަށަށްޖަހާލިއެވެ. "އެވާހަކަ އެހަށް ބާއްވާ..ދަތުރު ރާވަން ހިނގާ..ލާރު އަށް ގުޅާލާނަން ދާނަންތޯ ބަލާލަން.." ފޯން ނަގާ ލާރާ އަށް ގުޅާލަމުން މީޝާ ވާހަކަ ދެއްކިއެވެ. ފޯން ކަނޑާލީ ލާރާވެސް ދާ ގޮތަށް އެއްބަސްވުމުންނެވެ.
ބޭރު ސޯފާގައި ތިބި މީޝާމެން އަވަދިނެތި ދަތުރަށް ވާންވީ ތައްޔާރީތަށް ވަމުން ދިޔައެވެ. "ދޮންބެ ކޮބާ..ދޮންބެ ނުދޭތަ.." ކޮޓަރިން ނިކުން ނަޒީރާ އަށް އެކުދިންތެރޭ މާއިޝް ފެންނަން ނެތުމުން އަހާލިއެވެ. މާއިޝް ނުދާ ކަމަށް ހައިކަލް ބުނުމުން އަނެއްކާވެސް ނަޒީރާ ވާހަކަ ދެއްކިއެވެ. " އެކީއްވެ ނުދާންވީ..ކައިވެނި ކުރަން ރާވާފަ އޮތް އިރު އަޒްކާ އާ ދެކުދިން އެކީގަ ގިނަ ވަގުތު ހޭދަ ކުރަން ޖެހޭނެ އެއްނުން..ނުގޮސް ކަމަކު ނުދާނެ.. މާއިޝްޝްޝްޝް....." ނަޒީރާ ކޮންމެ ހާލެއްގައިނަމަވެސް އެދަތުރުގައި މާއިޝް ބައިވެރިކުރުވާނެއެވެ.
"މަންމަ ބުންޔަސް މަށެއް ނުދާނަން އެ ދަތުރެއް..މި ފެށޭ ހަފްތާގަ ވަޒީފާ އަށް ވެސް ނިކުންނަން ޖެހޭ..އޭގެ ކުރިން ވަރަށް ގިނަ ކަންތަށް ކުރަން އެބަހުރި.." މާއިޝް ކޮޓަރިންނިކުންނަމުން ކީ އެއްޗެހިން އޭނާ ނަޒީރާ ގެ އެދުމަށްވެސް ދެކޮޅުހެދިކަން އިނގުނެވެ. "މަންމާ އަޅާނުލާބަލަ.. ދޮންބެ ނުދިޔަސް އަހަރުންނަށް ދެވޭނެ ދޯ އަޒޫ.." މީޝާ އަޒްކާ އަށް ދޯ އެއްލަމުން ބުނެލިއެވެ. ޖަވާބުގައި އަޒްކާ ހީލިއެވެ. "މާއިޝް ނުދަންޏާ މަށަށް ރަނގަޅީވެސް.." ގެއިން ނިކުންނަން ދިޔަ މާއިޝް އަށް އަޒްކާ ދެއްކި ވާހަކަ އަޑު އިވިގެން ކުރިޔަށް އެޅި ފިޔަވަޅު ހުއްޓުނެވެ. " އޯކޭ މަ ދާނަން.. މި އަންނަނީ ފޯނެއް ކޮށްލާފަ.." އެހެން ބުނުމަށްފަހު މާއިޝް ނިކުމެގެން ދިޔައީއެވެ. އަޒްކާ އަށް ހެވުނެވެ. އޭނާ އެހެން ބުނީވެސް މާއިޝް ދަތުރުގައި ބައިވެރި ކުރަން ބޭނުންވެގެންނެވެ.
"ލިސްޓް މިނިމުނީ..ފިހާރައަށް ދަމާ..ކޮބާތަ އެ މާއިޝް.."ސޯފާގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން ކަންނެތް ރާގަކަށް ހައިކަލް ބުނެލިއެވެ. ހަމަ އެވަގުތު މާއިޝް ގޭތެރެއަށް ވަދެގެން އައެވެ. " އެއޮއް އައީ..ހިނގާ ފިހާރައަށް ދާން.."އަނެއްކާވެސް ވާހަކަ ދެއްކީ ހައިކަލްއެވެ.
