"މާ ކޫލް" ކަމަކަށް ހަދައިގެން ވޭޕް ކުރާތީ، އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ އިންޒާރު ދެއްވައިފިއެވެ. އޭނާގެ އިންޒާރަކީ، ވޭޕް ކުރާ އެންމެން ވިސްނަން މަޖުބޫރު އިންޒާރަކަށް ވަނީ، ވޭޕް ކުރުމުގެ ސަބަބުން، ފުއްޕާމޭ ފެޅި، ފުއްޕާމޭގެ ވަށައިގެން ހުންނަ ދުލިފަށް ދޭތެރެއަށް ބޭރުވާ ލޭ އެޅިފައި ހުރި ފުޅިއަކާއެކު ފޮޓޯއެއް ހިއްސާ ކުރައްވަމުންނެވެ.

ބެލެވޭ ގޮތުން އެއީ ދަރުމަވަންތަ ހޮސްޕިޓަލެވެ. ޑރ. މުހައްމަދު އަލީ ފޮޓޯގެ ތަފްސީލު ހާމަ ނުކުރެއްވި ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ ވޭޕްކުރުމަކީ ފުއްޕާމެއަށް ގެއްލުން ލިބޭ ކަމެއް ކަމަށާއި އެކަމުން ދުރުވާން ޖެހޭ ކަމަށެވެ. އަދި އެއީ ކޫލް ކަމެއް ނޫން ކަމަށް ވިދާޅުވެ އޭނާ އިންޒާރު ދެއްވައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅު ދުވަސް މިއަދު ފާހަގަ ކުރާ އިރު، ރާއްޖޭގައި ޒުވާނުންގެ މެދުގައި ވޭޕް އަކީ ވަރަށް މަގްބޫލު އެއްޗެކެވެ. ވޭޕްގެ އެކި ޑިވައިސްތައް އެކި ފްލޭވާތަކުގައި ބޭނުން ކުރާ ޒުވާނުން ގިނައެވެ.

ވޭޕް ކުރަނީ ސިނގިރޭޓް ނުބޯންވެގެން ކަމަށް އެއް ބަޔަކު ބުނާ އިރު އަނެއް ބަޔަކު ބުނަނީ، ވޭޕް ކުރަނީ ސިނގިރޭޓާ ދުރަށް ދިޔުމަށް ކަމަށެވެ. އަދި އެއީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެހެން ބައެއް މީހުން ބުނެއެވެ.

"ދަ ޕްރެސް" އާ ވާހަކަ ދެއްކި ބައެއް ޒުވާނުން ބުނީ، އެމީހުން ވޭޕް ކުރަނީ ރައްޓެހި ކުދިން ކުރާތީ ކަމަށާއި، ސިނގިރޭޓަށް ވުރެ އަގު ހެޔޮވެފައި "ކޫލް" ކަމަކަށް ވާތީ ކަމަށެވެ.

ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ ބައެއް މީހުންވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ.