"މަންމާ މީޝްގެ ރައްޓެހި ކުއްޖެއް މި ރަށަށް މަހަކަށް އައިސްލަން ވެގެން އަހައިފި މިގޭގަ ހުރެވޭނެތޯ.." ކާން އިނދެފައި އެއްޗެއް ހަނދާންވެގެން އަހާހެން މީޝާ، ނަޒީރާ ގާތު އަހާލިއެވެ. "ކާކު؟" ފަހަތުން ނަޒީރާވެސް ކުރީ ސުވާލެކެވެ. "މާލޭ ކުއްޖެއް..އާދިލް ކިޔަނީ..އޭނަގެ ފްރެންޑެއްވެސް ގޮވައިގެން އަންނަނީ.."މީޝާ ކިޔައިދިނެވެ. އެންމެ ރަނގަޅުކަމަށް ބުނުމަށްފަހު ނަޒީރާ މާއިޝްގެ ހިޔާލެއްވެސް އެކަމަށް ހޯދިއެވެ. "މީއްކޮ ބޭނުންވާ ކަމެއް ވިއްޔާ ދޮންބެއަށް އޯކޭ" މީޝާ އުފަލުން ކާން އަޅާފައި ހުރި ތަށި ބަހައްޓާފައި ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އެތަން ބަލަން ހެވިފައި ނަޒީރާއާއި މާއިޝް އިނެވެ.
ކޮޓަރިއަށް ވަދެވުމާ އެކު މީޝާ ފޯނު ނަގާ އާދިލްއަށް ގުޅިއެވެ. "އާއްޑޭ..މަންމަ ބުނީ އޯކޭއޯ..ޔޫ ކޭން ކަމް..ދޮންބެވެސް އޯކޭ..." ލިބުނު އުފާވެރި ހަބަރު މީޝާ އާދިލް އާޢި ހިއްސާކުރިއެވެ. "އަސްލުތަ؟ އެހެންވީމަ މާދަމާ ދާ ގޮތަށް މި ނިއްމީ..އޯ މީޝް އައި ކާންޓް ވެއިޓް ޓު ސީ ޔޫ..." މީޝާއާ އެއްވަރަށް އާދިލްވެސް އުފާވިއެވެ. ފެންނަ މީހަކަށް އެއީ ދެ އެކުވެރިންނެކޭ ހިއެއްނުވާނެއެވެ. އެހާވެސް ދެމީހުން ގާތެވެ. ވަރަށް ގިނައިރު ވާހަކަ ދެއްކުމަށް ފަހު ފޯނު ބޭއްވީ އާދިލް ދަތުރަށް ތައްޔާރުވާން ކަމަށް ބުނެއެވެ.
"ސޯ ފައިނަލީ އައި ކޭން މީޓް މައި...." މީޝާއަށް ބުނެވުނީ އެހިސާބަށެވެ. ފަހަތުން މާއިޝް ވާހަކަ މެދުކަނޑާލިއެވެ. "މައި ކޯއްޗެކޭ.." މާއިޝް ހުރިކަން މީޝާއަށް ރެޔަކާލީވެސް ދެނެވެ. ”ދޮންބެ މިތާ ކީއްތިކުރަނީ"، "ވާހަކަ އޮޅުވާނެކަމެއް ނެތް އިނގޭ..މީއްކޮ ބިޓުތަ އެއީ؟" މާއިޝް އަނެއްކާވެސް ކުރީ ސުވާލެކެވެ. "ބިޓެއްނޫން..ބަޓް އައި ރިއަލީ ލައިކް ހިމް..ނޭނގެ އާދިލްގެ ގޮތެއް.." މިފަހަރު މީޝާ ހަގީގަތް ކިޔައިދިނެވެ. "އޯ އެމް ޖީ..މަގޭ ކޮއްކޮ މިހާރު ބޮޑުވެއްޖެ ދޯ" މާއިޝް މީޝާއާއި ދިމާކޮށްލިއެވެ. "މާދަމާ އާދިލްމެން އަންނަ ވާހަކަ ބުނުމުން މާއިޝް ދިޔައީ ގެސްޓު ރޫމް ސާފުކުރާށެވެ. ފަހަތުން މީޝާވެސް ދިޔައެވެ.
