ރާއްޖެއަށް ޑްރަގް އެތެރެ ކުރުމުގެ ބަޔާނާއެއްގެ ގޮތުން، ޕާކިސްތާނުގައި ރަހުނު ކޮށްފައި ހުއްޓާ ރާއްޖެއައި ތަނުން ޖަލަށް ލި މިސްބާހު މުހައްމަދު (25އ)، ޖަލުން ފިލައިގެން އުޅެނިކޮށް ހައްުޔަރު ކޮށްފިއެވެ.

ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހް ފިލި ގޮތެއް އަދި ސާފު ނުވާ އިރު އޭނާ ފިލީ އައްސޭރި ޖަލުންނެވެ. މިއަދު އޭނާ ފިލިކަމުގެ މައުލޫމާތު އާންމުވެފައި ވާއިރު މިހާރު އޭނާ ހޯދާ އަލުން ކަރެކްޝަނާ ހަވާލު ކޮށްފިކަމަށް ބުނެއެވެ.

ކަރެކްޝަންސްއިން ކުރި ޓްވީޓެއްގައި ބުނިގޮތުގައި "އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ފިލުމާ ގުޅިގެން" ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ މިހާރު ވަނީ ހޯދާފައެވެ.

ޑްރަގް ނެޓްވޯކަކުން އޭނާ ރަހުނު ކޮށްގެން، ވީނުވީއެއް ނޭނގި ދިވެހި ފުލުހުން އޭނާ ހޯދަން އިއުލާންވެސް ކުރިއެވެ. މިދިޔަ އަހަރުގެ މެއި 14 ވަނަ ދުވަހުން ފެށިގެން އޭނާ ގެއްލިގެން އުޅެނިކޮށް، މާލެ އައުމުން ހައްޔަރު ކުރީއެވެ. އޭނާ އާ ބެހޭ މައުލޫމާތު ދެމުން ފުލުހުން ބުނީ، ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ 10:13 ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހު ދިޔަކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދެއްކި ކަމަށެވެ. އޭނާ ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާއެކު ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ. އިރުފާން އާއި މިސްބާހު ދުބާއީއަށް ފުރުމަށްޓަކާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އިރުފާން ވަނީ ނޮވެމްބަރު 22، 2020 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައި ކަމަށާއި ނަމަވެސް، އޭނާ އާއެކު މިސްބާހް އައިސްފާ ނުވާ ކަމަށާއި، މިސްބާހު ނޮވެމްބަރު 23، 2020 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ދިޔަކަން ތަހުގީގަށް ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، މިސްބާހު ޕާކިސްތާނަށް ގޮސްފައި ވަނީ، ރާއްޖެ އެތެރެކޮށްފައި ވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައި ވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކުގެ ބެލުމުގެ ދަށުގައި "ގެރެންޓާ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ޖަލުތަކުން ދޭތެރެ ދޭތެރެއިން މީހުން ފިލައިގެން ހޯދާފައި ވާއިރު، ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަމަށް މާލެ ގެންނަ ތަނުންވެސް ބައެއް ގައިދީން ފިލާފައި އެބަހުއްޓެވެ. ނަމަވެސް އެހާ ފަސޭހައިން ފިލޭ މައްސަލައިގައި ކަމާބެހޭ އެއްވެސް އިދާރާއަކުން އެއްޗެއް ބުނަން ދެކޮޅު ހަދައެވެ.