ފުވައްމުލައް ސިޓީގައި ތެޔޮ ޓޭންކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ފުވައްމުލަކު ދޫޑިގަން އަވަށުގެ ބަނދަރުގައި ހުރި ތެޔޮ ޓޭންކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް މިއަދު ހިނގާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރެއް ބޭނުން ކޮށްގެން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އެ މަސައްކަތް ކުރަން އުޅުނު ބަންގްލަދޭޝް މީހާއަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލްގައި ފަރުވާދެމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.