ރާއްޖޭގެ ކަނޑުތަކުގެ މައުލޫމާތު އެއްކުރުމަށް އިންޑިއާއާއެކު މި ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން މައުލޫމާތު އެއްކުރުމަށް ރާއްޖޭގައި އިންޑިއާގެ އަސްކަރީ 5 އުޅަނދެއް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންނާ ހަވާލުކޮށްގެން ރާއްޖޭގެ ކަނޑުތަކުގެ މައުލޫމާތު އެއްކުރުމަށް ހަދާ ސާވޭ ހެދުމަށް މި ވަގުތު ރާއްޖޭގައި ހަރަކާތްތެރި ވަނީ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރަކާއި އެއަަށްވުރެ ކުޑަ ހަތަރު އުޅަނދުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މަނަވަރަށްވުރެ ކުޑަ ހަތަރު އުޅަނދުގެ ތެރެއިން އެއް އުޅަނދު މާލެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާއިރު އަނެއް ތިން އުޅަނދު ހަރަކާތްތެރިވަމުން ދަނީ ރާއްޖޭގެ އުތުރުގައި ހދ. އަތޮޅާއި ށ. އަތޮޅާއި އަދި މާލެ އަތޮޅުގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އުޅަންދުތައް ހަރަކާތްތެރިވާ ގޮތް؛

  • ހދ. އާއި ށ. އަތޮޅު ގައި 3 އުޅަނދު
  • މާލެ އަތޮޅުގައި 1 އުޅނަދު

އެމްއެންޑީއެފުން ބުނީ އެ އުޅަނދުތަކަކީ ރާއްޖޭގެ ނިޔަމިކަމުގަ ބޭނުން ކުރާ ޗާޓުތައް އިސްލާހު ކުރުމަށްޓަކައި އެމްއެންޑީއެފުން އިންޑިއާ ނަވީއާ ގުޅިގެން ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސާވޭގެ މަސައްކަތް ކުރުމުގެ ހަރަކާތްތެރިވާ އުޅަނދެއް ކަމަށެވެ.