"މަންމާ..ބަލާބަ އެހެރަ މީހެއް.." ގޭގެ ދޮރާއި ދިމާލަށް އިޝާރާތް ކޮށްގެން އުފަލުންފޮޅިފައި ހުރެފައި މީޝާ އެހެން ބުނި އަޑަށް ނަޒީރާ އެދިމާލަށް ބަލާލިއެވެ. އޭރު ބޮޑު ދަބަހެއް ކޮނޑުގައި އަޅުވާލައިގެން މާއިޝް ދޮރުމަތީގައި ހުއްޓެވެ. މާއިޝް އަކީ ނަޒީރާ ގެ އެންމެ ދޮށްޓަށް ހުންނަ ކުއްޖާއެވެ. ރާއްޖެއިން ބޭރުގައި 5 އަހަރު ދުވަހު އުޅުމަށްފަހު މިއަދު ރަށަށް އެއައީ ޑޮކުޓަރު ކޯސްފުރިހަމަ ކޮށްގެންނެވެ. ހަމުގެ ކުލަ އަލި ފިރިހެންވަންތަ ހަށިގަނޑެކެވެ.ވިލިނޫކުލައިގެ ކަޅިއަކާއި ފަން އިސްތަށިގަނޑެކެވެ.އިސްތަށިގަނޑު ކަނދުރާއާއި ހިސާބަށް ކޮށާލާފައި އޮތުމުން އިތުރަށް ފުރިހަމައެވެ. ލައިގެން ހުރި އަޅިކުލައިގެ ފަޓުލޫނާއި ނޫކުލައިގެ ގަމީހުގައި މާއިޝް ފެންނައިރު އަދި މާފުރިހަމައެވެ.
"ބަލާބަލަ ހެވިފަ ހުރިލެއް..އަންގާވެސް ނުލާ އައިސް އަދި...ރޭގަ ގުޅީމަވެސް ބުނީ އާދެވޭނެ ދަވަހެއް ނޭނގެއޭ.."ދަރިފުޅު ފެނުމުން އުފަލުން ގޮސް ނަޒީރާއަށް ރޮވުނެވެ. ވާނީވެސް އެހެންނެއްނުން ހެއްޔެވެ.ރަށު މަދަރުސާއިން ކިޔަވާ ނިމިގެން ލަންޑަނަށް ދިޔަފަހުން ހަމަ ލޮލަށް ދަރިފުޅު ފެނުނު މީ ފުރަތަމަ ފަހަރެވެ."ދޮންބޭ ދެންވެސް ދޮރުމަތީ ނުހުރެ އެތެރެއަށް އާދެބަލަ..ނުބުނެ އައީމަ ޖެހޭނެ ހަދިޔާ ދޭން މިފަހަރު.." މީޝާ މާއިޝް ގެ އަތުގައި ހިފާ ގޭތެރެއަށް ވެއްދިއެވެ.
"މިހާ ބޮޑު ވީމަވެސް މީއްކޮ ބަދަލެއް ނުވޭދޯ މަންމާ" ހެމުން ހެމުން މާއިޝް ވާހަކަ ދެއްކިއެވެ. "ކިތަންމެ ބޮޑުވިޔަސް ދޮންބެ ވަރެއް ނުވާނެ.އެހެންމަ ހަދިޔާ ދޭންޖެހޭނެ އިނގޭ" މީޝާ ތުންދަމާލާފައި ބުންޏެވެ. ''ސާބަސް ދެކުދިންނަށް..ހަމަ އައިގޮތަށް މާއިޝްވެސް އެކޮޔާ ތޮޅެލީއޭ..ދަރިފުޅު ދޭ ފެންވަރާލައިގެން އަންނަން..މަންމަ ކާ އެއްޗެއް ތައްޔާރުކޮށްލަން މިދަނީ..މީއްކޮވެސް އާދޭ މަންމަ އާއެކީ ބަދިގެ ފަޅިއަށް.." އެހެން ބުނުމަށްފަހު ނަޒީރާ ބަދިގެފަޅިއަށް ދާން ހިނގައިގަތެވެ. ފަހަތުން މީޝާވެސް ދިޔައެވެ.މާއިޝްވެސް ދަބަސް ކޮނޑުގައި އަޅުވާލައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
