އޯލެވެލް އިމްތިހާނާ ދިމާކޮށް ވިލިމާލެއިން މާލެއަށް ހުކުރު ދުވަހު އިތުރު އެއް ފެރީ އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ، މިއަހަރުގެ އޯލެވެލެ އަދި އޭލެވެލް އިމްތިހާންތަކާ ގުޅިގެން އިމްތިހާން ކުރިއަށް ދާ ދުވަސްވަރުގައި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 1:10 ގައި އިތުރު ފެރީއެއް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އެ ފެެރީ ހަމަޖއްސާނީ މާދަމާއިން ފެށިގެން އަންނަ ޖޫން މަހުގެ 24 އާ ދެމެދު އަންނަ ކޮންމެ ހުކުރު ދުވަހެއްގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ވިލިމާލޭގައި ދިރިއުޅޭ އެތައް ދަރިވަރުންތަކަކީ މާލޭގައި ހިްނގާ ބައެއް ސްކޫލަތަކުގައި ކިޔަވާ ދަރިވަރުންނެވެ. އެހެންކަމުން އެ ދަރިވަރުން އިމްތިހާނުގައި ބައިވެރިވުމަށް މާލެއަށް އަންނަން ޖެހޭ އިރު އޯލެވެލް އަދި އޭލެވެލް އިމްތިހާނު ބާއްވާ އިރު ހުކުރު ދުވަސްދިުވަހުގެ މެންދުރުފަހު ވެސް އިމްތިހާނު ބާއްވާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ.

އާންމުކޮށް ހުކުރު ދުވަހުގެ މެންދުރު ފަހު ފެރީގެ ހިދުމަތް ފަށަނީ 2 ގެ ފަހުން ކަމުން އިމްތިހާނަށް ދާ ދަރިވަރުންނަށް އެ ގަޑިތަކުގައި ފެރީގައި ދިއުމަކީ ދަތި ކަމަކަށް ވާނެ ކަމެކެވެ. އެހެންކަމުން ހުކުރު ދުވަހު އިތުރު ފެރީއެއް އެމްޓީސީސީން ހަމަޖއްސައި ދިނީ އިމްތިހާނުގަިއ ބައިވެރިވާ ދަރިވަރުންނަށް ދަތުރުފަތުރު ކުރުމުގެ ލުއިފަސޭހައަކަށްޓަކައި ކަމަށް އެ ކުންފުނިން ބުނެއެވެ.