އެމްބާ ހާޑް، ޖޮނީ ޑެޕްގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާގެ އަޑުއެހުމުގައި، އެމްބާ، ޖޮނީ ގައިގާ އެތައްފަހަރު ޖެހިކަމަށް އެއްބަސްވެއްޖެއެވެ. ނަމަވެސް އޭނާ ބުނީ، އެކަން ކުރީ އަމިއްލަ ދިފާއުގައި ކަމަށެވެ.

މިހާރު ކޯޓުގައި ކުރިއަށްދާ މަލްޓި މިލިއަން ޑޮލަރުގެ ދައުވާގައި އޮތް އަޑުއެހުމުގައި އެމްބާ ބުނީ ޖޮނީ ގައިގާ ޖަހާފައި ވާނީ، އިނދެގެން އުޅުނު އިރު ކަމަށާއި އެއީ އޭނާއަށް އަނިޔާ ދިނުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ނަމަވެެސް އަމިއްލަ ދިފާއު (ސެލްފް ޑިފެންސް)ގައި ކުރި ކަމެއް ކަމަށެވެ.

ވާޖީނިއާގެ ކޯޓެއްގައި ކުރިއަށްދާތާ މަސްދުވަސް ވެފައި ވާ މި މައްސަލައަކީ، އެމްބާ ވޮޝިންޓަން ޕޯސްޓަށް ލިޔުނު ލިޔުމެއްގައި، އެމްބާއަށް ގެވެށި އަނިޔާ ލިބޭކަމަށް ބުނެފައި އޮތުމުން، އެއީ ޖޮނީއަށް އަމާޒުވާ ވާހަކައެއް ކަމަށް ބަލައި ކޮށްގެން އުޅޭ ދައުވާ އެކެވެ. ޖޮނީ ކޯޓަށް ވެއްދީ 50 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދާށެވެ. ނަމަވެސް މި މައްސަލައިގައި އަނިޔާ ލިބުނީ، އެމްބާއަށް ކަމަށް ބުނެ އޭނާ ވަނީ 100 މިލިއަން ޑޮރަރުގެ ބަދަލެއް ހޯދަން ދައުވާ ކޮށްފައެވެ. ކޯޓުގައި މި 2 މައްސަލަ ހިނގަނީ އެކުއެކުގައެވެ.

މި މައްސަލައިގައި މިދިޔަ ބުދަދުވަހު އޮތް އަޑުއެހުމުގައި އެމްބާ ބުނީ، އޭނާ ޖޮނީ ކަންފަތްމަތީގައާއި ނޯއްމަތީގައި ޖެހީ، އެތައް އަހަރުތަކެއް ވާންދެން ޖޮނީގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަކުން އޭނާ ސަލާމާތްވާން މަސައްކަތް ކޮށް ކޮށް، ފަހުން ފަހުން އައިސް ސަލާމަތް ނުވެވިގެން ކަމަށެވެ. އަދި ކުރިން ގެވެށި އަނިޔާ ލިބުނު ނަމަވެސް މައްސަލަ ޖައްސާފައި ނުވަނީ، ޖޮނީދެކެ ލޯބިވާތީ ކަމަށެވެ. އަދި ލޯބިވާ ނުވަތަ ރުހޭ އެކަކަަށްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް މިހާރު ޖޮނީއަށް އަނިޔާ ކުރަން ޖެހުނީ އޭނާ އެމްބާއަށް ޖިސްމާނީ އަނިޔާ ކުރާތީކަމަށްވެސް ބުނެފައި ވެއެވެ.

އެމްބާގެ މިވާހަކަތައް ޖޮނީ ދޮގު ކޮށްފައި ވާއިރު ކުރިއަށް ދާ ޝަރީއަތް މިމަހުގެ 27 ވަނަ ދުވަހު ނިންމާނެ ކަމަށް ހަބަރު ލިބެއެވެ.