ކޮޓަރިއަށް ދެވުމާއިއެކު މޭޒުމަތީ ދަބަސް ބެހެއްޓުމަށްފަހު އެނދުމައްޗަށް ވެއްޓިގަތީ ދަތުރު ވަރުބަލި ވެފާހުރިލެއް ބޮޑުކަމުން ބުރަކަށްޓަށް އަރާމެއް ހޯދާލުމަށެވެ.އިރުކޮޅަކުން ތެދުވާން ހިތުލައިގެން އޮއްވާ މާއިޝް އަށް ނިދިޖެހުނެވެ.އޭނާއަށް ހޭލެވުނީ މީޝާގޮވާއަޑަށެވެ." މާއިޝްގަނޑާ ހޭލާ މިހާރު ކޮންއިރެއް ނިދާތާ..ހެނދުނު ނިދިގޮތަށް ތި އޮންނަނީ ނުވެސް ކައި،،މިހާރު އެޔޮއް 4 ޖެހީއޭ.." ލޯއުނގުޅަމުން ތެދުވެ މާއިޝް ގަޑިބަލާލިއިރު 4:30 ވަނީއެވެ."އޯ ޝިޓް..މަންމަ އެހާވަރުން ކެއްކީމަވެސް ނުކައި ނިދުނީ އެ..ކޮބާ މަންމަ މިހާރު" މާއިޝް ވާހަކަ ދެއްކިއެވެ.މާއިޝް ހާސްވެފައި އިނުމުން މީޝާގާތަށް ހިނިއައެވެ."އައްދޭ..މަންމަ ކެއްކީ ދޮންބެއަށް އެކަންޔެއް ނޫނޭ..ކައްކާފަ ކޮބާތޯ ބަލާލިއިރު ދޮންބެ ނިދާފަ އޮތީމަ މަންމަ ބުނީ ހަވީރު ވީމަ ގޮވަން ބާއްވާށޭ..މިހާރު ހުންނާނެ ޕާސްތާ ހަދާފަ...."މީޝާއެހެން ބުނުމުން މާއިޝް އެނދުން ތެދުވެ ދަބަހުން ލާނެ އެއްޗެއް ނަގައިގެން ފާހަނާއަށް ވަނެވެ."އޭ ދުންބޭ އަވަސް ކުރާތި މީޝްވެސް ނުކައި މިހިރީ..ރައީ ދައްތަވެސް އެބައިން ކާން އައިސް.." ކޮޓަރިން ނިކުންނަމުން މީޝާގޮވާލިއިއެވެ.
މީޝާ ގޮސް ސޯފައިގައި ޓީވީބަލަން އިން ރައިފާ ކައިރީ އިއްތާލިއެވެ. "ގޮވާފަ މިއައީ..ރައީއަށް ކިހިނެއް އިނގުނީ ދޮންބެ އައިކަމެއް." މީޝާ ވިސްނަން އިނދެފައި އަހާލިއެވެ. "ރައީ ފިހާރަ އަކަށް ދާން ނިކުން ގަޑީ މާއިޝް ގެއަށް ވަންނަތަން ދުށިން..ދެން އެގަޑީގައި ބިޒީކޮށް އުޅުނީމަ ނައީ.."ފާޑަކަށް ރައިފާ އެހެން ބުނި އިރު ހީވަނީ ދޮގެއްހެދިހެންނެވެ. އެވަގުތު މާއިޝް ވެސް ކޮޓަރިން ނިކުމެގެން އާދެއެވެ. ޖަހާފައި ހުރި ސެންޓުވަހުން މުޅިތަނުން މީރުވަސް ދުވައިގެން ދިޔައެވެ. އަތް ދިގު ހުދު ޓީޝާޓަކާއި މަޑުނޫކުލައިގެ ސޯޓެއްލާފައި ހުރި އިރު މާއިޝް ފެންނަލެއް ވަރަށް ފުރިހަމައެވެ.މީޝާއަށް ފާހަގަ ނުވާނެހެން ރައިފާ މާއިޝްއަށް ބަލާލިއެވެ. "އެޔޮއް އައީ ދޮންބެވެސް.ހިނގާ ކާންދަމާ."މީޝާ އެހެން ބުނެފައި ކާގެއާއި ދިމާލަށް ހިނގައިގަތެވެ.މާއިޝް އާއި ރައިފާ ވެސް ފަހަތުން ދިޔައެވެ.ކާންތިބިއިރުވެސް އިރު އިރު ކޮޅުން ރައިފާ މާއިޝް އަށްބަލާލައެވެ.