ގަދަ ނިދީގައި އޮތް ލާރާ އަށް ހޭލެވުނީ ކުޑަދޮރުގައި ވަރަށް ބާރަށް އެއްޗެއް ޖެހުން އަޑަށެވެ. ވަގުތުން ގަޑިއަށް ބަލާލެވުނީ ބޭރުން އަލިކަމެއް ފެންނަން ނެތުމުންނެވެ. "މިގަޑީގަ ކާކު އެތާ" ގަޑިއަށް ބަލަހައްޓައިގެން ހުރެ ލާރާ އަމިއްލަ ނަފްސާ ސުވާލު ކޮއްލިއެވެ. ބަލާލަންދާން ބޭނުންވިޔަސް ދެވަނަ ސިކުންތުގައި ހިޔާލަށް އައީ މިއަދު ހެނދުނު ހާޝިމް ކިޔާލި އެއްޗެއްސެވެ. އެހެންކަމުން އެދިމާލަށް ދާކަށް އޭނާގެ ހިތެއް ނޭދުނެވެ.
ހެނދުނު ހޭލައިގެން ބޭރަށް ނިކުތް ހަސީނާގެ ނަޒަރު ހުއްޓުނީ ދޮރުމަތީ މީހަކާ ވާހަކަ ދައްކަން ހުރި ލާރާ އަށެވެ. މީގެ ކުރިން ދުވަހަކުވެސް ހަސީނާ ނުގޮވާ ހުއްޓާ ލާރާ ނުހޭލާނެއެވެ. "ދަރިފުޅާ..." ހައިރާންވެފައި ހުރެ ހަސީނާ ލާރާއަށް ގޮވާލިއެވެ. އެ އަޑަށް އެތާ ހުރި މީހަކު ހިނގައިގަތެވެ. ހަސީނާއަށް ދޮރާ ހަމައަށް ދެވުނު އިރު އެތާކު މީހަކު ފެންނާކަށް ނެތެވެ. "ރޭގަ ދަންވަރު އެއްޗެއް ވެއްޓުނު އަޑަށް ހޭލެވުން ގޮތަށް ނުއެއް ނިދުނު ބިރުން. .އެހެންވެ އަލިވީމަ ބޭރަށް ނިކުތީ.." ހަސީނާ ސުވާލު ކުރާނެކަން އިނގިގެން ލާރާ ބުންޏެވެ. "އެހެންތަ؟ ދެން މިތާ ދަރިފުޅާ ވާހަކަ ދައްކަން ހުރީ ކާކު" "އެއީ ހާޝިމް..އޭނަ މިހެން ދަނިކޮށް އަޅުގަނޑު ފެނިގެން އައިސްލީ" ހާޝިމްކަން ހުރީ އިނގުމުން ހަސީނާ ހާސްވާގޮތްވިއެވެ. "ލާރާ އެކަހަލަ މީހުންނާވެސް ވާހަކަ ދައްކަންތަ؟ އޭނަ އަކީ މާރަނގަޅަށް އުޅޭކުއްޖެއް ނޫންކަން ދަރިފުޅަށް އިނގެޔޭނުން ސުކޫލަށްވެސް ނުދާތީ ސުކޫލުން ވެސް ކަނޑާލީ. .މިހާރު މަންމަމެން މުސްކުޅިވެފަ ހުރި އިރު އޭނަ އެހެރީ ޒުވާން އުމުރު ނަގާލާގޮތް.." ހަސީނާ ދަރިފުޅަށް ވިސްނައިދިނެވެ. "މަންމާ ކޮންމެ މީހަކުވެސް ބަދަލުވާނީ ކަންތައްގަނޑަކާ ކުރިމަތިލާން ޖެހިގެންނޭ އަޅުގަނޑު ބުނާނީ. .ހާޝިމް އަކީވެސް ކުރިން އެހެން އުޅުނު ކުއްޖެއް ނޫން.. "ލާރާ އަށް ފެންނަގޮތް އޭނާ ހަސީނާ އާ ހިއްސާކުރިއެވެ.
ބަނދަރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި މީޝާގެ ނަޒަރު ހުއްޓިފައި ވަނީ ރަށުގެ ނެރާ ދިމާލަށެވެ. އެތަނާ މާދުރު ނޫން ހިސާބެއްގައި ހުރި ގަހެއްގެ ހިޔާ ދަށުގައި މާއިޝްއާއި ރައިފާ ހުއްޓެވެ. "މީޝް ތި އާދެބަލަ މިތާ މަޑުން ހުންނަން.. މިތާ ހުއްޓަސް ލޯންޗް އައީމަ ފެންނާނެ އެއްނުންތަ؟" މީޝާ އުޅޭގޮތުން އުނދަގޫވެގެން ރައިފާ ބުންޏެވެ. "އައްދެ މީއްކޮ އަށް މިއަދު ނުވާނެ ހޫނެއްވެސް.. ބަލާބަލަ އަވިގަނޑުގަ އެނބުރޭވަރު އެ ސޮރު ފެނޭތޯ.. ތިހެން އުޅެނިކޮށް އަންނަން ވާއިރަށް އެނބުރުން އަރައިގެން އެޑްމިޓް ކުރަން ކަންނޭނގެ ޖެހޭނީ" މިފަހަރުވެސް މާއިޝް ބެލީ މީޝާއާއި ދިމާކޮށްލެވޭތޯއެވެ. "މި ދޮންބެގަނޑު ކަންތައްވެސް ވަރަށް ބޮޑު ވެއްޖެ މިއަދު.. ހަމަ ހޭލީއްސުރެން ދިމާކުރަނީއޭ.." އެމީހުންނާ ދިމާލަށް ހިނގަމުން މީޝާ ޝަކުވާކޮށްލިއެވެ.
މީޝާ ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އައީ އެވަގުތުއެވެ. މޫދުގެ ލޮނުގަނޑު ދެފަޅިއަށް ކަފަމުން އައިސް ރަށުފަޅުން އެވަނީ އާދިލް އަންނަ ލޯންޗެވެ. "އެއޮއް އައީ ރާޖާ" މާއިޝް އަނެއްކާވެސް މީޝާއާއި ދިމާކޮށްލިއެވެ.
ބޮޑު ދަބަހެއް ކޮނޑުގައި އަޅުވާލައިގެން އަޅިކުލައިގެ ޓީޝާޓަކާއި ހުދު ކުލައިގެ ސޯޓެއް ލައިގެން ވާޓަރު މައްޗައް ފޭބި ޒުވާނާ ފެނިފައި ކޮންމެ މީހަކުވެސް ހިތް ކިޔާނެއެވެ.
"ވާއު..."އާދިލް ފެނިފައި ރައިފާ އަށް ބުނެވުނެވެ. "މީޝް އަސްލުވެސް އޭނަ ހާދަ ސްމާޓޭ،..." ރައިފާ އެހެން ބުނުމުން މާއިޝް އާއި މީޝާއަށް ހެވުނެވެ.
"ހާއި..ކޮބާ އާއްޑެގެ ފްރެންޑް.. ބައި ދަ ވޭ މީ މާއިޝް އިނގޭ..މީޝްގެ ދޮންބެ.." ވާޓަރުމަތީ އާދިލް އެކަނި ހުރުމުން މާއިޝް ސުވާލުކުރިއެވެ. އެވަގުތު ހައިކަލް ލޯންޗުން ފޭބިއެވެ. "ހިއާ ހީ ކަމްސް..މީ ހައިކަލް..މައި ބެސްޓްބަޑީ.. ހައިކަލް މީ މާއިޝް މީޝްގެ ދޮންބެ.." އާދިލް ހައިކަލް އަށް މާއިޝް ތަޢާރަފް ކޮށްދިނެވެ. ދެކުދިން ސަލާމް ކޮށްލުމަށްފަހު ދަބަސްތައް ހިފައިގެން މީޝާމެން ތިބި ގަސްދަށާއި ދިމާލަށް ހިނގައިގަތެވެ. "މީޝް.." އެހިސާބަށް ދެވުމުން އާދިލް މީޝާއަށް ގޮވާލިއެވެ. "ކާރު އައީމަ ދާނީ ދޯ.."މީޝާ ބުންޏެވެ. އެއްމެ ރަނގަޅު ކަމަށް ބުނުމަށްފަހު އާދިލް މީޝާގެ ކައިރިއަށް ޖެހިލިއެވެ.
