"ކޮންކަމަކާ މާ އަޑުގަދަ ކޮށްލައިގެން.."ކޮޓަރި ދޮރުގައި ލެނގިލައިގެން ހުރި މާއިޝްގެ އަޑަށް ހައިކަލް އާއި އާދިލްއަށް އެދިމާލަށް ބަލާލެވުނީ އެކު އެކީއެވެ. "މާއިޝް އާދޭ އާދޭ .. މިކިޔަނީ މި ހައިއްޓޭ މާ ރީތިވާ ވާހަކަ މިއަދު.." " އެތެދެއް..ހައިއްޓޭ..ކަމުދާ ކުއްޖެއް ފެނުނީތަ މިރަށުން އެހާ ފަރިވަނީ ތި.." އާދިލް ބުނި އެއްޗާ ވިއަދާފައި ކޮޓަރިއަށް ވަންނަން އައި މާއިޝް ބުންޏެވެ. "ޕިސް ޕިސް މި މީހުންނާ ހެދި ނެތޭނުން ރީތިވެސް ވެވޭކަށް..މަ ގެނައި އެއްޗެއްނުންތަ ލެވޭނީއެއް" ދެކުދިން ދިމާކުރަން ފެށުމުން ހައިކަލް އަމިއްލަ ނަފްސް ދިފާއުކުރަމުން ބުނެލިއެވެ. "ހޫން ދެންހެވޭ ކިތަންމެ ރީތި ވިޔަސް ދާން އާދޭ ކާރު އައިއްސި..." އެކުދިން ދެއްކި ވާހަކަ އަޑުއަހަން ދުރުގައި ހުރި މީޝާ ގެ އަޑުއިވުނީ ހަމަ އެވަގުތެވެ.
ކާރު ގޮސް މަޑު ކޮށްލީ ފިތުރޯނުގޭ ދޮރުމައްޗަށެވެ. "އެއައީ ކަންނޭނގެ..މީޝް ބުނި ކާރަށް އެރި ވާހަކަ އިރުކޮޅެއްކުރިން ގުޅީމަ.." ބޭރުން ކާރެއްގެ އަޑު އިވިގެން ސޯފާގައި އިން ލާރާ އޭނާގެ މަންމައަށް ގޮވާލިއެވެ.
"އަވަހަށް އާދޭ އެތެރެއަށް.. މިހާރު ލާރު ބަނޑުހައިވެގެން އުޅޭތާ ވަރަށް އިރު ވެއްޖެ..ދޯ ދަރިފުޅާ.." ސޯފާގައި އިން ލާރާ އަށް ދޯ އެއްލަމުން ގެއަށް ވަދެގެން އައި މީޝާމެންނާއި މުހާތަބުކޮށް ހަސީނާ ވާހަކަދެއްކިއެވެ. ´ދެން މަންމާ..މަ ނުބުނަމޭނުން ބަނޑުހައެކޭ..." މަންމަ އެހެން ބުނުމުން ކަޑަވެގެން ލާރާ އިސްދަށަށް ޖަހާލީ އެތެރެއަށް ވަދެގެން އައި ހައިކަލް ފެނިފައެވެ.
"ލާރު ކިހިނެއް މިހާރު.." ލާރާގެ ބޮލުގައި ފިރުމާލަމުން މާއިޝް އަހާލިއެވެ. ރަނގަޅޭ ބުނުމުގެ ގޮތުން ލާރާ ހީލިއެވެ. "ކައިގެން އައިސް ދެން ވާހަކަ ދައްކަން ތިބޭނީ..ހިނގާ ކާން އުޅެމާ ދޯ..."ހަސީނާ އެހެން ބުނުމުން ލާރާ ތެދުވެގެން ހިނގައިގަތީ ކާކޮޓަރިއާއި ދިމާލަށެވެ. ފަހަތުން މާއިޝް އާއި ހައިކަލް ވެސް ހިނގައިގަތެވެ."ހޫމް ހޫމް..ހައިއްޓޭ ހާދަ މާ ފޮޅޭވަސް ދުވަޔޭ ދޯ.." ސޯފާގައި އެކަކު އަނެކަކަށް ބަލަހައްޓައިގެން ހެވިފައި ތިބި މީޝާއާޢި އާދިލް ފެނިފައި މާއިޝް ދިމާކުރަންފެށިއެވެ. " ކާން އަންނާށޯ..." ހައިކަލް ހެމުން ހެމުން ބުންޏެވެ.
އެކި އެކި ވާހަކައިގައި ތިބެގެން ކައިގެން ބޭރަށް ނިކުމެވުނު އިރު 10 ޖަހައިފިއެވެ."ކީއްވެ ރައީ ނައީ..." ކައިނިމުން އިރުވެސް ރައިފާ ގެ ހަބަރެއް ނުވުމުން ހަސީނާ އަހާލިއެވެ. " ނޭނގެ ފޯންއެއްވެސް ނުނަގަ.. ރައީ ދޮންމަންމަ އާއި މައްސަލައެއް ޖެހުނީ ކަންނޭނގެ އަނެއްކާވެސް.." މީޝާ އޭނާއަށް ފެންނަގޮތް ބުނެލިއެވެ.
"ހިނގާ ގެއަށް ދާން އުޅެމާ..ހިނގާފަ އެއްނުން ދާން ޖެހެނީވެސް..މިހާރު ވަރަށް ލަސްވެއްޖެ.." ބޭރު ޖޯލީގައި ވާހަކައިގާ ތިބި މީޝާމެންނަށް ގޮވާލާފައި އާދިލް ބުންޏެވެ.
ގެއާހިސާބަށް ދެވުނު އިރުވެސް މާއިޝް ބަހެއް ނުކިޔާ ހުރުމުން ހައިކަލް އޭނާގެ ކޮނޑުގައި ޖަހާލިއެވެ. "ކިހިނެއްވެފަ..؟" ކަމެއްނުވާ ކަމަށް ބުނުމަށްފަހު މާއިޝް ވަނީ ގޭތެރެއަށެވެ.ހައިކަލް ބޭރުގައި މަޑުކުރުމުން އާދިލް ގޮވާލިއެވެ. " އެތެރެއަށް އަންނަގަ ...އެގެއަށް ގޮއްސްވެސް ބަހެއް ނުކިޔާ އިނީ.." " އާއްޑޭ..މަ މިހިތަށް އަރަނީ ލާރާ ދޮގުހެދީ ކީއްވެބާއޭ.." ހައިކަލް އެހެން ބުނުމުން ސުވާލުން ފުރިގެންވާ ނަޒަރަކުން އާދިލް ބަލަހައްޓައިގެން ހުއްޓެވެ. " އޭނައަށް އިނގޭނެ އެ ކާކުކަން..އެކަމް ހެނދުނު ބުންޏޭނުން މޫނެއް ނުފެނެޔޭ.. މަށަށްވެސް އެ ފިރެހެން ސޮރުގެ މޫނު ރީއްޗަށް ފެނުން..އޭނަ ގައިމަތީ އޮއްވަ މަ ފިރެހެން ގޮލާ ނެގީވެސް..އެކަމްވެސް ބުނީ ނޭނގެއޭ.." ހައިކަލް އޮޅުންފިލިވައިދިނެވެ. " ދެން އެކަމަކާ އަހަރުން ބެހޭނެ ކަމެއް ނެތް.. ވެދާނެ އެއްނުން އޭނަގެ ބިޓުކަމަށް ވެސް.." އާދިލް އޭނާއަށް ފެންނަގޮތް ބުނެލިއެވެ. ހައިކަލް އެއްޗެއް ނުބުނެ ހުރުމުން ދެންވެސް ވާހަކަ ދެއްކީ އާދިލްއެވެ. " ހިނގާ ދެން ނިދަން ދަމާ.. " އެހެން ބުނުމަށްފަހު އާދިލް ގޭތެރެއަށް ވަދެގެން ދިޔައެވެ.އިރުކޮޅަކު ވިސްނަންހުރެފައި ހައިކަލް ވެސް ވަނީ އެތެރެއަށެވެ.
"އައްދެ ހާދަ ވަރެއް އަރުވާލަނީތި " ބަދިގެތެރޭ ތަރުކާރީ ތަކެއް ކަނބަހަކަށް އަޅައިގެން ކޮށަން އިން މީޝާފެނިފައި ގެއަށް ވަންނަން އައި ރައިފާ ބުންޏެވެ. " ރައީ އަންނަން ވެއްޖެ ދޯ..ރޭގަ ހާދަ ގުޅީމޭ.." މީޝާ ބުންޏެވެ. " މީޝް މަ މިއުޅެނީ މާލެ ދާން މެރީ ކުރަން.." ރައިފާ އަށް އެހެން ބުނެވުނީ މާއިޝްއަށް އެތެނަށް އައިސް ވަދެވުނު ގަޑީގައެވެ. " މެރީ ކުރަންށޭ.." މާއިޝް ގެ އަޑަށް ރައިފާ ދިޔައީ ސިއްސައިގެންނެވެ. " މާއިޝް ސޮރީ..ދޮންމަންމަ އަހަރެން އެހެން މީހަކަށް ދެވަން ވެގެން..." " ސޮރީއޭ.. ދޮންމަންމަ އޭ..ރައިފާ އަކަށް ނުބުނެވޭތަ މަށާ ރައްޓެހިވެގެން އުޅޭ ވާހަކަ އެއް.." މާއިޝްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ކާ ކޮޓަރި ދޮރު ބާރު ބާރަށް ޖަހާފައި އޭނަ ނިކުމެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. " މީޝް މަ ކިހިނެއް ބުނާނީ މަންމަ ކައިރީ މާއިޝްގެ ވާހަކަ..މަންމަ މާ ކުރިންފެށިގެންވެސް މަށާ ލާމިއުގެ ކައިވެނި އޮތީ ރާވާފަ.." " ރައީ..މާ ކުރިން ރާވާފަ އޮތިއްޔާ ރައީ ކީއްކުރަން ދޮންބެއަށް އޮޅުވާލީ މިހުރިހާ ދުވަހު..މިފަހަރު މަށަކަށް ރައީ ސައިޑަކަށް ނޭރޭނެ.." މީޝާ އެހެން ބުނުމަށްފަހު ރައިފާ ގާތު އެތަނުން ދިއުމަށް އެދުނެވެ.
