މިހާތަނަށް ކާކުކަން ދެނެގަނެވިފައި ނުވާ، މަރުވެފައި އޮތް މީހެއް އައިޖިއެމްއެޗަށް ގެންގޮސްފައި އޮތްކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ބުނީ، އޭނާ ހަވީރުން ސުރެ އޮތީ އައިޖިއެމްއެޗުގައި ކަމަށާއި އޭނާ ވެއްޓިފައި އޮތީ އައިޖީއެމްއެޗް ކައިރިން މުރަނގަ މަގުގައި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންވެސް އަދި އައިޖީއެމްއެޗުންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެއީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް އެދި އިއުލާންކޮށްފައިވެސް ނުވެއެވެ.

ނަމަވެސް "ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން މަރުވެފައި އޮތް މީހަކީ ދުވަސް ވީ ދިވެއްސެކެވެ.