ދަތުރަށް ވާންވީ ހުރިހާ ތައްޔާރީއެއް ވެނިމުމަށްފަހު ހުރިހާ ކުދިން ނިދަން ވަނީ 4 ޖަހާއިރު ހޭލަން ކިޔާފައެވެ. "އަޒޫ އެލާމް ކުރައްޗޭ..މަމީ ވަރަށް ނިދި ގަދަ މީހެއް.." ސޯފާގައި ލޯޝަން ފުޅިއެއް ހިފައިގެން އިން އަޒްކާއަށް ގޮވާލާފައި އެހެން ބުނުމަށްފަހު މީޝާ ނިދާން އޮއްތާލިއެވެ. މާ ލަސްނުކޮށް އަޒްކާ ވެސް ތެދުވެގެން އެނދާ ދިމާލަށް ހިނގައިގަތެވެ. އެވަދުތު ކޮޓަރީގައި ހުރި ފެންފުޅި ހުސްވެފައި ހުރިކަން ހަނދާންވިއެވެ. "އެކަމް މި އެއްޗެހި ލައިގެން ކިހިނެއް ދާނީވެސް.." ދެވަނަ ސިކުންތުގައި ލައިގެން ހުރި ކުރު ސޯޓުބުރިއާއި ޓީޝާޓު މަތިން ހަނދާނވެގެން އޭނާ އަށް ބުނެވުނެވެ. އެހެންނަމަވެސް އެހާ ދަންގަޑި އެއްގައި މީހަކު ނޫޅޭނެކަން އިނގުމުން އަޒްކާ ފުޅި ހިފައިގެން މަޑު ހިނގުމެއްގައި ކޮޓަރިން ނިކުމެގެން ކާގެއަށް މިސްރާބުޖެހިއެވެ. މުޅިގޭގައި ވަނީ އަނދިރިކަމެވެ. ތަންތަނުގައި އަތް ކާތަމުން ގޮސް އޭނާއަށް ކާގެއާއި ހިސާބަށް ދެވުނެވެ. އެވަގުތު ކާގެއިން ނިކުންނަން އައި މާއިޝް ޖެހުނީ އަޒްކާގެ ގައިގައެވެ. އަނދިރިކަމުން ކުރިމަތީ ހުރި ކާކުކަން ނޭނގިގެން އަޒްކާއަށް ހަޅޭލަވައިގަނެވުނެވެ. މާއިޝް ހުށިޔާރު ކަމާއިއެކު އަޒްކާގެ އަނގަ މަތީ އަތް އަޅާ ފާރާ ކައިރި ކޮށްލިއެވެ. "ޝްޝްޝްޝް..މަށޭ މީ..ހަޅޭ ނުލަވާ..މަންމަމެން ހޭލަފާނެ.." މާއިޝް ހުރިލެއް ކައިރިކަމުން އޭނާގެ އެ ހަށިގަނޑުގެ މީރުވެސް އަޒްކާ ގެ ނޭފަތުގައި ޖެހުނެވެ. މަޑު ހޫނުކަމެއް އެކުލެވިގެންވާ އެ ނޭވާތަށް އެއްވެސް ހުރަހެއްނެތި އަޒްކާގެ މޫނަށް އެޅެމުންދިޔައެވެ. މާއިޝް މަޑުމަޑުން އަޒްކާ އާއި ދުރަށް ޖެހިލައި ލައިޓް ދިއްލާލިއެވެ. އެވަގުތު އަޒްކާގެ އެހަށިގަނޑު ފެނިފައި މާއިޝް އަށް ކަޅިޖަހާނުލާ އޭނާ އާއި ދިމާލަށް ބަލަން ހުރެވުނެވެ. އަޒްކާ އަކީ ބުރުގާ ނާޅާ އުޅޭ ކުއްޖެއް ނަމަވެސް އެހާ ކުރު އެއްޗެހި ލާފައި ހުއްޓާ ފެނުނު މީ ފުރަތަމަ ފަހަރެވެ. " ސޮރީ..އަނދިރި ކަމުން މަށަށް ނުފެނުނީ އައިތަން.." ފުރަތަމަ ފަހަރަށް މާއިޝް އަޒްކާ އާއި ރީއްޗަށް ވާހަކަ ދެއްކިއެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ އަޒްކާ ފެންފުޅިއެއް ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.މާއިޝްވެސް މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.
