އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޭގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކޯޓު އަމުރު ހޯދުމަށް، އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް އިންވެސްޓިގޭޝަން އޮފިސަރެއްގެ ލޮގިން ބޭނުންކުރެއްވި ކަމަށް ބުނެ، އޮންލައިން ނޫހެއްގައި ޖަހާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫން ކަމަށް، ފުލުހުން ބުނެފިއެވެ.

އޮންލައިން ނޫސް "ދިޔަރެސް"އިން މިއަދު ހެނދުނު ލިޔުނު ހަބަރެއްގައިވާ ގޮތުން، ޔާމީންގެ ގޭގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ ނެގުމަށް އެ ގެއަށް ވަނުމަށް ކޯޓު އަމުރު ހޯދަން އެދިވަޑައިގަތުމަށް، އިންވެސްޓިގޭޝަން އޮފިސަރެއްގެ ލޮގިން ބޭނުން ކުރައްވައިގެން ރިކުއެސްޓު ކުރެއްވީ އޭސީޕީ ރިޔާޒެވެ. އެ ނޫހަށް އެ މައުލޫމާތު ދެއްވާފައި ވަނީ ގަލޮޅު ފުލުހުންގެ އިސްވެރިއެއް ކަމަށް ވެސް، އެ ހަބަރުގައިވެއެވެ.

ނަމަވެސް، އެ ހަބަރުގައިވާ މައުލޫމާތު ދޮގުކޮށް ނެރުނު ނޫސްބަޔާނުގައި ފުލުހުން ބުނީ، ކޯޓު އަމުރަށް ފުލުހުންނަށް އެދެވޭނީ، އިންވެސްޓިގޭޝަން އޮފިސަރު ކޯޓު އަމުރަށް އެދުމުން، އޭނާގެ ސުޕަވައިޒަރު ހުއްދަ ދިނުމުން ކޯޓު އަމުރު ރިކުއެސްޓް ޖެނެރޭޓުވާ ގޮތަށް ކަމަށާއި، ޔާމީންގެ މައްސަލައިގައިވެސް ފުލުހުން އަމަލުކޮށްފައިވަނީ އެފަދައިން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެކަމާ ގުޅޭ ސުވާލެއް ދިޔަރެސް ނޫހުގެ ފަރާތުން ހެނދުނު 10:11 ހާއިރު ފުލުހުންނަށް ފޮނުވިއެވެ. ނަމަވެސް، ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ދެ ނަންބަރުގެ ތެރެއިން އެއްވެސް ނަންބަރަކަށް ގުޅުމެއް ނެތި، އަދި ފޮނުވި މެސެޖު ލިބުނުކަން ޔަގީން ނުކޮށް، ފުލުހުންނާ ސުވާލު ކުރުމުން ޖަވާބު ނުލިބޭ ކަމަށް ބުނެ، އޭގެ ކުޑަ ވަގުތުކޮޅެއްގެ ފަހުން ހަބަރު ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، މައުލޫމާތު ހޯދަން ހަމަޖައްސާފައިވާ ގޮތްތައް ބޭނުންކޮށްގެން މައުލޫމާތު ހޯދަން ދިޔަރެސް ނޫހުން މަސައްކަތްކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ މައުލޫމާތު ނުފެތު

އެހެންކަމުން، މައުލޫމާތު ހޯދަން ހަމަޖައްސައިފައިވާ ގޮތްތައް ބޭނުންކޮށްގެން މައުލޫމާތު ހޯދަން މަސައްކަތްކޮށްފައި ނުވާ ކަން ފާހަގަކުރަމެވެ. އަދި އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން ޔާމީންގެ ގެ، ހ. ދޫވެހީގައި މިދިޔަ މަހުގެ 19 ގައި ހަރުކުރި ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން މިދިޔަ މަހު ގެންގޮސްފައި ވަނީ ގާނޫނުގެ 615 ވަނަ މާއްދާގެ ދަށުން، އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުކޮށެވެ. ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.