ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އަޅައި އިނގިލި ބުރިކޮށްލި މީހާ ދޫކޮށްލައިފިއެވެ.
އެ މައްސަލައިގައި މިދިޔަ މަހުގެ ތިންވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށްވާ ގ. ޗެރީ ހައުސް، އަލީ ހަސަނެވެ.
އަލީ ހަސަނަށް ބަންދުގެ މުއްދަތު ޖެހުމަށްޓަކައި އޭނާ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވެއެވެ. ނަމަވެސް، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ފަސް މަސްދުވަހަށް އޭނާ ޖަލަށް ލުމަށް ވަނީ އަމުރުކޮށްފައެވެ.
މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، އަލީ ހަސަންގެ ބަންދު މުރާޖައާ ކުރަން އެދުމުން ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ
އިނގިލީގައި ދަތް އަޅައި ހިންގި އެ މާރާމާރީގައި ތިން އަންހެނަކާއި ފިރިހެނަކަށް އެކި ވަރުގެ އަނިޔާވެފައިވެއެވެ. އެގޮތުން
- 39 އަހަރުގެ އަންހެނެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލާފައިވޭ
- 31 އަހަރުގެ އަންހެނެއްގެ މުލައްދަނޑީގައި ދަތް އަޅާފައިވޭ
- 60 އަހަރުގެ އަންހެނެއްގެ އިނގިލި ބިންދާލާފައިވޭ
- 74 އަހަރުގެ ފިރިހެނެއްގެ އަނގަ މަތި ފަޅާލާފައިވޭ
އެ މީހުންގެ ތެރޭގައި ހިމެނެނީ އަލީ ހަސަންގެ ކުރީގެ އަންހެނުންނާއި އޭނާގެ ދައްތައާއި މަންމަގެ އިތުރުން، އެ އާއިލާގެ އެހެން ފިރިހެނެކެވެ. އެތަނުން އިނގިލި ބުރިކޮށްލާފައިވަނީ އަލީ ހަސަންގެ ކުރީގެ އަންހެނުންގެ ދައްތަގެއެވެ.
ހާދަހާ ނުބައި މީހެއްތަ ދޯ