"މީޝް ތެދުވަގަ ދެން.. ލާރާ އަށް ވެސް ގުޅަންޖެހޭނެ އެއްނުން..."އަޒްކާ ފާހަނާއިން ނިކުމެގެން އައިސް މީޝާއަށް ގޮވާލިއެވެ.ހީކުރި ގޮތާއި ހިލާފަށް މީޝާ ވަގުތުން ހޭލިއެވެ. "ހޫމްމްމްމްމްމްމް....މިތެދުވީ..އާއްޑެ މެން ހަބަރެއް ވެއްޖެތަ...؟ "ތެދުވެ އެނދުގައި ލަތްގަންނަމުން މީޝާ އަހާލިއެވެ. " ހާން އާއްޑެ މެސެޖް ކޮށްފަ އިން 4:15 ގަ..ދެން އަވަހަށް ދޭ ރެޑީވެލަން..އަދި ބޭގްވެސް ރެޑީ ނުކޮށް ހުރީ.." އަޒްކާ އެހެން ބުނުމުން މީޝާވެސް އަވަސް އަރުވާލާފައި ފާހަނާއަށް ވަނެވެ. " އަލަށް އަދި ރޭކުރަން ދާން މިއުޅެނީ..ދޮންބެ ނުދިޔަނަމަ ޖެހުނީހީ ހަވީރަށް އަންނަން ހަމަ..." މާއިޝް ބޭނުންވެގެން ދަތުރުގެ ޕްލޭން ފަހުން ބަދަލުވީއެވެ. "ހޫމްމްމްމް ދެން އަވަސް ކުރޭ ވާހަކަ ދިގުނުކޮށް..5:30 ގަ ނައްޓާލަން ކިޔާފައޭ އޮތީ..މިހާރު އެއޮއް 4:45 ވީ..." އަޒްކާ އަނެއްކާވެސް މީޝާއަށް ހަނދާންކޮށްދިނެވެ. އެވަގުތު މީޝާގެ ފޯން ރިންގު ވާން ފެށިއެވެ. ގުޅަނީ ލާރާ އެވެ. އަޒްކާ ކައިރީ ފޯން ނެގުމަށް ބުނެފައި މީޝާ ވަނީ ފާހަނާއަށެވެ. " ހަލޯ..މީޝް..." ލާރާ ވާހަކަ ދެއްކިއެވެ. " މީޝް ފާހަނާގަ..ކިހިނެއްވީ.." އަޒްކާ ބުންޏެވެ. " ހޭ އަޒޫ..މާއިޝް ކޮބާތަ..؟ ބަލާ އަންނާނަމޭ ކިޔާފަ ފޯން އެއް ނުނަގަ.. " ލާރާ ބުނެލިއެވެ. " އެބަ ބަލާލަން އަޅެ.. ބުނެލާނަން ދާށޭ..."އެހެން ބުނުމަށްފަހު އަޒްކާ ފޯން ބޭއްވިއެވެ.
ދެ ފިކުރެއްގައި ހުރެފައި އަޒްކާ ކޮޓަރިން ނިކުމެގެން މާއިޝް އުޅޭ ކޮޓަރި އާއި ދިމާލަށް މިސްރާބު ޖެހިއެވެ. ދެފަހަރަކު ދޮރުގައި ޓަކި ޖަހާލާ އިރަށް އެތެރެއިން ދޮރުހުޅުވާލިއެވެ. "މާއިޝް ލާރު ބުނީ ބަލާ ދާށޯ.." އިސްދަށަށް ޖަހައިގެން ހުރެ އަޒްކާ އެހެން ބުންޏެވެ. އަޒްކާގެ އަޑު ކަންފަތުގައި ޖެހުމާއި އެކު މާއިޝް ތަންކޮޅެއް ބޮޑަށް ދޮރުހުޅުވާލިއެވެ. އަތް ދިގު ކަޅު ޓީޝާޓަކާއި ގަޔަށް ދޫ ބޮޑު ހަރުވާޅެއް ލައިގެން ހުރި އިރު އަޒްކާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ތެއް އިސްތަށިގަނޑު ވައިގެ ތެރެއަށް ދޫ ކޮށްލާފައި އޮތް އިރު ދުވާ މީރުވަހުން މުޅިތަންވަނީ އެއްތަން ކޮށްލާފައެވެ. މާއިޝް ބަލަން ހުރިކަން އިނގުމުން އަޒްކާގެ މޫނު ރަތްވިއެވެ. އަނެއްކާވެސް އަޒްކާ ބުނި އެތި ތަކުރާރުކޮށލިއެވެ. މިފަހަރު އެ އަޑުގައި މަޑު ތުރު ތުރު ލުމެއް އުފެދިފައި ހުއްޓެވެ. ރެޑީ ވެލައިގެން މިދަނީ ކަމަށް ބުނުމުން އިތުރަށް އެތާ މަޑު ނުކޮށް އަޒްކާ ގޮސް ކޮޓަރިއަށް ވަނެވެ. އަޒްކާ އަށް ނޭނގުނު ކަމަކީ އޭނާގެ އެ އަޅާނުލުމުން މާއިޝް އަށް އުނދަގޫވަމުން ދިޔަކަމެވެ.
