އައްޑޫ ސިޓީގައި މަހަށް ގޮސް އުޅުމުގެ ތެރޭގައި އެ ސަރަހައްދުން ބޭނި މަހެއް، އެ ބާވަތުގެ އެންމެ ބޮޑު މަހުގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

68.5 އިންޗީގެ ދިގުމިނެއް ހުންނަ، 14.06 ކިލޯގެ "ބްލެކް ސްނޫކް" އެއް 300 މީޓަރު އަޑިން ބާނައިގެން މަސްވެރިކަމުގެ ރެކޯޑު ބަލަހައްޓާ ފޮތުން ޖާގަ ހޯދާފައިވަނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޓްރިސްޓަން ޓޮރެޓުއާއެވެ. އޭނާ އެ މަސް ބާނާފައިވަނީ މިދިޔަ މާޗް މަހުގެ 18 ގައި ފާނަ ބޭނުމަށް ދިޔަ މަސް ދަތުރެއްގައެވެ.

ތޮޅީގެ ބާވަތެއް ކަމަށްވާ ބްލެކް ސްނޫކް ބާނައި ލޯންޗަށް އެރުވުމަށް ބައި ގަޑިއިރެއް ހާއިރު ހޭދަވި ކަމަށް އޭނާ ބުނެފައިވެއެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ތެރަރޯޓުއާ ބުނީ، ބޮޑު މަހެއް ބާނައިގެން ދުނިޔޭގެ ރެކޯޑުން ޖާގައެއް ހޯދުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށާއި، އެ ރެކޯޑު ހެދުނީ ގިނަ ބައެއްގެ އެހީތެރިކަމާ އެއްކޮށް ކަމަށެވެ. އޭގެ ތެރެއިންވެސް އޭނާ ވަނީ އައްޑޫ ސްޕޯޓްސް ފިޝިން ޗާޓާގެ ވެރިޔާ އަބްދުﷲ އާނިފްގެ ނަން ހާއްސަކޮށް ފާހަގަކޮށްފައެވެ.

https://www.instagram.com/p/CdR7ym0uONZ/?utm_source=ig_web_copy_link

"ކަނޑު އަޑިން ބޭނި މި މަސް ސިފަވަނީ ބިރުވެރި ހުވަފެނަކުން ފެންނަ ބިރުވެރި ފުރޭތައެއްގެ ގޮތުގައި، އެކަމަކު އަހަރެންނަށް އެއީ އަހަރެންގެ ހުވަފެން ސީދާވުން." އިންސްޓަގްރާމްގައި ތެރަޓުއާ ބުނެފައިވެއެވެ.

މީގެ ކުރިން މި ބާވަތުގެ އެންމެ ބޮޑު މަހެއް ބާނާފައިވާ ކަމަށް ރެކޯޑުކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. ޖަޕާނުގެ ރައްޔިތެއް ކަމަށްވާ ޓޮކުނޯޝިމާ ބޭނި އެ މަހުގެ ބަރުދަނުގައި 12.5 ކިލޯ ހުއްޓެވެ.