މާލޭ ޕޯޓް ސަރަހައްދުގައި ހަންތަކެއްގައި ބަންދުކޮށްފައި ހުރި ކެމިކަލްތަކެއް ލީކްވެގެން ސިފައިން ހަރަކާތްތެރި ވެއްޖެއެވެ.
އެމްއެންޑީއެފް ބުނީ އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކޮށްފައި ވާ ކަމަށެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާއިރު އެމްއެންޑީއެފް ބުނީ އެހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
އިތުރުން އެމްޕީއެލް އިން ބުނީ ވިޔަފާރި ބަނދަރުގައި ހުރި ކާގޯ ތަކަކުން ކެމިކަލް ރިއެކްޝަން އެއް ފާހަަގަކުރެވިގެން ކުންފުނީގެ ސެކިއުރިޓީ ޑިޕާޓްމަންޓުން ސޭފްޓީއަށް އަންގާ، އޮންނަ އުސޫލުގެ ދަށުން އެމްއެންޑީއެފްއަށް އަންގުމުން އެ ކަން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.