ޓޮމް ކްރޫޒަށް ޓްރިބިއުޓް ކޮށް ނުވަތަ ހާއްސަ ކޮށްފައިވާ ކޭންސް ފިލްމް ފެސްޓިވަލް 2022 ގެ ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބުން އޭނާ ރޮއްވާލައިފިއެވެ.

ފެސްޓިވަލްއަށް ޓޮމް ކްރޫޒު އާއި ޓީމު ދިޔަ އިރު ފައިޓާ ޖެޓްތަކުން، ނުލާއި ރަތުން ފްރާންސްގެ ދިދައިގެ ކުލަތައް ރަމްޒުވާ ގޮތަށް ކުލަތައް ދޫކުރަމުން ފެސްޓިވަލް އޮތް މައިދާނުގެ މަތީގައި އުދުހެމުން ދިޔައެވެ. އެއާއެކު، ފެސްޓިވަލްއަށް އެއްވެފައި ތިބި އެންމެން ޓޮމް ކްރޫޒުގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔެވެ. ގާތްގަނޑަަކަށް 6 މިނެޓަށް ދެމިގެން ދިޔަ އެ ހަރަކާތުގައި އެތައް ބަޔަކު ވަނީ ކްރޫޒް އާއެކު ފޮޓޯނަގާ، އޭނާގެ އޮޓޯގްރާފްވެސް ހޯދާފައެވެ.

ޓޮމްކްރޫޒްގެ ފަހުގެ ފިލްމުގެ މަންޒަރެއް

ޓޮމް ކްރޫޒް މަގުބޫލުކަން ހޯދި ފިލްމެއް ކަމަށް ވާ ޓޮޕްގަން ކުުުޅުނުތާ 36 އަހަރު ފަހުން އެ ފިލްމުގެ ސީކްއެލް އެއް މިހާރު ބެލުންތެރިންނާ ހަމައަށް އައުމުން އެންމެން ތިބީ އުފަލުންނެވެ. ހަނގުރާމަ މަތީ ބޯޓުތައް ދުއްވާ، އަސްކަރީ މޮޅު ޕައިލެޓެއްގެ ހަރަކާތްތައް ފެންނަ ޓޮޕްގަންގެ މި ސީކްއަލްއަށް ބޮޑުތަރުހީބެއް ލިބިގެން ދާނެ ކަމަށް ބެލެވެއެވެ.

ކޭންސް ފެސްޓިވަލް ކްރޫޒްއަށް ހާއްސަވީ، މި ފިލްމް ސްކްރީން ކުރުން އޮތީ ފެސްޓިވަލްގައި ކަމަށް ވާތީއެވެ.

152 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމު ރަސްމީ ކޮށް އަޅުވާނީ މިމަހުގެ 27 ވާ އަންގާރަ ދުވަހުއެވެ.