"ކޮންތާކަށް ގޮއްސަ..؟ "އަޒްކާ އަށް ކޮޓަރިއަށް ވަދެވުނު އިރަށް މީޝާ ސުވާލުކުރިއެވެ. "މާއިޝް ކޮބާތޯ ބަލާލަން..ލާ.."އަޒްކާ ގެ ޖުމްލަ ފުރިހަމަ ނުވަނީސް މީޝާ ވާހަކަ ދައްކަން ފެށިއެވެ. " ދޮންބެ އޭ..އަނެއްކާ އެއްޗެހި ކިޔާތޯ..؟އަޒޫ ކީއްކުރަން އޭނަ ހޯދަނީ..އާއްޑެ މެން ކައިރީ ބުންޏަސް އަޒޫ ބޭނުންވާ ކަމެއް ކޮށްދޭނެ އެއްނުން.." "މީޝް މީޝް...މާއިޝް ނުކިޔާ މަށާ ދިމާލަށް އެއްވެސް އެއްޗެއް..ލާރު ބުނެގެން ބަލާލީ ކޮބާތޯ..އޭނަ ވަރަށް ރީއްޗަށް ވާހަކަ ދެއްކީވެސް.."މީޝާ ގެ ވާހަކަ ހުއްޓުވުމަށްފަހު އަޒްކާ މީޝާ އަށް ވީގޮތް ކިޔައިދިނެވެ. މާއިޝް ރީތިކޮށް ވާހަކަ ދެއްކި ވާހަކަ ބުނުމުން މީޝާ އަށް ލިބުނީ ޝޮކެކެވެ. އަސްލިގަވެސް ހޭ އަހާލުމަށްފަހު އަނގަމަތީ އަތް އަޅާލިއެވެ. "ހޫމްމްމް..ދެން ހިނގާ ބޭގަށް އެއްޗެހި އަޅަން.."އެހެން ބުނުމަށްފަހު ދަބަހާއި ދަތުރަށް ގެންދަން ނެގި ހެދުންތަށް ހިފައިގެން ސޯފާގައި އިށީނެވެ. "ކަމޯން ގައީސް..5 ޖަހަނީ އެޔޮއް..އަވަސް ކޮށްލައިގެން ނިކުންނަން އުޅޭ..ޕިކަޕް ވެސް އައިސް އެބަ އޮތް މިހާރު" މީޝާމެން އުޅޭ ކޮޓަރި ދޮރުމަތީގައި ހުރެގެން ހައިކަލް ވާހަކަ ދައްކާ އަޑުއިވިގެން އަޒްކާ އާއި މީޝާއަށް އެކު އެކީ ހޭންފެށުނެވެ. ވާނީވެސް އެހެންނެއްނުން ހެއްޔެވެ. ދޮރުވެސް ނުހުޅުވާ ހުރެގެން އެ ހަޅޭލަވަނީ ވިއްޔާއެވެ. "ހައިއްޓޭ ސާބަސް..ތި ދޮރު ހުޅުވާފަވެސް ވާހަކަ ދެއްކޭނެ ދޯ..ކޮންހާ ހަޅޭކެއްތަ ދެން ތިލަވަނީ..ވަދެބަލަ އެތެރެއަށް.."އަޒްކާ އަށް ހިންޔައިގެން ވާހަކަ ވެސް ދެއްކުނީ ކިރިޔާއެވެ. " ހޫމްމްމ..އަދިވެސް ހޭންތިބޭ..ދެން މަލާމަތް ކުރިޔަސް އަންހެން ކުދިން އުޅޭ ކޮޓަރިއަކަށް ވަންނާކަށް ނުކެރޭނެ ދޯ..ފެންނަންނުވާ އެއްޗެއް ފެނެއްޖިއްޔާއޯ..." ހައިކަލް ވެސް ދެރަނުވާންވެގެން ވާހަކަ ދެއްކިއެވެ. "މީނަ ހާދަ ލާނެތް ވެއްޖެޔޭ މިހާރު ދޯ..