100 އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްތަކާ އެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގދ. ހޯނޑެއްދުއަށް ތައާރަފް ކޮށްފިއެވެ.

އުރީދޫން ބުނީ، އުރީދޫ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ވަނީ ގދ. ހޯނޑެއްދޫއަށް ތައާރަފް ކޮށްފައި ކަމަށެވެ. ސުޕަނެޓްގެ ހިދުމަތާއެކު ހޯނޑެއްދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަ ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލް އޯވާ ހިދުމަތް އެކުލެވޭ މި ޕެކޭޖްތަަަކަަކީ މާކެޓްގަައި މިހާރު ހުރި އެންމެ ފުރިހަމަ ޕެކޭޖްތަައް ކަމަށް އުރީދޫން ބުނެއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކު މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެން ދާނެއެވެ.

ހޯޑެއްދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް ހިދުމަތް ހޯއްދަން ނުވަތަ ސުޕަނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތް ކުރައްވާށެވެ.