"ދޮންބޭ.." މީޝާ ގޮވާލި އަޑަށް ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފޮހެލަމުން މާއިޝް ދޮރާއި ދިމާލަށް ބަލާލިއެވެ."މީޝް މިގަޑީގަ ދޮންބެ އެކަނިވެލަންބޭނުމީ..ޕްލީސް.."މާއިޝް އެހެން ބުނުމުން މީޝާ ބޭރަށް ނިކުތީ މާއިޝް އަށް ވަގުތު ކޮޅެއްދިނުމަށެވެ.
"މީޝް ކޮބާ މާއިޝް.."ސިޓިން ރޫމް ސޯފާގައި ކެރެޓު ކޮށަން އިން މީޝާ ފެނުމުން އާދިލް އަހާލިއެވެ."ދޮންބެ ވެއްޖެ ރޫމްގަ.."މީޝާ އެހެން ބުނުމުން އާދިލް އެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. "އާއްޑޭ އެހަށް އާދެބަ މިކޮޅަށް.." މީޝާގެ އަޑަށް އާދިލް ފަސްއެނބުރި ބަލާލިއެވެ.
"ރައީ މާލެ ދަނީއޯ.."އާދިލް އައިސް ސޯފާގައި އިށީނުމުން މީޝާ ބުނެލިއެވެ. "އެހެންތަ؟..އެކަމާ ކަޓާފަދޯ މާއިޝް އެ އޮންނަނީ.." އާދިލް ބުނެލިއެވެ. "ރައީ މެރީ ކުރަންށޯ ދަނީ.."އާދިލްގެ ފަހަތުން މީޝާ ބުނެލިއެވެ. " ވަޓް..މެރީ ކުރަންށޭ..ދެން މާއިޝްއޯ..އެމީހުން ރައްޓެހިވެގެންނޭނުން އުޅެނީ.."އާދިލް އަށްވެސް އެކަން ގަބޫލުކުރަން އުނދަގޫވިއެވެ. "ތިވާހަކައޭ މިކިޔަނީ..ރައީ ބުނީ މާ ކުރިން ރާވާފައޭ އޮތީ..އެހެންޔާ ރައީ ބުނަންޖެހޭނެދޯ ދޮންބެ ކައިރީ..ދޮންބެ ހުރީ ވަރަށް ދެރަވެފަ.." މާއިޝް ދެރަވާނެވަރު އިހުސާސްކޮށްލެވުމުން މީޝާގެ ލޮލުން އެއަވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފޫއްދާލިއެވެ.
"މީޝް ތިހެން ރޮންޔާ ދޮންބެއަށް ހިތްވަރުދޭނީ ކާކު..މީޝް ޖެހޭނެ މިހާރު ދޮންބެއަށްޓަކާވެސް ހިތްވަރުގަދަވާން ..." މީޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އޯގާތެރިކަމާއި އެކު ފޮހެލާދެމުން އާދިލް މީޝާއަށް ހިތްވަރުދިނެވެ."ކޯޗެއްތަ ކައްކަން ތިއުޅެނީ މާވަރަކުން.."ވާހަކަ އޮޅުވާލުމުގެ ބޭނުމުގައި އާދިލް އަހާލިއެވެ. " މަންމަ ރައްޓެހި މީހެއްގެ ދަރިއެއް އަންނަނީއޯ ދުވަސް ކޮޅަކަށް..އެހެންވެ ރަނގަޅު އެއްޗެއް ކައްކާލަން މިއުޅެނީ މަންމަ ބުނެގެން.." މީޝާ ވެސް ހަމަޖެހިލަމުން ބުންޏެވެ.
