ކަސޯޓީގެ ވާހަކަ ބުނެފިއްޔާ ދިވެހިންނަށް ފަސޭހައިން އެނގޭނެއެވެ. އެހާވެސް ހިންދީ ސީރީޒްތަކާ ދިވެހިން ކައިރިއެވެ. ސީރީޒްތަކުގައި ރޯ ގޮތަށް ރުއިމާއި، އެކްޓަރުން ހެނދުން އަޅާގޮތަށް ހެދުން އެޅުމަކީ އާންމު ކަމެކެވެ. ސާޅި ނޭޅިޔަސް ޒަމާނީ ހެދުން އެޅުމުގައި ދިވެހި އަންހެންވެރިން ވަނީ ކުރި ހޯދާފައެވެ. ހަމަ އެކަނި ހެދުން އެޅުމެއް ނޫނެވެ. މިހާރަކަށް އައިސް ކައިވެނި ހަފްލާތަކާއި، މީހަކު މާބަނޑު ވެއްޖެ ނަމަ، ހަދިޔާ ދިނުމަށް ބާއްވާ ހަފްލާތަކުގައި ކަންކަން ކުރަނީވެސް ހިންދީ ސީރީޒް ތަކުގައި ފެންނަ ގޮތްގޮތަށެވެ. މާބަނޑު ވުމާއެކު، ހިންދީންގެ "ގޯދު ބަރާ" ދިވެހި ސްޓައިލަށް ބަދަލުކޮށްގެން ފާހަގަ ކުރެއެވެ.ކައިވެނި ހަފްލާތަކުގައި ހިންދީ ލަވަޖަހާ ނަށާ ގްރޫޕުތައް ލައްވާ ނައްޓުވައެވެ. އެ މަޖަލުގައި ކައިވެނި ވެވޭ ދެމީހުންވެސް ބައިވެރިވެ ލަވަކިޔާ ނަށާ ހަދައެވެ.

ހިންދީ ސީރީޒްތަކުގެ ނުފޫޒު ދިވެހިންގެ ސިޓިންރޫމްތަކަށް ފޯރާފައި ވާއިރު، މިވަގުތު ޓީވީ ސީރީޒްތަކުގެ އެންމެ މަގްބޫލު ތަރިންގެ ލިސްޓަށް ބަލާލާނަމެވެ.

ތޭޖާސްވީ

ތެޖާސްވީ ޕްރަކާޝް

ނިމިދިޔަ ބިގްބޮސް 15 ކާމިޔާބު ކުރި ތެޖާސްވީ އަކީ ގިނަ ދިވެހިން ބަލާ ނާގިންގެ އެކްޓްރަސްއެކެވެ. ނާގިން އަކީ ދިގުދެމިގެން ދާ ސީރީޒް އަކަށް ވާއިރު، ތެޖާސްވީ ފެނިގެން ދަނީ ނާގިން 6 އާ ހިސާބުންނެވެ. އޭނާއަށް އެ ސީރީޒްގެ ކޮންމެ އެޕިސޯޑަކުން 200،000 ރުޕީސް ލިބެއެވެ.

ރުޕާލީ

ރުޕާލީ ގަންގޫލީ

ރުޕާލީ އަކީ، ޓީވީ ސީރީޒްގެ ތަފާތު ރޯލުތަކުން އެވޯޑް ހާސިލުކޮށްފައިވާ ތަރިއެކެވެ. ސުކަންޔާއިން ޓީވީ ސީރީޒްތަކަށް ނުކުތް ރުޕާލީ ކުޅުނު ބައެއް މަޝްހޫރި ސީރީޒްތަކުގެ ތެރޭގައި ދިލްހޭކި މާންތާ ނެހީން، ޒިންދަގީ، ތެި މެރީ ކަހާނީ ހިމެނެއެވެ.

ރުޕާލީއަކީ މިދިޔަ ފެންރުއަރީން ފެށިގެން 300،000 ރުޕީސް ލިބޭ ތަރިއެކެވެ.

އަންކިތާ

އަންކިޔާ ލޮކަންޑޭ

ޕްވިތްރާ ރިޝްތާއިން މަގްބޫލުކަން ހޯދާފައިވާ މި ތަރިއަށް އެޕިސޯޑަކަށް 95،000 ރުޕީސް ލިބެއެވެ. އަންކިތާ އަކީވެސް ގިން އެވޯޑްތަކެއް ހޯދާފައިވާ ތަރިއެކެވެ. އަންކިތާގެ މަބްގޫލުކަން ބޮޑުވެގެން ގޮސްފައި ވާއިރު ޕަވިތްރާ ރިޝްތާއަކީ، ދާދިފަހުން މަރުވި ސުޝާންތްވެސް ކުޅުނު ސީރީޒެކެވެ. އެ ސީރީޒްގައި އަންކިތާ ކުޅުނީ އަރްޗަނާގެ ރޯލެވެ.

މި ތަރިންގެ އިތުރުންވެސް ޔޭހޭ މުހައްބަތޭން އިން މަގުބޫލުކަން ހޯދާ، އެޕިސޯޑަކަށް 1.5 ލައްކަ ރުޕީސްގެ އާމްދަނީއެއް ލިބޭ، ދިވްޔަންކާ ތްރިޕަތީ ދަހިޔާ އާއި، 75،000 ރުޕީސްގެ އާމްދަނީއެއް ހޯދާ ނާގިން 4 ގެ އެކްޓްރެސް ނިއާ ޝަރުމާއާއި، ދާދިފަހުން ފެށި ވެބްސީރީޒް މާއި އިން ފެނިގެންދާ ޝާކްޝީ ތާންވާރް އަކީ 1.5 ލައްކަ އާމްދަނީއެއް ލިބޭ، ދެގޮތެއް ނުވެ މިހާރުވެސް ހިނގާ ތަރިންނެވެ. ކާމިޔާ އެތައް ރޯލެއް ކުޅެ، ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރިންނެވެ.

ދިވެހިންނަށް، ޙާއްސަކޮށް ދިވެހި އަންހެނުންނަށް ހިންދީ ސީރީޒްތައް ކަމުދަނީ، އެ ސީރީޒްތަކުގައި ރުއިމާއި، ނޭވާ ހިފަހައްޓާލަން "ސަސްޕެންސް" އެކުލެވޭ މަންޒަރުތަކާ ހެދިއެވެ. ދެންވާނެ ގޮތެއް ބަލަން، ތިއްބާ އެޕިސޯޑް ނިންމާލުމަކީ، ހިތައް އެތައް އުނދަގުލެއް ކުރުވާ ކަމެކެވެ. ގަވައިދުން ތާވަލު ބަލައިގެން، ރެކޯޑްކޮށްގެންވެސް ބަލާ ހެދެނީ އެ ތަރިން އުޅޭ ގޮތެވެ. ކުޅޭ ބައިތަކެވެ.

ދިވެހި ސިޓީންރޫމާ މި ތަރިން ކައިރި އިރު މި ލިސްޓްގެ ދިގުކަމުން ހުރިހާތަރިން ނުހިމެނި ނަމަވެސް، އަދި ފިރިހެން ތަރިންގެ ލިސްޓް އޮތީއެވެ.