ކައިނިމިގެން 3 ކުދިން ބޭރަށް ނިކުތެވެ. މާއިޝް ޖައްސާލަން ކަމަށް ބުނެ ދިޔައީ ކޮޓަރިއަށެވެ. ހަމަ އެވަގުތު މީޝާގެ އެކުވެރި ޔަލާ އެތަނަށް އައެވެ." ހޭ މީޝް ހިނގާ ތުނޑިއަށް ދާން.."ޔަލާއެހެން ބުނުމުން ރައިފާ ކައިރީ ދާނަންތޯ މީޝާއެހިއެވެ. "މީޝްމެން ގޮސްލާ ރައީ ދާނީ ގެއަށް" ރައިފާ އެހެން ބުނުމުން މީޝާއާއި ޔަލާ ތުނޑިއަށް ދާން ހިނގައިގަތެވެ.
މާއިޝް ސިއްސައިގެން ދިޔައީ މީހަކު ދޮރުހުޅުވާލި އަޑަށެވެ. އެވަގުތު އެތެރެއަށް ވައިން ރައިފާ ފެނިފައި މާއިޝް އަވަސް އަވަހަށް އައިސް ދޮރު ތަޅުލިއެވެ."ރައީ މިތާ ކީއްތިކުރަނީ މީހަކަށް ފެނެއްޖިއްޔާއޯ..އަދި ފައިވާނަށްވެސް އަރައިގެންތަ ތިއައީ" މާއިޝް ވާހަކަ ހުއްޓާނުލުމުން ރައިފާ އޭނާގެ އިނގިލި މާއިޝް ގެ އަނގަމަތީ ޖައްސާލިއެވެ." ޝްޝްޝްޝްޝް..ގޭގަ ނެތޭ މީހަކު.މީޝް ވެސް ބޭރަށް ދިޔައީ..." ރައިފާ މަޑުމަޑުން ބުންޏެވެ. "އެހެންތަ؟" މާއިޝް ލާނެތްފާޑަކަށް ބުންޏެވެ. މާއިޝް ރައިފާ ގެ އަތުގައި ހިފައި އޭނާއާއި ކައިރި ކޮށްލިއެވެ. ހަމަ އެވަގުތު ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ.
ހަމަ އެވަގުތު ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ. "ދަރިފުޅާ އަދިވެސް ނުހޭލަނީތަ؟" ބޭރުން އިވުނީ ނަޒީރާގެ އަޑެވެ. ރައިފާ ބިރުން އަވަހަށް މާއިޝް އާއި ދުރަށް ޖެހެލިއެވެ. ނަމަވެސް މާއިޝްގެ އަވަސް ހަރަކާތާއިއެކު ރައިފާ ގެނެސް އޭނާގެ އަތުގެތެރޭ ހައްޔަރުކޮށްލިއެވެ."މާއިޝް..މަންމަ އައީއޭ..ލެޓްމީ ގޯ .."ރައިފާ ބިރުންހުރެ ވާހަކަ ދެއްކިއެވެ."އައްދެ..ރައީ އެހާ ބިރުގަނޭތަ؟ ގައިމު މިގަޑީ ނިކުތިއްޔާ މަންމަ އަށް ފެންނާނެ..އެހާ ބިރުނުގަނެބަލަ..މަވެސް މިހިރީ އެއްނުން؟..."މާއިޝް ރައިފާ ފޮނުވާލާކަށް ބޭނުމެއްނުވިއެވެ.
ތެލި ކިހިލި ޖަހާލައިގެން އެއްގަމާ ދިމާލަށް ހިނގާފައި އައި ލާރާގެ ފިޔަވަޅަށް ހުއްޓުން އެރީ ކުރިމަތީ ސިގިރޭޓެށް ރޯކޮށްގެން ހުރި ހާޝިމް ފެނިފައެވެ. މިވީ 3 މަސް ތެރޭ ހާޝިމްގެ އުނދަގޫތަށް އެކި ގޮތްގޮތަށް ލާރާ އަށް ވަނީ ފޯރާފައެވެ. ލާރާ އަކީ ދެމަފިރި އެއްގެ ހުރި ހަމަ އެކަނި ދަރިއެވެ. އުމުރުން 19 އަހަރު ވެފައި ހުރިއިރު ލާރާ ހުންނަނީ އެއުމުރުގެ އެހެން ކުދިންނަށް ވުރެން ހަށިގަނޑު ބޮޑުކޮންނެވެ. ބުޅި އިސްތަށިގަނޑަކާއި ކުލަ އަލި އޮމާން ހަންގަނޑެއް ލިބިފައި ވާއިރު، ޒުވާން ކޮންމެ ފިރެހެން ކުއްޖަކަށްވެސް ކަމުދާނެ ކަހަލަ ހުރިހާ ސިފައެއްވެސް ލާރާގެ އެބަހުއްޓެވެ.
