ބޮލީވުޑް ފިލްމީ ތަރި ތާރާ ސުތާރިއާ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ތާރާ ރާއްޖެ އައިސްފައި ވަނީ އޭނާގެ ލޯބިވެރިޔާ އާދަރް ޖެއިން އާއެކުއެވެ. ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ތާރާ އަންނަނީ އިންސްޓަގްރާމު މެދުވެރިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަގޮތުގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

https://www.instagram.com/p/Cb7pikBJF7K/?utm_medium=copy_link

އޭނާ ރާއްޖެ އައިސްފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

އޭނާގެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ 2" ނެރެފައި ވަނީ 2019 އަހަރުގެ މެއި މަހު 10 ވަނަ ދުވަހު އެވެ. އެ ފިލްމުގައި ތާރާއާ އެކު އަނަންޔާ ޕާންޑޭ އަދި ޓައިގާ ޝްރޮފް ވެސް ވަނީ ފެނިފައެވެ.

ތާރާ އެންމެ ފަހުން ފެނިގެން ދިޔައީ "ތަޅަޕް" އިންނެވެ. އެ ފިލްމުގައި އޭނާއާ އެކު ފެނިގެން ދާނީ ފިލްމީތަރި ސުނިލް ޝެޓީގެ ދަރި އަހާން ޝެޓީއެވެ.

ބޮޑު ތަރުހީބެއް ފިލްމަށް ލިބުނުއިރު ތާރާއަށް އަންނަނީ ގިނަ ފިލްމުތަކުން ފުރުސަތު ތަކެއް ލިބެމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ހީރޯޕަންތީ 2" އިންނެވެ.