މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އުރީދޫން ރޯދަ ކުއިޒް ފަށައިފިއެވެ.

ޕީސް ފައުންޑޭޝަން އާ ގުޅިގެން ކުރިއަށް ގެންދާ މި ކުއިޒް މުބާރާތް ރަމަޟާން މަހު ގެންދާއިރު، ހަފްތާއެއްގެ ކޮންމެ ބުދަ ދުވަހަކު ސޯޝަލް މީޑިއާގައި ސުވާލު ޕޯސްޓް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.

ސުވާލާއެކު ޖަވާބުތައް ހިމެނޭ ތާވަލެއް އުރީދޫން ދޭނެއެވެ. އެ ތާވަލުގައި ހުރި ޖަވާބުތަކުގެ ތެރެއިން ރަނގަޅު ޖަވާބުތަކުގައި ބޮޅު އެޅުމަށް ފަހު "އުރީދޫ ރޯދަ ކުއިޒް" ހޭޝްޓެގް ޖެހުމަށްފަހު ކޮންމެ ރެއެއްގެ 11:30 ގެ ކުރިން ސޯޝަލް މީޑިއާގައި ޖަވާބުތައް ޕޯސްޓްކުރަން ޖެހޭނެއެވެ.

އެގޮތަށް ޖުމްލަ ހަތަރު ސުވާލު ޕޯސްޓްކުރާނެ ކަމަށާއި، ހަފްތާއަކު އެއްފަހަރު ނަގާ ގުރުއަތުލުމުގައި ހޮވޭ އެއް ނަސީބުވެރިއަކަށް ސެމްސަންގް ގެލެކްސީ ބަޑްސް ލައިވް އިއާބަޑްސް ލިބޭއިރު، އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

ރޯދަ ކުއިޒްގެ އިތުރުން، އުރީދޫން ވަނީ މި ރަމަޟާން މަހާ ދިމާކޮށް އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ދީފައެވެ.