ހިތްވަރުކޮށްފައި ލާރާ ކުރިއަށް ހިނގައިގަތެވެ. ވާން މިއުޅެނީ ކީއްކަން އިނގެހުރެއެވެ. ކޮންމެ ގޮތެއްވިޔަސް ހާޝިމް ދެކެ ބިރުން ފިލައިގެން އުޅޭކަށް އޭނާ ބޭނުމެއްނޫނެވެ. ހާޝިމް އާއި އަރާ ހަމަވިތަނާ އޭނާ ލާރާގެ އަތުގައި ހިފައި ކައިރީ ހުރި ގަހާ ތަތްކޮށްލިއެވެ. ގުޑިލާނެ ވަރުވެސް ލާރާއަކަށް ނުލިބުނެވެ. ނަމަވެސް ބިރުން ހުރިކަން ފޮރުވަމުން ލާރާ ވާހަކަ ދެއްކިއެވެ. " ހާޝިމް ކޮންމެ ގޮތެއް ހެދިޔަސް މަ ނުގަނޭ ބިރެއް..ތިހެން ޖެއްސުންކޮށްގެން ލޮއެއްބެއް ނުލިބޭނެ.." "އެހެންތަ؟ ކަލޭ ހާދަ ފޮނިވެސް ވެއްޖެޔޭދޯ މިހާރު..ހޭ އަރުވާލީމަ ދޯ މަށާ ރައްޓެހިވާނީ..އޭރުން ނުކިޔާތި މަ ހާދަ ގޯހޭ..އޭރުން ބަދުނާމު ވާނީވެސް ހަމަ ކަލޭ..އޭރުން ކިތަންމެ ރީތި ކަމެއް ހުއްޓަސް ވާނެ ކަމެއް ނޯންނާނެ.." ހާޝިމާ ލާރާ އަށް އިންޒާރު ދިނެވެ. " ތި ބޭނުން ގޮތެއް ހަދާ..ކަލެ ކޮންމެ ގޮތެއް ހެދިޔަސް މަށެށް ނުލިބޭނެ..ލޯގަނޑެއްގެ ކުރިމައްޗަށް އަރާ ބަލާލަބަ ޖަހާ ސިފަ ފުރަތަމަ..ކަލެ އެއްމެ ފަހުން ފެންވެރި ދުވަސް ހަނދާން އެބަހުރިތަ؟" ބިރުކަނޑާލާފައި ލާރާ ހާޝިމްއާއި ކުރިމަތިލިއެވެ.
ލާރާގެ ނުރުހުމުގެ ބަސްތަށް އިވިފައި ހާޝިމް އިތުރަށް ރުޅިގަދަވިއެވެ. އައި ރުޅީގައި ލާރާގެ މޫނުމަތީގައި ހޫނު އެތިފަހަރެށް އަޅުވާލިއެވެ. އޭނާއަށް ވީތަދުން ވޭނީ އާޙެއް ބޭރުވިއެވެ،"ތީ ލޯބިވާ މީހާ ދޯ؟..ތީ ލޮއެއްބެއް ނޫން ހާޝިމް..ލޯބިވާ މީހަކަށް އަނިޔާއެއް ލިބޭކަށް ނޭދޭނެ އެކަކުވެސް.."ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެމުން ލާރާ ބުންޏެވެ. އެއީ ދޮގެއް ހެއްޔެވެ. ލޯބިވާ މީހަކަށް އަނިޔާއެއް ލިބެން އެދެނީ ކާކު ހުއްޔެވެ. އެހެންޔާއެވެވެނީ ލޯބި ހެއްޔެވެ. ހާޝިމް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓެވެ. ވަގުތު ބަލާ ލާރާ ހާޝިމްގެ އަތުގެ ތެރެއިން ސަލާމަތްވެގެން ރަށުތެރެއަށް ދުއްވައިގަތެވެ.
