ކުށުގެ ވެށިން ސަލާމަތްވެ، ކުށުގެ ރެކޯޑު ސާފުނުވުމާއި އެނޫންވެސް ސަބަބުތަކާ ހުރެ ވަޒީފާ ނުލިވިފާ ތިބި އެތައް ޒުވާނުންނެއް ދިވެހިންގެ ތެރޭގައި އެބަ ތިއްބެވެ.
ދާދި ފަހުންވެސް އެފަދަ އެއް ހާދިސާ މިޑިއާއަށް ތިލަވެގެން ގޮސްފައި ވާއިރު، އެމްޓީސީސީން ބުނަނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. ހުކުމް ތަންފީޒު ކޮށް ކުށުގެ ވެށިން ސަލާމަތްވެ، ކުށުގެ ރެކޯޑް ސާފުވާންދެން ކޮންމެހެން ހުންނަން ނުޖެހޭ ކަމަށެވެ. އެމްޓީސީސީގެ ވަޒީފާގެ ދޮރު ހުރީ އާންމުކޮށް ހުޅުވިފައި ކަމަށެވެ.
ރާއްޖޭގެ ތަރައްގީއާ ގުޅުން ހުރި އެތައް މަޝްރޫއެއް ހިންގައި އަދި އެތައް މަޝްރޫއެއް މިހާރު ވެސް ހިންގަމުން އަންނަ އެމްޓީސީސީގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުން ރަނގަޅު ފުރުސަތުތަކެއް އެބަ ހުއްޓެވެ. ޒުވާނުންނަށް ހަމަ މަގު ދައްކާދީ ހަރުދަނާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއަކީ "ރައްޔިތުންގެ އެކުވެރިޔާ" އެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އެމްޓީސީސީއިން އާއްމުކުރި ވީޑިއޯއަކުން ދައްކުވައިދެނީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖަލުގެ ތޭރިތަކުގެ ތެރޭގައި އަހަރުތަކެއް ހޭދަކުރި މައުސޫމް ނަމަކަށް ކިޔާ ޒުވާނެކެވެ.
ރަނގަޅު ދިރިއުޅުމަކަށް ބޭނުންވެފައި ހުރި މައުސޫމް މުޖުތަމައުން ބަލައިނުގަންނަ މަންޒަރު ފެނިގެން ދިޔައެވެ. ވަޒީފާއެއް ނުލިބި، ދިރިއުޅޭނެ މަގެއް ނުފެނުމުން މައުސޫމް ސައިކަލު ފޮހެން ނިކުތްއިރު ދުވާލުދާ ހަތަރުދަމު މަސައްކަތް ކޮށްގެން ލިބޭ މަދު ފައިސާކޮޅުން ދިރިއުޅުން ހަމަޖައްސަމުން ދިޔައެވެ. އަދި ނިދަމުން ދިޔައީ މީހުން ނޫޅޭ ތަންތަނުގައި ބިންމަތީގައި ކަރުދާސްގަނޑެއް އަޅައިގެންނެވެ.
އެ ހާލަތުން އަނބުރާ މުޖުތަމައަށް ނުކުންނަން ބޭނުންވި ފުރުސަތުގައި އަތުން ސައިކަލު ފުހުމުގައި އަވަދިނެތި އުޅެނިކޮށް، ދިމާވި އެމްޓީސީސީގެ މުވައްޒަފެކެވެ. އޭނާގެ އިރުޝާދަށް މައުސޫމް އެމްޓީސީސީގެ އެންޖިނިއަރިން އޯޕެނިން ޑޭ އިންޓަވިއުއަށް ދިޔައެވެ. ހުކުމް ތަންފީޒުކޮށްފައިވާނަމަ ކުށުގެ ރިކޯޑަކަށް އެމްޓީސީސީން ނުބަލާތީ މައުސޫމަށް އެ ކުންފުނިން ވަޒީފާ ހަމަޖެހި، އެމްޓީސީސީގެ އެހީތެރިކަމާއެކު މައުސޫމުގެ ދިރިއުޅުން ބަދަލުވެގެން ދިޔައެވެ.
މައުސޫމް ދެއްކި ހިތްވަރުގެ ނަތީޖާއަކަށްވީ، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މެރިން އިންޖިނިއަރިންގެ ދާއިރާއިން ސްކޮލަޝިޕް އޭނާ އަށް ލިބުމެވެ. މިއަދު އޭނާއަކީ ރައްޔިތުންގެ އިންޖިނިއަރެވެ. މަހާޖައްރާފުގެ އިންޖިނިއަރެވެ.
އެމްޓީސީސީއިން ދޭ މެސެޖަކީ މުޖުތަމައުގެ ކޮންމެ މީހަކީވެސް މުހިންމު މީހެކެވެ. މުއުސޫމް ފަދައިން މި ދިވެހި ގައުމުގައި ކުށުން ސަލާމަތްވެ ކުށުގެ ރިކޯޑާއެކު ވަޒީފާ ނުލިބި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހެއެވެ. އަދި މިކަމުގެ ނަތީޖާއަކަށް ކުށުގެ ވެއްޓަށް އަލުން އަނބުރާ ދިއުމަށް މަގުފަހިވެއެވެ.
ތިދައްކާ ވާހަކައަކީ ހަގީގަތަކަށް ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.