8 މީހުންނާއެކު ދަތުުރުކުރަމުން ދިޔަ ބޯޓެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އަރައިފާ ވަނީ އަށް މީހުންނާއެކު މާލޭން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ "މާޒު" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

އެ ބޯޓަކީ މުދާ އުފުލާ ބޯޓެއް ކަމަށާއި ފަރަށް އަރާފައި ވަނީ މ. ތުވަރުގެ އިރުއުތުރުން 8 ނޯޓިކަލްމޭލު ބޭރު ކަމަށް އެމްއެެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައި ވަނީ ފަތިހު 4:51 ހާއިރު ކަމަށާއި ސެންޓްރަލް އޭރިއާ ކޮމާންޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގައި މީހުންނާއި ތަކެއްޗަށް ލިބިފައިވާ ގެއްލުމެއް އަދި ހާމައެއް ނުކުރެއެވެ.