އޭނާއަށް ގެއަށްވަދެވުނު އިރު މާނޭވާ ލެވެއެވެ. މަންމަ އަށް ކަމެއްވީކަން އަންގަން ބޭނުންނުވާތީ އޭނާ އިރުކޮޅަކު ގޭތެރެއަށް ނުވަދެ ބޭރުގައި މަޑުކޮށްލިއެވެ. އެވަގުތު ގެއަށް ވަންނަން އައި ލާރާގެ އެކުވެރި ފަޒްލާއަށް ލާރާ ފެނުނެވެ. "ލާރާ ކިހިނެއްވެފަ ތިހިރީ؟" ފުރަތަމަވެސް ފަޒްލާ ކުރީ ސުވާލެކެވެ. ލާރާ ވީގޮތް ފަޒްލާއަށް ކިޔައިދިނެވެ."ހާޝިމް ކަންތައް މިހާރު މާ ބޮޑުވަނީ އެ..ލާރާ ވެސް އަޅާނުލާތީއޭ އޭނައަށް އެހާހިތްވަރު އެލިބެނީ..ނިކަން މަންމަ ގާތު ތިވާހަކަ ބުނެބަލަ.."ފަޒްލާ ހިޔާލެއްދިނެވެ. ނަމަވެސް މަންމަ ހާސްވާނެވަރު އިނގޭތީ ލާރާއަށް އެކަމަށް އެއްބަހެއްނުވެވުނެވެ." ނޫން ފަޒޫ..މަންމަ އޭރުން ވަރަށް ހާސްވާނެއޭ..މަ މިއަދު އޭނަ އާ ދިމާލަށް ވަރަށް އެއްޗެހިވެސް ކިޔާލިން..ދެންނުކެރޭނެ ކަންނޭނގެ މަށާދިމާކުރާކަށް..." ހަމަޖެހެމުން ލާރާ ވާހަކަ ދެއްކިއެވެ.
"ދެކުދިން ތިތާތަ ވާހަކަ ދައްކަންތިބެނީ..އަވަހަށް އާދޭ ސައިބޯން..."ދޮރުމަތީ އޮލަ ވާހަކައިގައި ތިބި ލާރާ އާއި ފަޒްލާ ފެނިފައި ހަސީނާ ގޮވާލިއެވެ. އެއަޑަށް ދެކުދިންނަށް އެކީ އެދިމާލަށް ބަލައިލެވުނެވެ.
"މަންމާ..ކޮބާ ދޮންބެ؟"ގެއަށް ވަންނަން އައި މީޝާ ސިޓިންރޫމް ސޯފާގައި އިން ނަޒީރާ ގާތު އަހާލިއެވެ. "މަންމަ ގޮވާލިން ހަވީރު ގެއަށް އައިސް ވެސް..ހަބަރެއް ނުއެއްވޭ..ދަރިފުޅު ކައިފިންތަ؟.." ނަޒީރާ ބުންޏެވެ."މްމްމްމް ދޮންބެ އާއި ފަޒޫ އާއި 3 މީހުން އެކީ ކެއީ..އެގަޑީގައި ކައިގެން ދޮންބެވެސް ކޮޓަރިއަށް ދިޔައީ.."އެހެން ބުނުމަށްފަހު މީޝާ ގޮސް މާއިޝްގެ ކޮޓަރި ތަޅުގައި ހިފާލިއެވެ. "ތަޅުލާފަ ހުރީވެސް.."މީޝާ މޫނަށް ވައްތަރެއް ޖައްސާލަމުން އެހެން ބުނުމަށްފަހު ގޮސް ކޮޓަރިއަށްވަދެ މާއިޝްއަށް ގުޅާލިއެވެ.
އެނދުމަތީ އޮތް ފޯން ރިންގުވާންފެށި އަޑަށް ރައިފާ ދިޔައީ ސިއްސައިގެންނެވެ. "މާއިޝްޝްޝް..މީޝް ގުޅާއެބަ.."ފާހަނާ ދޮރުގައި ޓަކި ޖަހާލަމުން ވައި އަޑުން ފަޒްލާ ވާހަކަ ދެއްކިއެވެ.
