ހައްދުންމަތީ މެންދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ސުވޮޓް އެނަލަސިސް ހަދާދޭނެ ފަރާތެއް ހޯދަން ހިތަދޫ ކައުންސިލްގެ އިދާރާއިން އިއުލާނު ކޮށްފިއެވެ.

އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމާގުޅޭ މައުލޫމާތު ސާފުކުރެއްވުމަށްފަހު މެއި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11 އަށް ބިޑް ހުށަހެޅަން ޖެހޭނެ ކަމަށެވެ.

ހިތަދޫ ކައުންސިލުން އިތުރަށް ބުނީ އެ ރިޕޯޓުގައި އިންޖިނިއަރިން އެސެސްމެންޓް އެންޑް އިވޮލުއޭޝަން ރިޕޯޓަކާއި އެންވަޔަރަމެންޓަލް އެސެސްމެންޓް ރިޕޯޓަކާއި ރިސްކް އެސެސްމެންޓް ރިޕޯޓެއްގެ އިތުރުން ބިޒުނަސް އެނަލިސިސް އެންޑް ފައިނޭންޝިއަލް އިވޮލުއޭޝަން ރިޕޯޓެއް ހިމަނަން ޖެހޭ ކަމަށެވެ.

ލ. އަތޮޅު ކައްދޫގައި މިހާރު އޮންނަ، ކައްދޫ އިސްކަންދަރު އެއާބޭސް އަކީ ރާއްޖޭގެ ޑޮމެސްޓިކު އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވި ހިދުމަތް ދޭންފެށުނު އެއް އެއާޕޯޓެވެ.