މާގިނަ އިރުތަކެއްނުވެ ކާރު އައެވެ. ހުރިހާ އެއްޗެއް ކާރަށް އެރުވުމަށްފަހު އެންމެން ކާރަށް އެރިއެވެ. އެވަގުތު މާއިޝް ބުންޏެވެ. "އޯ ޝިޓް... މީޝް ދޮންބެ ސައިކު ހުންނާނެ.. ދޮންބެ މިދަނީ ސައިކުގަ..މީޝްމެން ހިނގާ ކާރުގަ.." "މާއިޝް ސައިކު ދެގަ މަ އަތަށް..މަ ވަރަށް ބޯ ސަކަރާތްވާ އެއްޗެއް ކާރަކީ.. "އާދިލް ބުންޏެވެ. "އޯކޭ "މާއިޝް އެހެންބުނުމުން އާދިލް މީޝާއާއި ކައިރި ވެލާފައި އޭނަ އެކީ ސައިކަލުގައި ދިޔުމަށް އެދުނެވެ. މީޝާ އެއްމެ ރަނގަޅުކަމަށް ބުނެފައި ކާރުން ފޭބިއެވެ.
ރަށުގެ ވަލު މަގުން ސައިކަލު ދުއްވަމުން ދިޔައިރު މީޝާއިނީ ލަދުން ވާހަކައެއްވެސް ނުދައްކައެވެ. އެވަގުތު ކުއްލިއަކަށް ބުރަކި ޖެއްސުމުން މީޝާ އައިސް ޖެހުނީ އާދިލް ގެ ގައިގައެވެ. "ސޮރީ..ދާންވީ ގޮތް ކިޔައި ނުދެންޏާ އެކަހަލަ ކަމެއް ކުރެވޭނީ..." ހެމުން ހެމުން އާދިލް އެހެން ބުނުމުން މީޝާގެ ގާތަށް ވެސް ހިނިއައެވެ.
މީޝާމެންނަށް ގެއާ ހިސާބަށް ދެވުނު އިރު މާއިޝް މެން ގޭ ދޮރުމަތީ އެކުދިންގެ އިންތިޒާރުގައި ތިއްބެވެ. "ހާދަ ލަސްވީ"މާއިޝް އެކުދިން ފެންނަ އިރަށް ބުންޏެވެ. "އާން މި މީޝް މަގު ކިޔައި ނުދީވިއްޔާ ފަހަތުގަ އިންނަނީ" އާދިލް ބުންޏެވެ.
ސަކަރާތް ޖަހަމުން 5 ކުދިންނަށް ގޭތެރެއަށް ވަދެވުނު އިރު ނަޒީރާ ސައި ކޮޓަރީގައި އުޅެއެވެ. "އަވަހަށް އާދޭ ސައިބޯން ހުރިހާ ކުދިން..ހާދަ އިރެއް ވެއްޖެޔޭ ސައިހަދައިގެން އިންނަތާ.." ދަބަސްތައް ބެހެއްޓުމަށްފަހު ހުރިހާ ކުދިން ސައި ބޯން ދިޔައެވެ. އެކި އެކި މަޖާ ވާހަކައިގައި ތިބެގެން ސައިބޮއެގެން އެއްމެން ނިކުތީ ބޭރަށެވެ. "ރަށު ތެރެ ބަލާލަން ދަމާ" ހައިކަލް ބުންޏެވެ. "ބުރޯ އަދި މިއާދެވުނީ ރަށަށް މިހާރު ބޭރަށް ދާންކިޔަންފެށީ.." އާދިލް ލާނެތްފާޑަކަށް ބުންޏެވެ. "އޭ އިޓްސް އޯކޭ..ވީ ކޭން ގޯ އޭ..ހިނގާ ދަމާ..ތުނޑިއަށްދާން..." މާއިޝް ބުންޏެވެ. މަންމަ ކައިރީ ބުނެލާފައި އަންނާނެކަމަށްބުނެ މީޝާ ވަނީ ގޭތެރެއަށެވެ.
"ލާރާ ބަލާބަ.." ބާރު ހިނގުމެއްގައި އެމީހުންނާ ދިމާލަށް އައި ހާޝިމް ފެނިފައި ފަޒްލާ، ލާރާއަށް ދައްކާލިއެވެ. "އޭނަ ވަރަށް ރުޅި އައިސް ކަންނޭގެ އެހެރީ ފަޒޫ..ހިނގާ ދާން އަވަހަށް..." ލާރާ ބިރުން އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ހާޝިމް އެއަށް ވުރެން މާ ހުޝިޔާރެވެ.
- ނުނިމޭ