ކަށީގެ ޑޮކްޓަރު، ޑރ. ޝާން އައިޖީއެމްއެޗުން ވަކިވެ އަބޫ ދާބީއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ކަށީގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. ޝާން އައިޖީއެމްއެޗުން ވަކިވެވަޑައިގަތީ އަބޫދާބީގައި އާ ޗެލެންޖުތަކަކާ ކުރިމަތިލެއްވުމަށް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ނަމަވެސް ޑރ. ޝާން އެ ގައުމުގައި މަސައްކަތް ކުރައްވާނީ ކޮން ތަނެއްގައި ތޯ ނޫނީ ކޮން މަގާމެއްގައި ތޯ އައިޖީއެމްއެޗުން ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗުން ޑރ. ޝާންއަށް ފެއާވެލްއެއް ބާއްވައިފައި ވާއިރު މި ފެއާވެލްގައި އެ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ.

ޑރ. ޝާން ވަނީ އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.