ކުރީގަ އަނގައިން ބަހެއް ނުކިޔާނެ.."ހެދުންތަށް ދަބަހަށް އަޅަމުން މީޝާ ބުނެލިއެވެ. "އަހަރުންވާ މިނިމުނީ އިނގޭ..ތިމީހުން ހުރިހާ ކަމެއް ނިމިއްޖެތަ..އެއްޗެހި އަޅައިފިންތަ..."ދަބަސް ރެޑީވުމުން އެކަން އަންގާލުމުގެ ބޭނުމުގައި މީޝާބުނެލިއެވެ. " އަހަރުން ނިމިއްޖެ..ލާރު ގޮވއިގެން އައީމަ ދާންވީދެން..ލެޓްސް ގޯ ޕިކަޕަށް އެއްޗެހި އަރުވަން ފަށަން..އާއްޑެ ވެސް ވެއްޖެ ބޭރުގަ.." އެހެން ބުނުމަށްފަހު ހައިކަލް ހިނގައިގަތެވެ.ފަހަތުން މީޝާ އާއި ލާރާވެސް އެކުދިންގެ ސާމާނުތަށް ހިފައިގެން ނިކުތެވެ.
މީޝާމެންނަށް ބޭރަށް ނިކުމެވުނު ވަގުތު މާއިޝްވެސް ލާރާ ގޮވައިގެން އައިސް ސައިކަލް މަޑު ކޮށްލިއެވެ. ހުރިހާ ކުދިން އަތްމަތި އަވަސް ކޮށްލާފައި ޕިކަޕަށް އެއްޗެހި އަރުވަން ފެށިއެވެ. އަންހެން ކުދިންވެސް އެކުއްޖަކަށް ކުރެވުނު ވަރެއް ކުރަމުން ދިޔައެވެ. އަތް ގާތް ކޮށްދީ ބައެއް އެއްޗެހި ޕިކަޕަށް އަރުވަމުން ދިޔައެވެ. ހުރިހާ އެއްޗެއް އަރުވާ ނިމުމުން މާއިޝް ގޮވާލިއެވެ. " ކޮބާ ޓެންޓުތަށް.." "ތެދެއް ޓެންޓުތަށް ކޮބާ.."ޕިކަޕަށް ޓެންޓުނުލާކަން ޔަގީންވުމުން އާދިލްވެސް ސުވާލުކުރިއެވެ. "އިޓްސް އިން މައި ރޫމް.."މީޝާ ފަހަތުން ބުންޏެވެ. މިގެންނަނީ ކަމަށް ބުނެފައި އަޒްކާ ކޮޓާރިއާއި ދިމާލަށް ހިނގައިގަތެވެ. އިރުގަނޑެއްވީއިރުވެސް އަޒްކާގެ ހަބަރެއް ނުވުމުން އަނެއްކާވެސް މާއިޝް ބުންޏެވެ. "ޕިސް ޕިސް..ކަމެއްކުރަން ފޮނުވިޔަސް އެހާ އިރު..މިހާވަރުން ކިހިނެއް ގަޑިއަށް ފުރާނީ..މަ އަންނާނަން ކޮބާތޯ ބަލާފަ.." އެހެން ބުނުމަށްފަހު އެހެން ކުއްޖަކު އެއްޗެއް ބުނުމުގެ ކުރިން މާއިޝް ގޭތެރެއަށް ވަނެވެ. މާއިޝްއަށް ދެވުނީ އަޒްކާގެ ކުރިމައްޗަށެވެ. އޭރު އެނާ ޓެންޓުތަށް ހިފައިގެން އަންނަނީއެވެ. އެހެންކަމުން މާއިޝް އަނެއްކާވެސް ނިކުތީ ބޭރަށެވެ.
