އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލަރުން އެދޭ ގޮތަށް ކައުންސިލްތަކަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.
އެ މަނިކުފާނު އެ ގޮތަށް ނިންމެވީ އއ. އުކުޅަހުގައި ކުރިއަށް ގެންދާ "ވިޔަވަތި" ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކާއި ޝަކުވާތަކުގެ ހައްލަށް ވާހަކަފުޅު ދައްކަވަމުންނެވެ.
2014 ވަނަ އަހަރުން ފެށިގެން މި ވެރިކަން އައުމާ ހަމައަށް ކައުންސިލްތަކަށް އެ ތަނުގެ ކުލި ލިބިފައި ނުވެއެވެ. އަދި މި ވެރިކަމުގައި 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށްވާ ކުލި, މީގެކުރިން ކައުންސިލްތަކަށް ވަނީ ޖަމާކޮށްދީފައެވެ. ރައީސް ސޯލިހު ވިދާޅުވީ އަންނަ ހަފުތާ ތެރޭގައި 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށްވާ 34 މިލިއަން ރުފިޔާގެ ކުލި ކައުންސިލްތަކަށް ދޫކުރައްވާނެ ކަމަށެވެ.
އަތޮޅު ފިހާރަތަކަށް ކުލީގެ ގޮތުގައި 2016 ގައި ސަރުކާރުން ދޫކޮށްފައި ވަނީ 17.9 މިލިއަން ރުފިޔާ އެވެ. ޖެހިގެން އައި އަހަރު 20.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އަތޮޅު ފިހާރަތައް ކައުންސިލްތަކަށް ދޫކޮށްލުމަކީ, ކައުންސިލްތައް މާލީ ގޮތުން އިތުރަށް ބާރުވެރިވާނެ ކަމެއްގެ ގޮތުގައި މިއަދު ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ބައިވެރިވާ އަތޮޅު ކައުންސިލްތަކުގެ ގިނަ ރައީސުން ފާހަގަ ކުރެއްވިއެވެ.
ރައީސް ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް ކައުންސިލުތަކަށް މާލީ ގޮތުން ބޮޑެތި ބާރު ތަކެއް ދީފައިވާއިރު އޭގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓު ކައުންސިލުތަކުން ދޫކޮށްލުން ހިމެނެއެވެ.
ހިޔާ ފްލެޓްތައް ކައިރީގައި ހިކަނދި ފަތް ގަސް ހައްދަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މާލޭގެ މަގުތަކުގައި ކަދުރު ރުއް އިންދުމުގެ ބަދަލުގައި އަނބުގަހާއި އަދި ހިކަނދިފަތް ގަސް ތަކޭ އިންދަންވީ އަދި ބިލަމަގު ގަސް ވެސް އިންދާށޭ މާލޭގެ މަގުތަކުގައި ފެންފޯރ އަދި ކަދުރު ރުއް އިންދަން ނުޖެހޭނެއޭ އެއީ ދިވެހިއުފެއްދުން ތަކެއް ނޫނޭ