ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މުޅިހިސާބަށް ވަނީ ކޮކާ ހަނދުވަރު ދީފައެވެ. ޖެހިލާ މަޑުމަޑު ވައިރޯޅިތަށް ގައިގާ ބީހިލުމުން ގައިން ހީބިހި ނަގައިގެންދެއެވެ. ގޯތިތެރޭ ހުރި ބޮޑު ބަނބުކެޔޮ ގަހުގައި އެލުވާފައި ހުރި އުނދޮލީގައި އޮށޯވެލައިގެން އާނާ އޮތެވެ. އެތާނގައި ވާ އެއްވެސް ކަމެއްގެ އިހުސާސްވެސް އޭނާ އަށް ނުވާކަހަލައެވެ.ނިތްކުރި މަތީ އަތް ބާއްވާލައިގެން އޭނާ އޮތީ ފުންހިޔާލެއްގެ ތެރެ އަށް ގެނބިފައެވެ، އޭރު އާނާގެ އެ ރީތި ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ.މީ ކޮންމެ ރެޔެއްގައިވެސް އާނާގެ ހާލެވެ. ހަނދާން ނައްތާލަން މަސައްކަތް ކުރިޔަސް އެ ދުވަސް އޭނާގެ ހިތާއި ސިކުނޑީގައި ރަސްކަންކުރަމުން ދެޔެވެ.

އެއި މީގެ 1 އަހަރު ކުރިއެވެ. އޭރު އާނާގެ އުމުރުން 19 އަހަރެވެ. އާނާ އަކީ އެރަށުގައި އޭރު ހުރި އެއްމެ ރީތި ކުދިންތެރޭ ގުނާލެވޭ ކުއްޖެކެވެ. ފަން ދިގު އިސްތަށިގަނޑަކާއި ސާފު ދޮންމޫނެކެވެ. ރީތި އިސްކޮޅަކާއި ފުރިހަމަ ބައްޓަމެކެވެ. އޭނާ ފެންނަ ކޮންމެމީހަކަށްވެސް ތަޢުރީފު ކޮށލެވޭހާ ފުރިހަމަ ކުއްޖެކެވެ. ބަލި މަންމައެއްގެ ހުރި ހަމަ އެކަނި ދަރިޔެވެ

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ.އާނާ އާއި އޭނާގެ އެކުވެރިން ރަށުގެ ފުއަޓަރު ފަރާތު އަތިރި މަތީގައި ތިއްބެވެ. ކޮންމެ ދުވަހަކު ހަވީރު މިތަނަށް އައުމަކީ އެކުދިންގެ އާދައެކެވެ. އެކި އެކި މަޖާ ވާހަކަތައް ދައްކަން ތިބުމަށްފަހު ގެއަށް ދާން ހިނގައިގަތެވެ. އާނާގެ ގެ ހުންނަނީ އެހިސާބާއި ތަންކޮޅެއް ދުރުގައި ކަމުން އޭނާ އަށް ގެޔަށް ދާންޖެހެނީ އެހެން ކުދިންނާއި ވަކިންނެވެ. މަޑު ހިނގުމެއްގައި އޭނާ މިސްރާބު ޖެހީ ގެއާ ދިމާލަށެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ މީހަކު އޭނާގެ އަތުގައި ހިފާ ކައިރީ ހުރި ފަޅު ގޭގެ ތެރެއަށް ވެއްދިއެވެ. އޭރު ބިރުންގޮސް އޭނާގެ ހިތް ބާރުބާރަށް ތެޅެއެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ކުރިމަތިގައި ހުރި އަޒިއަލް ފެނިފައެވެ. އަޒިއަލް އަކީ އާނާ ގެ ބިޓެވެ. އެދެމީހުންގެ އެގުޅުން އެހެން އެއްވެސް ބަޔަކަށް ނޭނގޭނެއެވެ. އެއީ އަޒިއަލް ބޭނުންވާގޮތެވެ. އޭނަ ބުނާގޮތުގައި ބަޔަކަށް އަންގަން އަދި މާ އަވަހީއެވެ. އާނާ އަޒިއަލް އަށް ކުރާ އިތުބާރެއްގެ ސަބަބުން އެކަން މާ ބޮޑުކަމަކަށް ނުހަދައެވެ. "ޒެލް.. ތިކަހަލަ ކަންތައް ނުކުރާށޭ ކިތައް ފަހަރު ބުނާނީ..ބިރުންގޮސް އަހަންނަށް ގޮތެއް ވިއްޔާއޯ؟" އާނާ އެހެން ބުނި އިރު ހިނި އައިސް ބަލަހައްޓައިގެން އަޒިއަލް ހުއްޓެވެ. "ރޭގަ ދިމާނުކުރީމަ މިހެން ދޯ ވާނީ..އާނާ ކީއްވެތަ މަ ދަހިކުރަނީ ދުރުގަ ހުރެގެން" އަޒިއަލް އެހެން ބުނުމުން އާނާ ލަދުގަތެވެ. އަވަސް އަވަހަށް އިސްޖަހާލެވުނީ އޭނާގެ ރަތްވަމުން ދިޔަ މޫނު ފޮރުވުމަށެވެ.