"ދަރިފުޅާ އެމީހުން މިހާރު ފުރައިފި..ތަންކޮޅެއް އަވަސް ކޮށްލާ.."އަތްމަތީ އަވަށް ކޮށްލާފައި ނަޒީރާ އުޅޭތަން ފެނުމުން މީޝާއަށް ހެވުނެވެ.
"އެއޮއް އައީ ލޯންޗް.."ބަނދަރުގައި ހުރި ނަޒީރާ މީޝާއަށް ގޮވާލާފައި ލޯންޗް ދައްކާލިއެވެ. "މަންމާ މިހާރު އެއޮއް 1 ޖެހީ ގައިމު. ހެނދުނުން ފެށިގެން މަންމަ ތިއުޅޭނީ މިހާރު ލެފޭނެއޭ ކިޔައިގެން.." މީޝާ ބުނެލިއެވެ.
"އަޒްކާ..މަންމަ ކީއްވެ އަޅެނުބުނީ އަޒޫ އޭ އަންނަނީ.." ލޯންޗުން ފޭބި އަޒްކާ ފެނިފާ މީޝާ އުފަލުން ފޮޅުނެވެ. "އަޒޫ ބުނީ ދަރިފުޅު ކައިރީ ނުބުނާށޭ.." ނަޒީރާ ބުނެލިއެވެ.
ދަބަސްތަށް ކާރަށް އަރުވާލުމުން މީޝާމެންވެސް ކާރަށް އަރާ އިށީނެވެ.
"ދަރިފުޅު ދޭ އަޒޫ ގޮވައިގެން ކޮޓަރިއަށް..ކާން ހަދާފަ މަންމަ ގޮވާނަން.. "ނަޒީރާ އެހެން ބުނުމުން މީޝާމެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. އެވަގުތު ކޮޓަރިން ނިކުން މާއިޝް ގެ ގައިގާ ޖެހިފައި އަޒްކާ މުށިގަނޑު މައްޗަށް ވެއްޓުނެވެ. "އައުޗް.." ވީތަދުން އާހެއްގެ އަޑު އަޒްކާގެ އަނގައިން ނިކުތެވެ. "ތަންކޮޅެއް ބަލާލައިގެން އުޅެން ވީއެއްނުން ދޯ..." އަޒްކާ އާއި ދިމާ ބަލާވެސް ނުލާ މާއިޝް ރުޅިއައިސްގެން އެތިވަރު ގޮވާލާފައި ނިކުމެގެން ދިޔައީއެވެ. "އެއީ މާއިޝް ތަ؟.."އުޅަނބޮށީގައި އަތް ކާތަމުން ތެދުވެ އަޒްކާ މީޝާ ކައިރީ އަހާލިއެވެ. "ޔެސް..ދޮންބެ އެއީ..ކަމަކާ ކަޓާފަ ހުރި ދުވަހެއް.. ސޮރީ އިނގެ.." މާއިޝް ގެ އެ އަމަލަށް މީޝާ މާފަށް އެދުނެވެ. "ހޭ އިޓްސް އޯކޭ..އެވާހަކަ ބާއްވާދެން.." އަޒްކާ މީޝާގެ ކޮނޑުގައި ހިފާލަމުން ބުންޏެވެ."
"ދަރިފުޅު ދޭ އަޒޫ ގޮވައިގެން ކޮޓަރިއަށް..ކާން ހަދާފަ މަންމަ ގޮވާނަން.. "ނަޒީރާ އެހެން ބުނުމުން މީޝާމެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. އެވަގުތު ކޮޓަރިން ނިކުން މާއިޝް ގެ ގައިގާ ޖެހިފައި އަޒްކާ މުށިގަނޑު މައްޗަށް ވެއްޓުނެވެ. "އައުޗް.." ވީތަދުން އާހެއްގެ އަޑު އަޒްކާގެ އަނގައިން ނިކުތެވެ. "ތަންކޮޅެއް ބަލާލައިގެން އުޅެން ވީއެއްނުން ދޯ..." އަޒްކާ އާއި ދިމާ ބަލާވެސް ނުލާ މާއިޝް ރުޅިއައިސްގެން އެތިވަރު ގޮވާލާފައި ނިކުމެގެން ދިޔައީއެވެ. "އެއީ މާއިޝް ތަ؟.."އުޅަނބޮށީގައި އަތް ކާތަމުން ތެދުވެ އަޒްކާ މީޝާ ކައިރީ އަހާލިއެވެ. "ޔެސް..ދޮންބެ އެއީ..ކަމަކާ ކަޓާފަ ހުރި ދުވަހެއް.. ސޮރީ އިނގެ.." މާއިޝް ގެ އެ އަމަލަށް މީޝާ މާފަށް އެދުނެވެ. "ހޭ އިޓްސް އޯކޭ..އެވާހަކަ ބާއްވާދެން.." އަޒްކާ މީޝާގެ ކޮނޑުގައި ހިފާލަމުން ބުންޏެވެ. " އަދިވެސް ތިތާ ތިތިބީ..އަވަސް ކޮށްގެން އާދޭ ކާން.."ކާގެއިން ނިކުން ނަޒީރާ ގޮވާލިއަޑަށް މި އަންނަނީ އޭ ބުނުމަށްފަހު ދެކުދިން ކޮޓަރިއަށްވަނެވެ.