"އަޒޫ ބީ ކެއާފުލް..." ވެއްޓެންދިޔަ އަޒްކާ ފެނިފައި އާދިލް ގޮވާލިއެވެ. "އައުޗް...އަނެއްކާ ވެއްޓިގަތީ..އަޅޭ ފަޔަށް މޮހޮރުޖަހާފަ ބަހައްޓަންވީއެއްނުންދެން..އެއްވެސް ކަމެއް ނުކުރެވޭ ދޯ ހަމަ ވެއްޓިނުގަނެއެއް.. " އެތަން ބަލަން ހުރި މާއިޝް ރުންކުރު ގޮތަކަށް އެހެން ބުނުމަށްފަހު ވެއްޓިފައި އޮތް އަޒްކާ އާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. ނަމަވެސް އޭނާއާއި ދިމާލަށް ބަލާވެސް ނުލާ އަޒްކާ ތެދުވެ ގައިން ވެލިފޮޅާލިއެވެ. "މަ ކިތަށްމެ ވަރަކަށް ބިންމައްޗަށް ވެއްޓުނަސް މާއިޝްއަކަށް ނުޖެހޭނެ ނަގައިދޭކަށް..މާއިޝް އަކަށް ތަދެއްވެސް ނުވާނެ..އެހެންމަ ބެހެން ނުޖެހޭ ކަންކަމާ ނުބެހި ހުރުން ރަނގަޅުވާނެ..." އަޒްކާ އެހެން ބުނުމުން މާއިޝްގެ ހިތަށް ބުނަންނޭނގޭ އަސަރުތަކެއް ކުރިއެވެ. ރުޅި އަންނަން ބޭނުންވި ނަމަވެސް އޭނާ އަކަށް ރުޅިއެއް ނާދެވުނެވެ. އޭގެ ބަދަލުގައި އިސްޖަހާލައިގެން ހުރެވުނީއެވެ.
"ކޮބާ ހުރިހާ އެއްޗެއް ހަމަ އަށް އެރުވިއްޖެ ދޯ..ރަނގަޅަށް ބަލާލަބަ އަދި އެއްފަހަރު.."އާދިލް ބުނެލިއެވެ. "މިހާރު ދެން ހަމަހެން ހީވަނީ..ތިމީހުންގެ ދަބަސް ތަށް އެރުވިން ދޯ..މީޝާ ބުނެލިއެވެ. ހުރިހާ އެއްޗެއް އަރުވާ ނިމުމުން އެއްމެން ޕިކަޕަށް އަރާ ހަމަޖެހިލިއެވެ.
ބާރު ދުވެލީގައި ދުއްވާފައި ގޮސް ޕިކަޕު މަޑުކުރީ ބަނދަރަށެވެ. އޭރު ދޯނި ކައްޕިވެސް ބަނދަރުގައި ހުއްޓެވެ. ފިރެހެން ކުދިންތަށް ދޯންޔަށް އެއްޗެހި އަރުވަން ފެށިއެވެ. އަޒްކާ އާޢި މީޝާ ފޯން ހިފައިގެން ފޮޓޯ ނެގުމުގައި އުޅެއެވެ. ދޯންޔަށް އެއްޗެހި އަރުވަން އުޅުމުގެ ތެރޭގައި ތަންކޮޅެއްދުރުގައި ފޯންއެއްގައި ހުރި އަޒްކާ މާއިޝްގެ ލޮލުގައި އަޅައިގަތެވެ. އަޒްކާގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. ފުރަތަމަ ފަހަރަށް އަޒްކާގެ ހާސްކަން ފެނިފައި މާއިޝް ހާސްވިއެވެ.އަޒްކާ އާއި ދޭތެރޭ އޭނާ އަށް ވިސްނެންފެށިއެވެ. ކިތަންމެ އަޅާނުލާން އުޅުނަސް އަޒްކާގެ ކޮންމެ ހަރަކާތަކަށް ބެލެނީއެވެ. ރުޅި އަންނަން އުޅިނަސް ރުޅިއެއް ނާދެވެއެވެ. މާއިޝް އަށް މިވަނީ ކީއްކަމެއް ހުދު މާއިޝއަށްވެސް ބުނެދޭކަށް ނޭނގެއެވެ. އޭނާގެ ހިތުގައި އަޒްކާ އަށްޓަކައި ވިންދެއް އުފެދިއްޖެއެވެ.