އެކަން އިނގުމުން އަޒިއަލް އާނާ އިތުރަށް ލަދުގަންނުވާލުމުގެ ބޭނުމުގައި އާނާގެ އުނަގަނޑުގައި ހިފާ އޭނާ އާއި ކައިރިކޮއްލިއެވެ. އަދި އާނާގެ މޫނުމައްޗައް ވެޓިފައިވާ އިސްތަށިތައް ދުރަށް ޖައްސާލާ ކުރިއަށް ވުރެން ބޮޑަށް އާނާ އާއި ކައިރިވެލިއެވެ. "ޒެލް ކީއްތިކުރަނީ. ތީ ރަނގަޅު ކަމެއްނޫން." ނަމަވެސް އަޒިއަލް އިތުރަށް އާނާ އޭނާ އާއި ކައިރިކޮއްލީއެވެ. ގެނެވުނު ކުއްލި ހަރަކާތާއި އެކު އާނާ އަށް އަޒިއަލް ގަޔާ ދުރަށް ކޮއްޕާލެވުނެވެ. " ވާޓް ދަ...އާނާ މޮޔަވީތަ؟ މަމީ އާނާ ގެ ބިޓޭ ކޮބާތަ މައްސަލަ އަކީ ދެން؟ މަ ގާތްވާ ކޮންމެފަހަރަކު ދުރު ކޮށްލަނީތި މަ އާނާ މަތިން ފޫހިކުރުވަންތަ؟ " އައި ރުޅިގަނޑުގައި އަޒިއަލް އާނާގެ އިސްތަށިގަނޑުގައި ހިފާ ބިންމައްޗަށް ކޮއްޕާލިއެވެ. އަދި އޭނާއާއި ކައިރި ވަމުން ދިޔައެވެ. އާނާ ނޫނެކޭ ކިޔަމުން ރޮމުން ފަހަތަށް ޖެހުމުން ގޮސް ފާރުގައި ޖެހުނެވެ. ނަމަވެސް އޭނާގެ އާދޭހަށް އަޒިއަލް ދެމުން ދިޔައީ ބީރު ކަންފަތެވެ.

މީހެއްގެ އެހީއެއް ލިބޭތޯ އާނާ ހަޅޭލެވިނަމަވެސް އޭނާގެ އަޑު ފޯރާ ހިސާބުގައި އެކަކުވެސް ނެތެވެ. ބުޅަލެއް މަސްގަނޑަކާއި ދިމާލަށް ފުންމައިގަންނަހެން އަޒިއަލް އާނާ އާޢި ދިމާލަށް ފުންމައިގަތެވެ. އާނާ ރޮއެ ރޮއެ އޮއްވާ އޭނާގެ އެދުންތައް ފުރިހަމަ ކުރަމުން ދިޔައެވެ. އެމީހަކަށް އެހާ އިތުބާރު ކުރިމީހާ އޭނާގެ އިއްފަތްތެރިކަން ވެއްޔާމޮޑެލިއެވެ. އެއަތަކުން ހިމާޔަތަށް އެދެވުނު އަތުން އޭނާގެ ހަޔާތުގެ ބައްތިނިވާލިއެވެ.