"އެބައުޅޭ އާއްޑެއާއި ހައިއްޓެ އާއި ވެސް އައިސް ގެން..ކާން ދާ އިރު ދިމާވާނެއެއްނުން..ސަޕްރައިޒް ވާނެ ދޯ.." މީޝާ ބުނެލިއެވެ. " ދޯ އަދި އަލަށް ވެސް ދިމާނުވެ ދޯ އެމީހުންނާ..ހަމައެކަނި ފޯންއިންދޯ ވާހަކަ ދެއްކުނީ.."އަޒްކާވެސް މީޝާއާއި ބައިވެލަމުން ވާހަކަ ދެއްކިއެވެ.
ތައްޔާރުވެލައިގެން އެކުދިންނަށް ކާ ކޮޓަރިއަށް ދެވުނު އިރު އާދިލްއާއި ހައިކަލް ވެސް ކާން ތިއްބެވެ."އަޒޫ "އަޒްކާ ފެނުމާއިއެކު އާދިލް އަށް ބުނެވުނެވެ. އެއަޑަށް ހައިކަލް އަށްވެސް ދޮރާ ދިމާލަށް ބަލާލެވުނެވެ.އޭރު މާއިޝް ވެސް އެދިމާލަށް އާދެއެވެ. 5 ކުދިން އެކި އެކި ވާހަކައިގައި ތިބެގެން ކާންފެށިއެވެ. "މިހާރު ނިމުނީ؟.." ޖޫސްތަށި ތުމުގައި ޖަހާލައިގެން އަޒްކާ ތެދުވާތަން ފެނުމުން މީޝާ އަހާލިއެވެ. "ހާން ދެން ފަހުން ކާނީ..ފާޑަކަށް ބޯ އަނބުރާފަ ހުންނަނީ ދަތުރު ކުރީމަ.."އަޒްކާ އެހެން ބުނުމަށްފަހު ފަހަތަށް އެނބުރެލިއެވެ. އެވަގުތު އަރި އަޅާލައިގެން ގޮސް އަޒްކާގެ އަތުގައި ހުރި ޖޫސްތަށި އެޅުނީ ޖެހިގެން ހުރި ގޮނޑީގައި އިން މާއިޝްގެ ގަޔަށެވެ. " އައްޗީޑި..ތަންކޮޅެއް ބަލާލައިގެން އުޅެބަލަ..އަނެއްފަހަރު ފެންވަރަންށޭ މިޖެހުނީ އަދި އެހާ ލަސްވެގެން އުޅޭއިރުވެސް.." މިފަހަރުވެސް މާއިޝް ހިތަށް އައިހާ އެއްޗެއް ކިޔާލުމަށްފަހު ނިކުމެގެން ދިޔައީއެވެ. އޭރު އަޒްކާގެ ލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ. " ގަސްތަކުނޫން..ފައިކަހާލީ..." މަޑު މަޑުން އަޒްކާ އެހެން ބުނެލިއެވެ. "ވަޓްސް ރޯންގް ވިތް ހިމް...އަޒޫ ގަސްތަކު ދެން އެހެންނެއް ނުހަދާނެ ދޯ.."ހައިކަލް ގާތަށް ރުޅިއައެވެ. " އިޓްސް އޯކޭ ހައީ..މާއިޝް ކަމަކާ ކަޓާފަ ހުރި ވާހަކަ މީޝް ބުނި. އެހެންވެ ކަންނޭނގެ އެއީ...މަވެސް ތަންކޮޅެއް ބަލާލައިގެން އުޅެން ޖެހޭނެ އެއްނުން.." އަޒްކާ މާއިޝްގެ ދިފާޢުގައި ވާހަކަ ދެއްކުމުން އެއްމެންނަށް ހައިރާން ކަމެއް ލިބުނެވެ. " މަށަށް ވެސް އިނގޭ މާއިޝް ކަމަކާ ކަޓައިގެން އުޅޭކަން..އެކަމަކާ އަޒޫ އަކާ ނެތް ދޯ އެއްވެސް ގުޅުމެއް...އެއީ އޭނަގެ ލައިފް ގެ ކަމެއް..އެކަމުގެ ވަރު އަޒޫ އަށް ބާލާކަށް ނުޖެހޭނެ ދޯ..." އާދިލް ވެސް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.
