ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް "ދައުލަތުގެ ޕޭ ފްރޭމް ވާކް" އަށް ބޮޑުކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް މިމަހު 1 ވަނަ ދުވަހުު ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައެވެ.

ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައި ވާއިރު އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް މޭ 1 އިން ފެށިގެން "ދައުލަތުގެ ޕޭ ފްރޭމް ވާކް" އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް އައި ކުރިއެރުންތައް:

ޓީޗަރުގެ މުސާރަ:

  • ރޭންކު 1 މުސާރަ 10،889 ރުފިޔާއިން 13،266 ރުފިއަށް (22 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 2 މުސާރަ 13،089 ރުފިޔާއިން 19،467 ރުފިޔާއަށް (50 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 3 މުސާރަ 15،135 ރުފިޔާއިން 20،895 ރުފިޔާއަށް ( 38 ޕަަަސެންޓްގެ ކުރިއެރުމެއް.

ޕްރިންސިޕަލުންގެ މުސާރަ:

ރޭންކް 1 : 16،000 ރުފިޔާއިން 30،000 ރުފިޔާއަށް (82 ޕަސެންޓްގެ ކުރިއެެރުމެއް)

ރޭންކް 2 : 20،000 ރުފިޔާއިން 33،000 ރުފިޔާއަށް (59 ޕަަަސެންޓްގެ ކުރިއެެރުމެއް)

ރޭންކް 3: 12،000 ރުފިޔާއިން އިން 20،000 ރުފިޔާއަށް (38 ޕަަަސެންޓްގެ ކުރިއެރުމެއް)

ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ރޭންކް 1: 13،000 ރުފިޔާއިން އިން 23،000 ރުފިޔާއަށް (78 ޕަަަސެންޓްގެ ކުރިއެރުމެއް)

ރޭންކް 2: 21،00 ރުފިޔާއިން 26،000 ރުފިޔާއަށް (55 ޕަަަސެންޓްގެ ކުރިއެރުމެއް)

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ ލީޑަރުން ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ވެސް ދެ ގުނަ ބޮޑުކުރުމަށް ނިންމައިފައިވާ ކަމަށާއި މީގެ ފަހުން 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.