މަދުވެގެން 4000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ މިހާރު ކްރެޑިޓް ކާޑު ލިބޭ ގޮތަށް ބީއެލްއެލްއިން ނިންމައިފިއެވެ.
ބީއެމްއެލްއިން މީގެކުރިން ކްރެޑިޓް ކާޑު ދޫކުރުމުގައި އެންމެ ދަށް އާމްދަނީގެ ގޮތުގައި ބަލާ އަދަދަކީ 7500 ރުފިޔާއެވެ. އެހެންނަމަވެސް ކްރެޑިޓް ކާޑުގެ ލިބުމުގައި އާމްދަނީގެ މިންވަރު ކުޑަކުރީ ގިނަ ބަޔަކަށް ކާޑަށް އެދެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ބަދަލާއެކު މިމަހުގެ 15 އިން އަންނަ މަހުގެ 30 އަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮމޯޝަނުގައި އަލަށް ކާޑު ހައްދާ މީހުން ދައްކަން ޖެހޭ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ދައްކާކަށް ނުޖެހޭނެއެވެ. އަދި ކްރެޑިޓް ކާޑަށް ހުށަހަޅާ ފޯމް ތަކުން އެ ހަފަތާއެއްގެ ގުރުއަތުގައި ބައިވެރިވެވޭއިރު އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ނަގާ ގުރުއަތުން ހޮވޭ މީހަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިަފައެވެ.
މީގެއިތުރުން ފުރަތަމަ 200 ކަސްޓަމަރުންނަށް 2500 ރުފިޔާގެ ކޭޝްބެކް ދިނުމަށް ހަމަޖެހިފައި ވާއިރު އެ އިނާމަށް ޝަރުތެއްގެ ގޮތުގައި 15 މޭ އިން 15 އޮގަސްޓާ ދެމެދު ކްރެޑިޓް ކާޑުގެ ލިމިޓްގެ 50 ޕަސެންޓް ބޭނުން ކުރަން ވާނެ ކަމަށް ބީއެމްއިލް ބުނެއެވެ.
މި ޕްރޮމޯޝަން ނިމުމުން ހޮވާ ބޮޑު އިނާމުގެ ނަސީބުވެރިއަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އެ މީހެއްގެ ކްރެޑިޓް ކާޑަށް ޖަމާވެގެންދާނެ ކަމަށާއި މި ޕްރޮމޯޝަނުގައި ބީއެމްއެލްގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލީ މެންބަރަކަށް ބައިވެރި ނުވެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ މި ޕްރޮމޯޝަންގައި އެއްވެސް ކަސްޓަމަރަކު ބައިވެރިވާން ބޭނުން ނުވާނަމަ އެކަން އެ ބޭންކަށް ލިޔުމުން އަންގަން ޖެހޭނެއެވެ.
ރައްޔިތުން ވާވައްދައިގެން ދަރަނިވެރި ކުރުވާނެ ގޮތެއް ހޯދަނީ. ޢެއްގޮތަކުން ނުވީމަ ، އަނެއް ގޮތެއް ބަލަނީ. ރިބާ ކައި ކައި ތަން މުއްސަނދި ވަނީ.