"އަޒޫ އާދޭ ބޭރަށް..އާއްޑެ މެންވެސް އެބަތިބި.."ކޮޓަރި އެނދުގައި ވާހަކަ ފޮތެއް ހިފައިގެން އޮތް އަޒްކާއަށް ގޮވާލަމުން މީޝާ ބުންޏެވެ."ނޫން މިގަޑީގަ ރެސްޓް ކޮށްލަން ބޭނުމީ..ޔޫ ގައިސް ކެރީ އޮން.."އެހެން ބުނުމަށްފަހު އަނެއްކާވެސް އަތުގައި އޮތް ވާހަކަ ފޮތް ހުޅުވާލާ ކިޔަން ފެށިއެވެ. މީޝާވެސް އިތުރު އެއްޗެއް ނުބުނެ ދިޔައީ އެވަގުތު ކޮޓަރިން ނިކުން މާއިޝް ފެނިފައެވެ.
"މާއިޝް ދަރިފުޅާ އެހަށް އާދެބަ ވާހަކައެއް ދައްކާލަން.." ބޭރަށް ނިކުންނަން ދިޔަ މާއިޝްގެ ފިޔަވަޅުތަކަށް ހުއްޓުމެއްއައީ ކޮޓަރިން ނިކުން ނަޒީރާގެ އަޑަށެވެ. މަޑު ހިނގުމެއްގައި ގޮސް ނަޒީރާ އުޅޭ ކޮޓަރިއަށް ވަދެލިއެވެ. "ކިހިނެއްވީ މަންމާ.." މާއިޝް އެތެރެއަށް ވަނުމުން ނަޒީރާ ކޮޓަރި ދޮރު ލައްޕާލައި ތަޅުލިއެވެ. "މަންމާ ކަމެއް ގޯސްވީތަ؟ ކިހިނެއްތަ ވީ..؟..."މާއިޝް އަނެއްކާވެސް އަހާލިއެވެ. ނަޒީރާގެ އިޝާރާތަށް މާއިޝް އައިސް އޭނާގެ މަންމަ ކައިރީ އެނދުގައި އިއްތާލިއެވެ. "ދަރިފުޅާ މަންމަ މިއުޅެނީ ވަރަށް ބޮޑު ކަމަކު ކިޔަން..މީގެ ކުރިން ދުވަހަކުވެސް މަންމަ ދަރިފުޅު ކައިރީ ކަމަކު ކިޔާފައެއްނޯންނާނެ.." ނަޒީރާ ވާހަކަ ދެއްކީ އޯގާތެރިކަމާއިއެކު މަޑު މަޑުންނެވެ. މާއިޝްވެސް އިތުރު އެއްޗެއް ނުކިޔާ މަންމަ ދައްކާ ވާހަކަ އަޑުއަހަން އިނެވެ. "އަޒްކާގެ މަންމަ ވަނީ މީގެ 2 މަސް ކުރިން އިންޑިއާގަ ހިނގި އެކްސިޑެންޓެއްގަ ނިޔާވެފަ..އެހެންވެ މަންމަ އަޒްކާ މިރަށަށް މިގެނައީ..އަޒްކާ ދެން ހުންނާނީ މިގޭގަ އަބަދުވެސް..އަޒްކާ އަކީ ރަނގަޅު ކުއްޖެއް.." ނަޒީރާ އަޒްކާގެ ވާހަކަ ފެށުމުން މާއިޝް ފޫހިވާންފެށިއެވެ. " މަންމާ ތީތޯ ދައްކަން ތިއުޅޭ ވާހަކަ އަކީ..""ދަރިފުޅާ އެހަށް އަޑުއަހާބަލަ..މަންމަ ބޭނުން ވަނީ ދަރިފުޅު އަޒްކާ އާއި ކައިވެނި ކުރަން..އެއީ މަންމަ ގެ ވަރަށް ބޮޑު އެދުމެއް.." ނަޒީރާގެ ވާހަކަ ނުނިމެނީސް މާއިޝް ވާހަކަ ދައްކަންފެށިއެވެ. "ނޫން މަންމާ..މަންމަ ތިނޫން ކުއްޖެއް ދެއްކިނަމަ އެއްވެސް ޝަކުވާއެއްނެތި ތިކަން ކޮށްދިނީމުސް..އެކަމް މަންމާ އަޒްކާ މަގޭ އަންބަކަށް ނުހެދޭނެ.." "އެއީ ކީއްވެ މާއިޝް..އަޒްކާ ވިއްޔާ ކިހިނެއްވީ.."ނަޒީރާގެ އުއްމީދުން ފުރިގެންވީ މޫނު މިލާ މޯޅިވެއްޖެއެވެ. "އަހަރެން...