އެމްޓީސީސީ ބައިބަލާ ޗެލެންޖް 1443ގެ ޗެމްޕިއަންކަން ކްލަބު އޯވަންއޯ ހޯދައިފިއެވެ.

ކްލަބު އޯވަންއޯ ޗެމްޕިއަންކަން ހޯދާފައި ވަނީ ފައިނަލުގައި ކުލަބު ޓީނޭޖް ބަލިކުރުމަށްފަހުއެވެ.

ކްލަބު އޯވަންއޯ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ ސެމީފައިނަލުގައި ޓީސީ ބަލިކޮށްގެންނެވެ. ކްލަބް އޯވަންއޯ އަށް ވަނީ ޓްރޮފީ އާއެކު 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މިފަހަރު މިސްޓަ ބައިބަލާ އަށް ހޮވުނީ ޓީނޭޖުގެ އަސްލަމްއެވެ. މިއީ އޭނާ މިސްޓަ ބައިބަލާގެ މަގާމް ހޯދި ތިންވަނަ ފަހަރު ވެސް މެއެވެ. އޭނާ އަށް ވަނީ ޓްރޮފީ އާއެކު 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އިބްރާހިމް ޝަމީން (ކުލަބު އީގަލްސް)، ހަސަން ތައުހީދު (ޓީސީ ސްޕޯޓްސް ކުލަބު)، ހާމިދު ރަޝީދު (ޓީނޭޖް)، އަލީ ވިދުދާން (ކުލަބު އޯވަންއޯ) އަދި އިބްރާހީމް މުހައްމަދު (ޓީނޭޖް)އެވެ.

މިމުބާރާތުގެ އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔަކަށް ޓީނޭޖުގެ ދާދު ހޮވާފައި ވާއިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ ކްލަބް އީގަލްސްއެވެ. އެ ޓީމަށް ވަނީ ފެއާޕްލޭ ޓްރޮފީ އާއެކު 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.