ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

އެގޮތުން އެ އެލާޓް އެ އިދާރާއިން ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ. އަތޮޅަށެވެ. މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ، ޔެލޯ އެލާތް ނެރެފައި ވަނީ މިރޭ 7:15 އިން ފެށިގެން މިރޭ 9:30 އާ ދެމެދުގެ ވަގުތަކަށް ކަމަށެވެ.

އެ ހިސާބުގެ ރަށްރަށަށް ޔެލޯ އެލާޓް ނެރެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށެވެ.

މާދަމާގެ ނިޔަލަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.