އަހަރެން އަޒްކާ ދެކެ ލޮއެއްބެއް ނުވޭ މަންމާ..." މާއިޝް ބުންޏެވެ. " ލޯބިވެވިދާނެ ދެކުދިން އެކީ އުޅެން ފެށީމަ..މަންމަ އަށްޓަކާ މިކަން ކޮށްދީ.."އާދޭހުގެ ރާގަކަށް ނަޒީރާ ބުންޏެވެ.މަންމަގެ އެ އާދޭހަށް ބީރު ކަންފަތް ދޭނެ ހިތްވަރެއް މާއިޝް އަކަށް ނުލިބުނެވެ. "އެންމެ ރަނގަޅު..އަޒްކާ ގަބޫލިއްޔާ އަހަރެން ތިކަމަށް އެއްބަސް..މަންމަ ބޭނުންވާ ދުވަހަކަށް ކައިވެނީގެ ކަންތަށް ރާވާ..އެއްވެސް މައްސްލައެއްނެތް.." އެހެން ބުނުމަށްފަހު މާއިޝް ނިކުމެގެން ދިޔައީއެވެ. މަންމަގެ އުފަލަށްޓަކާ އަމިއްލަ އުފާތަށް ގުރުބާން ކުރަމުންނެވެ. ލޯބި ނުވާތާ އެހާ ފޫހިވެސް ވާކުއްޖަކާއި އެކު ޒަވާޖީ ހަޔާތެއްފަށަން އާބަސް އެބުނީ ހަމައެކަނި މަންމަ އަށް ޓަކައެވެ.
"މާއިޝް ހާދަ އަވަސް އަރުވާލާފަ ކޮންތާކަށް" ނަޒީރާ ގެ ކޮޓަރިން ނިކުން ގޮތަށް އަނގައިން ބަހެއް ނިކުޔާ ގެއިން ނިކުންނަންދިޔަ މާއިޝް ފެނިފައި އާދިލް ގޮވާލިއެވެ. ނަމަވެސް މާއިޝްއަށް އަޑު އިވުނުހެންނެއް ހިއެއްނުވެއެވެ. ޖަވާބުގައި އެއްވެސް އެއޗެއްނުބުނެ އޭނާ ނިކުމެގެން ދިޔައީއެވެ. "މާއިޝްއަށް މިހާރު ކިހިނެއްވެފަތަ އެހުންނަނީ.." ހައިކަލް ވާނުވާގައި އިނގެފައި އަހާލިއެވެ. އެވާހަކަ ދެއްކުމަށްވުރެން ނުދެއްކުން ރަނގަޅުވާނެ ކަމަށް ބުނުމަށްފަހު އާދިލް ވާހަކަ ކުރުކޮށްލިއެވެ.
"ދައްތާ..ގޮވާލިނަމަ ނައިސް.."ކޮޓަރި ދޮރު މަތީގައި ހުރި ނަޒީރާ ފެނިފައި އަޒްކާ ބުނެލިއެވެ. "ދަރިފުޅު ނުދިޔަސް މިއޮތީ ދިމާވެފައެއްނުން..ދައްތަ ވަރަށް ބޮޑު ވާހަކަ އެއް ދައްކާލަން ވެގެން.." ނަޒީރާ އެހެން ބުނުމަށްފަހު އެނދުގައި އިއްތާލިއެވެ. "ދައްތަ މިއައީ ދަރިފުޅުގެ ކައިވެނީގެ ވާހަކަ ދައްކަންވެގެން.." "އަޅުގަނޑު ލޯބިވާ ކުއްޖެއް އަދި ނެތް ދައްތާ..ކުއްޖަކު ފެނުނީމަ ދައްތަ ކައިރީ ބުނާނަން.." ލަދުން އިނދެގެން އަޒްކާ ވާހަކަދެއްކިއެވެ." ދައްތަ މިބުނީ ދަރިފުޅާ މާއިޝްގެ ކައިވެނީގެ ވާހަކަ.." ނަޒީރާ އަށް އެހެން ބުނެވުނުތަނާ އަޒްކާ ވާހަކަ ދައްކަންފެށިއެވެ. " މާއިޝް އޭ..ނޫން ދައްތާ..މާއިޝް އެގޮތެއް ބޭނުމެއްނުވާނެ.." އަޒްކާ އިންކާރުކުރިއެވެ. "ނޫނޭ ދަރިފުޅާ މާއިޝް ގަބޫލު..އެހެންވެ ދަރިފުޅުކައިރިއަށް މިއައީވެސް.." ނަޒީރާ އެހެން ބުނުމަށްފަހު އަޒްކާއަށް ވަރަށް ވިސްނަދިނެވެ. ނަޒީރާގެ އާދޭސް ތަކަށް އެއްމެފަހުން އަޒްކާ އަށްވެސްޖެހުނީ އެއްބަސްވާށެވެ.