އަޒިއަލްގެ ހިތް ފުރުމުން ތެދުވެ ގަމީހުގެ ގޮއްތައް އަޅުވާލިއެވެ. "އޮން މި ލައިގެން ދޭ ގެއަށް..ދެންވެސް މަ ބޭނުންވީމަ ނޫނެކޭ ނުބުނާތި.." އެހެން ބުނުމަށްފަހު އޭނާ ނިކުމެގެން ދިޔައީއެވެ. ލެޔާ ތަތްތެޅިފައި އާނާ އޮތީ ގައިގާ އަޅާވޭނަށް ގުޑިލާންވެސް ނޭނގިފައެވެ. ހިތްވަރު ކޮށްލާފައި ތެދުވެ ނިވާވެގެން ގެއަށް ދާން ހިނގައިގަތެވެ.

ގެއަށްގޮސް ވަދެވުނު އިރު ސިޓިން ރޫމް ސޯފައިގައި މަންމަ މަރީނާ އިނެވެ.ދަރިފުޅު ފެނުމާއިއެކު ކަމެއްވެއްޖެކަން މަރީނާ އަށް އިނގުނެވެ. މަންމަ އަށް ދޭނެ ޖަވާބެއް ނެތުމުން އާނާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އެ މީހަކަށްޓަކައި މަންމަ އަށް އޮޅުވާލި މީހާ އެހެން ކަންތައްކުރި ވާހަކަ އެ މަންމަ ގާތު ބުނާނީ ކިހިނެއް ހެއްޔެވެ. މަރީނާ އަވަސް ހިނގުމެއްގައި ގޮސް ދަރިފުޅުގެ ކޮޓަރިއަށް ވަނެވެ. އޭރު އާނާ އުޅެނީ ފާހަނާގައެވެ. ރަނގަޅަށް ފެންވަރައިގެން އޭނާ ނިކުތީ ވެފައި ހުރި ގޮތް މަންމައަށް އަންގަން ބޭނުންނުވާތީއެވެ

އާނާ ފެނުމާއިއެކު މަރީނާ ސުވާލުކުރިއެވެ. " ދަރިފުޅާ ކިހިނެއްވީ. މީހަކު ކަމެއްކުރީތަ؟" ހަމަ ޖެހޭގޮތް މޫނު މަތިން ދަށްކަމުން އާނާ ވާހަކަ ދައްކަންފެށިއެވެ. " ކަމެއް ނުވޭ މަންމާ. އަންނަނިކޮށް މާ ބާރަށް އަޑެއް އިވުނީމަ ބިރުގަތީ.ބިރުން ހުރިވަރުން މަންމަ ނުފެނުނީ " އާނާ އޮޅުވާލިއެވެ. އާނާ އަކީ އަބަދުވެސް ކުދިކުދި ކަންކަމާ ބިރު ގަންނަ ކުއްޖެއް ކަމުން އެވާހަކަތައް ގަބޫލުކުރަން މަރީނާ އަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ.

އެރޭ ނިދަން ކޮޓރިއަށް ވަނުމަށްފަހު އާނާ ފޯން ބަލާލިއެވެ.އޭރު އަޒިއަލްގެ މެސެޖެއް އޮތެވެ. "މިހިރީ ކުޑަދޮރު ކައިރީ ހުޅުވަބަލަ.."މެސެޖްގައި ލިޔެފައި އޮތެވެ. އާނާ ބިރުގަންނަން ފެށިއެވެ. އޭނާ އަޒިއަލް އެތަނަށް ވައްދާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ފޯން ބާއްވާފައި ލޯމަރާލިއެވެ.

