މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް ބުނީ މައްޗަންގޯޅި ރުހުނާ ގޭގެ އަށް ވަނަ ފަންގިފިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 18:29 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ހާދިސާގައި ލިބުނު ގެއްލުން ތަކެއް އަދި މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ނުލިބޭ ކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ވެސް މާލޭގައި އަދި ހުޅުމާލޭގައިވެސް ވަނީ ގޭސް އެކްސްޕްލޯޝަންތައް ހިންގާ މީހުންނަށާއި އެއްޗެއްސަށް އެކި ވަރުގެ ގެއްލުން ލިބިފައެވެ.