"މީޝް މަންމަ ބޭނުންވަނީ މަ މާއިޝް އާއި އިންނަން..އެކަމް ކިހިނެއް..ހީ ހޭޓްސް މީ.." ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އަޒްކާ ވާހަކަ ދެއްކިއެވެ. "ވަޓް..ދޮންބެ ތީގެ ވަރުވެސް އަޒޫއަށް ބާލާނީ.."މީޝާ ހާސްވިއެވެ. "މާއިޝް ބުންޔޯ އޯކޭ އޭ ކައިވެންޏަށް.." އަޒްކާ އެހެން ބުނުމުން މީޝާއަށް އިތުރު އެއްޗެއް ނުބުނެވުނެވެ.
ގޭ ދޮރުމަތީ ހިޔާލަކަށް ގެއްލިފައި ހުރި ލާރާ ސިއްސައިގެން ދިޔައީ މަގުމަތިން ދިޔަ ސައިކަލެއްގެ އަޑަށެވެ. " އޭ ލާރު ހިނގާ ބުރެއް ޖަހާލަން.." އެއީ މާއިޝްގެ އަޑަވެ. "އައްދެ މިގަޑީގަ..ނެތް ދާހިތެއްވެސް...މާއިޝް ގޮސްލާ.."ލާރާ ދާންބޭނުން ނުވާ ވާހަކަ ބުނުމުން މާއިޝް ސައިކަލު ސްޓާޓުކޮށްލިއެވެ.
މާއިޝްއަށް ގެއަށް ދެވުނު އިރު އަޒްކާ ބޭރުގައި ހުރި އުނދޯލިގޭތެރޭގައި އިނެވެ. "މާއިޝް ވީ ނީޑް ޓު ޓޯކް" މާއިޝް ފެނުމާއިއެކު އަޒްކާ ބުންޏެވެ. "ބަޓް އައި ޑޯންޓް ވޯންޓް.. މަ ކުރަންޖެހޭ ކަންތަކެއް އަޒްކާ އަކަށް ނޭނގޭނެ.." އެހެން ބުނުމަށްފަހު މާއިޝް އެތެރެއަށް ވަންނަން ހިނގައިގަތެވެ. " މާއިޝް އެހެންޔާ ކީއްކުރަންތަ މަށާ އިންނަން އެއްބަސްވީ އެއް..މަ މީ މާއިޝް ކުޅެން ގެންގުޅޭ ކުޅިވަރެކޭ ހީނުކުރައްޗޭ..މިއަދުވެސް މާއިޝް ކީ ހުރިހާ އެއްޗަކަށް އަހަރެން އެއްޗެއް ނުބުނީ ބުނާނެ އެއްޗެއް ނެތީމައެއްނޫން..ތިހާ ޑީ ގްރޭޑް ނުވާންވެގެން.."މިފަހަރު އަޒްކާ ކެރިގެން މާއިޝްއާޢި ކުރިމަތިލިއެވެ.
"އަޒްކާ..މަގޭ ގޭގަ ހުރެގެން ތިފާޑަށް މަށާ ވާހަކަ ދައްކަން ލަދެއް ނުގަނޭތަ؟..މަ މިއުޅެނީ އަޒްކާ ކާންދިނީމަ ކައިގެންނެއް ނޫން ތިފާޑަށް މަގޭ ކުރިމަތީ އެއްޗެހި ކިޔާކަށް..ކައިވެންޏަށް މަ އެއްބަސްވީ އުފަލުންނެއްނޫން ކަން ހަނދާން ބަހައްޓާތި..މަންމަ ގެ އެދުމެއްގަ ކޮޅުފައިން ނުޖަހަން ވެގެން.." މާއިޝް ގެ ރަހުމު ކުޑަ ބަސްތަށް ފައްޗަކަށް އަމުނާލިއެވެ. އަޒްކާ އަށް އިތުރަށް އެއްޗެއް ބުނާނެ ހިތަވަރެއް ނުލިބުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލުމަށްފަހު ގެއަށް ވަންނަން ހިނގައިގަތެވެ. "ހިތްވަރެއް ނެތަސް ޒުވާބުކުރަންވެޔޭ.." ދެންވެސް މާއިޝް ބުނި އެއްޗަކުން އޭނާގެ ހިތަށް ހީވީ ތީރުތަކެއް ހަރާލިހެންނެވެ.
- ނުނިމޭ