އާނާ ސިއްސައިގެން ދިޔައީ ފޯން ރިންގުވާ އަޑަށެވެ. އޭރު އަޒިއަލް ގުޅަނީއެވެ. ބިރުން ހުރެ އާނާ ފޯން ނެގިއެވެ. " ދޮރުހުޅުވާ..އެހެންނޫނީ މިރޭ ވީކަންތަކުގެ ވީޑިއޯ އެއްމެންނަށް ބަހާލާނަން.." އަޒިއަލްގެ އިންޒާރުގެ ބަސްތަށް އަމުނާލިއެވެ. އާނާ އަށް އެހެން ގޮތެއް ނެތުމުން ދޮރު ހުޅުވާލިއެވެ. ވަގުތުން އަޒިއަލް ކޮޓަރީގެ ތެރެއަށް ދެމިގަތެވެ."ރީތިކޮށް އުޅުނިއްޔާ ރަނގަޅުވާނީ އާނާއަށް ހަމަ.."އެތެރަށް ވަނުމަށްފަހު ވަރަށް ބާރަށް އޭނާ ވާހަކަ ދެއްކިއެވެ. މަންމަ އަށް އިވިދާނެތީ އާނާ އަޒިއަލްގެ އަނގަމަތީ އަތް އެޅިއެވެ. އެވަގުތު އަޒިއަލް އާނާ ފާރުގާ ތަތްކޮށްލިއެވެ. އަދި އޭނާގެ ގައިގާ ބޮސްދޭންފެށިއެވެ. " އާނާ އަކާށް ނުފެނޭތަ މަށަށް ވާ ގޮތެއް..ކުރިންވެސް މަ ރުޅި ނޭރުވިނަމަ ތިހެންނެއް ނުވީސް" މިފަހަރުވެސް އަޒިއަލް ބޭނުންވީ ކަންތައް ވުމުން ނިކުމެގެން ދިޔައީއެވެ.އާނާ އަށް ރޮވެން ފެށިއެވެ. ގިސްލެވެން ފެށުމުން އޭނާ އަނގަމަތީ އަތް އަޅާ ބާޜު ކޮށޮލިއެވެ

އޭނާ އަޒިއަލް ކައޮރީ ޝަކުވާ ކުރަން ބޭނުމެވެ.އަޒިއަލް އެހެން ހެދީ ކީއްވެތޯ އަހަން ބޭނުމެވެ.ނަމަވެސް އެ ރަހުމެއް ނެތް މީހާއާއި ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ. އެރޭ އާނާ ހިތްފުރެން ދެން ރޯން ބޭނުންވިޔެވެ. ނަމަވެސް ހިތްވަރުކޮއްލާފައި ތެދުވެގެން ފާހަނާ އަށް ވަނެވެ.

ފަތިސް ނަމާދު ކޮށްލައިގެން އާނާ ބޭރަށް ނިކުން އިރު މަރީނާ ބަދިގޭގައި އުޅެއެވެ.ބަދިގެއަށް ވަދެ ކޮފީ އެއް ބޯލައިގެން މަންމަ އާއިއެކު ސައިހަދަން ފެށިއެވެ.ދެމައިން ސައިހެދުމަށްފަހު ނިކުތީ ބޭރަށެވެ. މީޝާ ކުނިއުކާލަން އަތިރިމައްޗަށް ދާން ހިނގައިގަތެވެ.

އޭނާ އެއްމެ އިތުބާރު ކުރިމީހާގެ ފަރާތުން ލިބުނު ފިލާވަޅު އަބަދައްވެސް ހިތުގައި ބިންވަޅުނެގިފައި ހުންނާނެއެވެ

ސިއްސައިގެން ގޮސް އާނާ އަށް ބަލާލެވުނީ މަންމަ ގޮވާ އަޑަށެވެ. އިންތަނުން ތެދުވެ ހިނގައިގަތެވެ.މިއަދާ ޖެހެންދެންވެސް އަޒިއަލް ގެ އެ މުޑުދާރު އަމަލު ހިންގަމުން ދެޔެވެ. ކިތަންމެބޭނުންވިޔަސް އެވާހަކަތައް މީހަކަށް ކިޔައިދޭނެ ހިތްވަރެއް އޭނާގެ ނެތެވެ.

މީ މަކަހަލަ ކަންތަކާ ކުރިމަތިލާ ގިނަ ކުދިންގެ އެއްމެ ބޮޑު އެއްބިރެވެ. މުޖުތަމައުން ބާކީ ވެދާނެ ކަމުގެ ބިރަށްޓަކައި އެހުރިހާ އަނިޔާއެއް ފޮރުވައިގެން އުޅޭކުދިން މަދެއް ނޫނެވެ. އެކަހަލަ ކޮންމެ ކުއްޖަކަށްވެސް ބޭނުންވަނީ މުޖުތަމައުގެ ލޮއެއްބެވެ. މިކަހަލަ ކުއްކުރާ މީހުނަށް ހައްޤު އަދަބު ލިބޭނެކަމުގެ ޔަގީންކަމެވެ.