މާލެ އަތޮޅު އެރިޔަދޫ ރިސޯޓުގެ ދެ ނޯޓިކަލް މޭލު އުތުރުން، އިރުއުތުރަށް ދޯންނެއްގެ ބައެއް އޮޔާ ދާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މާލެ އަތޮޅު އެރިޔަދޫ ރިސޯޓުގެ ދެ ނޯޓިކަލް މޭލު އުތުރުން، އިރުއުތުރަށް އުޅަނދެއްގެ ބައެއް އޮޔާދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް މިއަދު 14:24 ހާއިރު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުކަން ދެނިމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ހާއްސަ ގޮތެއްގައި ރޭގަނޑު އެ ސަރަހައްދުން ދަތުރު ކުރާ އިރު، އުޅަނދު ފަހަރުތަކުން މިކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމށް ވެސް ބުނެއެވެ.

ދޯންޏެއްގެ ބައެއް އޮޔާ ދާ އިރު، މި ދުވަސްވަރަކީ ހުޅަނގު މޫސުން ކަމުން، ވައިގަދަވެ ކަނޑުތައް ގަދަވާނެ ތީ ދަތުރުފަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭން މޫސުމާ ބެހޭ އިދާރާ އާއި ކޯސްޓްގާޑުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.