ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއު ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިމަހު 24 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.
280 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 255 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި އަދި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީއާ މި އޭޕްރީލް މަހުގެ ތެރޭގައި ހަވާލު ކޮށްފައިވާ މި މަޝްރޫއަކީ 18.25 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ ގިނަ މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައއެވެ. އެ ކުންފުންޏަކީ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައި ކުންފުންޏެކެވެ.
2 ބޮއްކުރާގަނޑު އޮތަސް ބަނދަރެއް.. 2 ދޯނި އޮންނަ ރައްރަށުގެ ބަނދަރުތައް ބޮޑެތިކޮއް ހަދާއިރު ކޮންއިރަކުތޯ މާފުށީ ބަނދަރު ބޮޑުކޮއްދޭނީ.. ރަށަކުން އެންމެގިނަ ޓެކްސްފައިސާ ދައްކާރަށަކީ މާފުށި. އަހަރަކު އެތައްމިލިއަން ޑޮލަރެއް އެބަދައްކާ.. މިވަގުތު ރާއްޖޭގައޮތް އެންމެ ބާރުބޮޑު ދަތި ބަނދަރަކީ މާފުށީ ބަނދަރު.. ފުރާދުއްވާއުޅަނދު އެއްރަށެއްގަ އެންމެގިނަ އުޅަނދުހުރީ މާފުށީގަ ކަމުން ސަރުކާރައް މަޖުބޫރުވޭ ވީއެންމެއަވަހައް ބަނދަރުބޮޑުކޮއްދޭން.. ޓެކްސް ފައިސާ ދައްކަން ނުޖެހި އަމިއްލައައް މިކަންކަން ކުރާގޮތައް ހަދާބަލަނުވަންޔާ.. އަމިއްލައައް ކުރާގޮތައްއޮންނަނަމަ މިހާރު އަމިއްލަ އެއަރޕޯޓުވެސް އޮތީސް.. ދެން ކައިރީގަ މިއޮތް 2 ރަށާއެއްކޮއް ހުރިހާކަމެއް ކުރާނަން ސަރުކާރައް އެއްވެސްކަމެއް ނުޖައްސާ…