ތުވާލި އަނދެގެން ފާހަނާއިން ނިކުމެ މާއިޝް ފޯންނެގިއެވެ. "މީޝް..މަންމަ އަދިވެސް ސޯފާގަ ތަ؟ " ފުރަތަމަ ވެސް މާއިޝް ކުރީ ސުވާލެކެވެ. "މްމްމްމް މަންމަ އެބައިން ޓީވީ ބަލަން..ކިހިނެއްވީ..އާދެބަލަ ބޭރަށް" "އޭ މީޝް ކަޑައޭ..ނެތޭ ބޭރަށް ނިކުމެވޭކަށް..މިއުޅެނީ ރައީ ކަޓަރީގަ ހުރީމަ ތަޅުލައިގެން.." މާއިޝް ވެގެން އުޅޭގޮތް ކިޔައިދިނެވެ. "ރައީ އޭ..ރައީ ތިތާ ކީއްކުރަނީ..މަ ވައްދަބަ ތިތަނަށް .އެބަދަން..ދޮރުހުޅުވާ އިނގޭ.."އެހެން ބުނުމަށްފަހު މީޝާ އެ ކޮޓަރި އާއި ދިމާލަށް މިސްރާބު ޖެހިއެވެ.
"މަ ކައިރީ ވެސް ބުނެނުލާ ދެމީހުން ތިއުޅެނީ ދޯ.."ކޮޓަރިއަށް ވައިން ގޮތަށް މީޝާ ދިމާކުރަންފެށިއެވެ. "އޭތް..ރައީ އާއި ދިމާނުކޮށްބަލަ..ދޮންބެ ބުނީއޭ އެހަށް އެކަކު ކައިރީވެސް ނުބުނަން.." މާއިޝް އެދެމީހުން ދިމާވީ ކިހިނެއްކަން މީޝާއަށް ކިޔައިދިނެވެ. 3 ކުދިން ވާހަކައިގައި ތިއްބާ ބަންގި ގޮވާ އަޑުއިވުނެވެ.
"މިހާރު މަންމަ ދާނެ ނަމާދު ކުރަން ކޮޓަރިއަށް..މިގަޑީގަ ރައީ ހިނގާ ބޭރަށް.."މީޝާ ރައިފާގެ އަތުގައި ހިފައިގެން ބޭރަށް ނިކުންނަން ހިނގައިގަތެވެ.
"ލާރާ..ހިނގާބަ ޖޫގޯ ބޯންދާން.." އެނދުމަތީ ފޯނާ ކުޅެން އޮތް ލާރާގެ ގައިގާ ކޮއްޓާލަމުން ފަޒްލާ ވާހަކަ ދެއްކިއެވެ."ތަންކޮޅެއް ފަހުން ދާނީދޯ..މިގަޑީގައި ވަރަށް މީހުން ގިނަވާނެ އެތާނގަ.."ހާޝިމް އާއި ކުރިމަތިލާންޖެހިދާނެ ކަމަށް މިއަދު އެއްކޮށްވެސް ލާރާ އެއޮންނަނީ ގޭގައެވެ.
"މަންމާ މީޝްގެ ރައްޓެހި ކުއްޖެއް މި ރަށަށް މަހަކަށް އައިސްލަން ވެގެން އަހައިފި މިގޭގަ ހުރެވޭނެތޯ.." ކާން އިނދެފައި އެއްޗެއް ހަނދާންވެގެން އަހާހެން މީޝާ ނަޒީރާ ގާތު އަހާލިއެވެ. "ކާކު؟" ފަހަތުން ނަޒީރާވެސް ކުރީ ސުވާލެކެވެ. "މާލޭ ކުއްޖެއް..އާދިލް ކިޔަނީ..އޭނަގެ ފްރެންޑެއްވެސް ގޮވައިގެން އަންނަނީ.."މީޝާ ކިޔައިދިނެވެ.އެއްމެ ރަނގަޅުކަމަށް ބުނުމަށްފަހު ނަޒީރާ މާއިޝްގެ ހިޔާލެއްވެސް އެކަމަށް ހޯދިއެވެ."މީއްކޮ ބޭނުންވާ ކަމެއް ވިއްޔާ ދޮންބެއަށް އޯކޭ" މީޝާ އުފަލުން ކާން އަޅާފައި ހުރި ތަށި ބަހައްޓާފައި ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. އެތަން ބަލަން ހެވިފައި ނަޒީރާއާއި މާއިޝް އިނެވެ.
- ނުނިމޭ