10 ވަރަކަށް މިނެޓުގެ ފޯން ކޯލަކަށް ފަހު އަޒްކާ ފޯން ބޭއްވިއެވެ. އޭނާ ފޯންގައިހުރި އިރު ފެންނަ ކޮންމެ މީހަކަށްވެސް އޭނާގެ މޫނުމަތިން ހާސްކަމާއި ނުރުހުން ފެންނާނެއެވެ. "ކިހިނެއް ވެފަ..؟ކަމެއް ގޯސްވީތަ..؟" އެހެން ކުދިންނާ ތަންކޮޅެއް ދުރުގައި އަޒްކާ ހުއްޓައި މާއިޝް އެތަނަށް ގޮސް ސުވާލު ކުރިއެވެ. "މާއިޝް ބަލަން ޖެހޭ ކަމެއް ނުވެ..މަ ލައިފް ގަ ކޮންމެ ކަމެއް ވިޔަސް މާއިޝް ނުޖެހޭނެ ބަލާކަށް.." މިފަހަރުވެސް އަޒްކާ ދިނީ ރުންކުރު ޖަވާބެކެވެ.
"އޭ އާދޭ އަރަން..މިހެން ތިއްބަކަސް ނުއެއް ފުރޭނެ..." އާދިލްގެ އަޑަށް ހުރިހާ ކުދިން ފާލަމާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެހުރި ފިޔަވަޅު މަތީގައި މާއިޝް ހުއްޓެވެ. "މާއިޝް ނުދަނީތަ..؟"އެއްމެން ދޯންޔަށް އަރާ ނިމުނު އިރުވެސް މާއިޝް އެހެން ހުރުމުން އާދިލް އަނެއްކާވެސް ގޮވާލިއެވެ.މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަށް ފޮރުވާލަމުން މާއިޝް ދޯންޔަށް އަރާ ހަމަޖެހިލިއެވެ. އެއާއި އެކު ދޯނި އޭގެ މިސްރާބަށް ދަތުރު ފެށިއެވެ. ބެރު ޖެހުމާއި ލަވަ ކިޔުމުގައި ދަތުރުގެ މަޖާ ނަގަމުން އެކުދިން ދިޔައެވެ. އެ އެއްވެސް ކަމަކާ މާ ބޮޑަށް އަޅާނުލާ އަޒްކާ އިނެވެ. އޭނާގެ ބަސް މަދުކަންވެސް ފާހަގަ ވީ މާއިޝް އަށް އެކަންޏެވެ. ނަމަވެސް މާއިޝް އާއި ވީ އެއްވެސް ކަމެއް ހިއްސާނުކުރާނެކަން އޭނާ އަށް އިނގެއެވެ. އެހެންކަމުން ދެވަނަ ފަހަރަށް ސުވާލު ކޮށްގެން އަނެއްކާވެސް އަމިއްލަ ނަފްސު ކުރިމަތީ ލަދުގަންނާކަށް މާއިޝް ބޭނުމެއްނުވިއެވެ.
ބައި ގަޑި އިރުގެ އޮމާން ދަތުރަކަށްފަހު ދޯނި ގޮސް ރަށެއްގެ ދޮންވެލި ގަނޑަށް ބީއްސާލިއެވެ. ފެހިކަން ގަދަ ގަސްތަކާއި ހުދު ދޮންވެލި ގަނޑެކެވެ. ވިލު ނީކުލައިގެ ސާފު މޫދެކެވެ. ގުދުރަތުގެ ފުރިހަމަ ކަމުގެ ރީތި މިސާލެކެވެ.
ގެނައި އެއްޗެހި ދޯނިން ބޭލުމަށްފަހު އަންހެން ކުދިންތަށް އަވަސްވެ ގަތީ ހެނދުނުގެ ސައިހަދާށެވެ.މާއިޝް އާއި އާދިލް ގެނައި މަށަންދަތި ހިފައިގެން ކުނިތަށް އެއްފަރާތްކުރުމުގައި އުޅެއެވެ. ހައިކަލް ސްޕީކަރުން ލަވަ ޖަހަން އުޅެއެވެ.ކޮޕީ ފަތް ކޮތަޅާއި ފިޔާ އެތި ހިފައިގެން ލާރާ އުޅެނީ އިއްތާނެ ތަނެއް ނޭނގިގެންނެވެ."އަޅެ އިއްތާނެ ތަނެއް ދަށްކަބަލަ.." އެއްމެ ފަހުން ލާރާ ރުޅި ގަދަވެގެން ބުނެލިއެވެ. " އާދޭ މަގޭ އުނގަށް.." ހައިކަލް އަޑުގެ ކޮޅަށް ގޮވާލިއެވެ. " އޭނނނ..ހައިއްޓޭ....ކޮންކަމެއް.." ހުރިހާ ކުދިން އެއްފަހަރާ ހައިކަލް އާއި ދިމާކޮށްލިއެވެ.
އެކި ސަކާރުތުގައި ތިބެގެން ސައި ތައްޔާރު ކޮށް ނިންމާލެވުނެވެ.”ސައިބޮއެގެން ހިނގާ ބުރެއް ޖަހާލަން ދަމާ ދޯ؟ރަށުތެރެ ބަލާލަން.."ދަތުރަށް ފރިފަހުން ފުރަތަމަ ފަހަރަށް އަޒްކާ ވާހަކަ ދެއްކިއެވެ. "ހާން ހަމަ ދާންވީ..ދެން މެނދުރަށް ކައްކަން ވީމަ އަންނާނީ ދޯ..؟" ލާރާވެސް އެއްބަސްވެލިއެވެ. ސައިބޮއެ ނިމިގެން ތަށިތަށް ދޮވުމަށްފަހު ހުރިހާ ކުދިން ތައްޔާރުވަމުން ދިޔައީ ރަށު ތެރެ ބަލާލަން ދިއުމަށެވެ. "ހުރިހާ އެއްޗެއް ބާސްކެޓަށް އަޅާފަ މަތިން އެއްޗެއް އަޅަންވާނެ.."މާއިޝް އެހެން ބުނުމުން އާދިލް މާއިޝް އާއި އެކު ބާސްކެޓުގެ ކަންތައް ނިންމާލިއެވެ. "އާއްޑޭ..ކެމެރާ ނަގައްޗޭ..ދަބަސް އެއްކޮން ނަގައިގެން އާދޭ.."ހައިކަލް ތަންކޮޅެއް ދުރުގައި ހުރެފައި އެހެން ގޮވާލި އަޑަށް އާދިލް އަތުގެ އިޝާރާތުން އޯކޭ ކަމަށް ބުންޏެވެ.
"އަޒޫ ހުރިހާ ކަމެއް އޯކޭތަ..؟މިކޮޅަށް އައި ފަހުން ވަރަށް ފާހަގަވޭ ފާޑަކަށް ހުންނަކަން.." އެކުދިން ފޮޓޯ ނަގަން މަޑު ކުރި ގަޑީގައި މީޝާ އަޒްކާ އާއި ސުވާލުކުރިއެވެ."ނޫން އަނެއްހެން ކަމެއް ނުވޭ..ދެން އިނގެޔޭނުން މީޝް އަށްވެސް މަ މާ ވެލާފަ އުޅެންޔާ ދަތުރު މުޅިން ފަނިވެދާނެކަން.."އަޒްކާ އެހެން ބުނުމުން މީޝާ ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. "މާއިޝް ހުރީމަ މިހެން މިބުނީ..އޭނަ އަނެއްކާ މަ ސަކަރާތް ޖަހާތީ އެކަމާވެސް އެއްޗެހި ކިޔާފާނެ..އެހެންވެ.."އަޒްކާ ބުންޏެވެ. "ކަމޯން އަޒޫ...މީ އަޒޫވެސް މަޖާ ކުރަން އައި ދަތުރެއް..އެހެންމަ މާއިޝް އަށް ބަލާފަ ހުންނާކަށް ނުޖެހޭނެ ދޯ..ތިވަރުގެ ދެމީހުން އިނދެގެން ކިހިނެއްތަ އުޅެނީއެއް.." މީޝާ ގާތަށް ފާޑަކަށް ރުޅި އައެވެ.
- ނުނިމޭ
ވަރަށް ރީތި... ކޮބާ ހަވަނަ ބައި