ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެ އަށް އަލްވަދާއު ކިޔަން ތައްޔާރުވަނީއެވެ. ކޮވެލިތައް އޭގެ ރީތި އަޑުން ލަވަކިޔަމުން ދިޔައެވެ. ފަތިހުގެ ތެއްފިނި ރޯޅިތައް އައިސް ގައިގާ ބީހިލުމުން ގައިން ހީބިހި ނަގައިގެންދެއެވެ. ގަދަ ނިދީގައި އޮތް މީޝާ އަށް ހޭލެވުނީ ފޯން އެލާމްވާ އަޑަށެވެ. ދެލޮލުގައި އަތް ކާތަމުން ތެދުވެ މަގަތުގައި ނިދާފައި އޮތް 2 އަހަރަށްދާ މާލްގެ ބޮލުގައި ފިރުމާލިއެވެ. މާލް ފެންނަ ކޮންމެ ވަގުތެއްގައިވެސް މީޝާ އަށް އޭނާގެ ހިތި މާޒީ ހަނދާންވެއެވެ.

އެއީ މީގެ 5 އަހަރު ކުރިއެވެ. މީޝާ މިދުނިޔެއަށް ވެސް ނާންނަނީސް މީޝާގެ ބައްޕަ އެދެމައިން ދޫކޮށްލާފައި ގޮސް އެހެން މީހާކާ ކައިވެނި ކުރިއެވެ. އޭގެ ފަހުން މީޝާގެ ހުރިހާ ކަމެއް އެކަނި ހާލަށް ބެލީ އޭނާގެ މަންމަ އެވެ. ނަމަވެސް މީޝާގެ އުމުރުން އެންމެ 9 އަހަރުގައި މީޝާ ގެ މަންމަ ވެސް ނިޔާވެއްޖެއެވެ. އަޅާލާނެ އިތުރު މީހަކު ނެތި މީޝާ ބޮޑުވަމުން އައީ އެކަނިހާލަށެވެ. އެއް އިރު ކެއިއްޔާ އަނެއް އިރު ނުކައެވެ. ދުވަސްތަށް ފާއިތުވަމުން ގޮސް މީޝާގެ އުމުރުން 18 އަހަރު ވެއްޖެއެވެ.

ގިނަ ޒުވާންކުދިންނާ ހިލާފަށް މީޝާ އަކީ މާގިނަ ރައްޓެހިންނެއް ހުންނަ ކުއްޖެއްނޫނެވެ. ކުޑައިރު އުޅެންޖެހުނު ގޮތުންނެވެ.

ކޮންމެ ދުވަހަކު ވެސް ހަވީރު ތުނޑިއަށް ދިއުމަކީ މީޝާގެ އާދައެކެވެ. މިއަދުވެސް މީޝާ ގެއިން ނިކުތީ ތުނޑިއަށް ދާށެވެ.ރ ަށުގެ ވަލުމަގުން ލާފައި މަޑުހިނގުމެއްގައި ގޮސް ތުނޑިއަށް ފޭބުނު އިރު ރަށުން ބޭރު ދެތިން ފިރެހެން ކުދިން ރާޅުޖަހާފަށުގައި ތިއްބެވެ. އެކުދިންނާ މާބޮޑު އަޅާލުމެއްނުދީ މީޝާ ގޮސް ދޮންވެލިގަނޑުމަތީ އިއްތާލިއެވެ.

"ހޫންންން...ސާބަސް މަޒާ..އަލަށް ތަ އަންހެން ކުއްޖެއް ތި ފެނުނީ" މާޒިން މީޝާ އާއި ދިމާލަށް ބަލަން ހުރިތަން ފެނިފައި ވިޝާހު އޭނާއާއި ދިމާކޮށްލިއެވެ. " އޭ ބުރޯ އޭނަ ހާދަ ސަޅިއޭ.. މަ ބޭނުން ގޮތް ބަލާލަން.." މާޒިން އެހުރި ގޮތަށްހުރެފައި ބުނެލިއެވެ. "އޭ މީ މާލެ އެއް ނޫން އިނގޭ..މަޒާ އަތުގަ ލާރި ހުރީމަ މާލެއިން ބޭނުންވާހާ ކަމެއްވިޔަސް މިތަންތާކު ނުވާނެ." މާޒިން ބުނި އެއްޗާ ވިއްދާފައި ޝާމިލް ބުންޏެވެ. އެހެން ބުނުމުން 3 މީހުންނަށް އެކީ ހޭންފެށުނެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު މާޒިން ވާހަކަ ދައްކަން ފެށިއެވެ." މަ ބޭނުން ކަމެއް މަ ކުރާނަން. ތިހެން ނުވާނެއޭކީ ކިތައް ކުދިން ކައިރިއަށް މިހާރުވެސް ދެވިފަ ހުންނާނީ..މަށަށް ވާނެ" މާޒިން ބޮޑަވެލިއެވެ. "އޯކޭ އޭ..ދެން ހިނގާ ގެއާ ދިމާލަށް ދަމާ" ޝާމިލް ބުންޏެވެ.މާޒިން އިރުކޮޅަކުން ދާނަން ކަމަށް ބުނެ ހިނގައިގަތީ މީޝާ އާއި ދިމާއަށެވެ. ވިޝާހު އާއި ޝާމިލް ދިޔައީ ގެއާކޮޅަށެވެ.

މާޒިން ގޮސް މަޑުކޮށްލީ މީޝާ ކުރިމަތީގައެވެ. ނަމަވެސް މީޝާ އަޅައެއްނުލިއެވެ. "ކިހިނެއްވެފަ މިތާ އެކަނި ތީނީ. މީހެއްގެ އިންތިޒާރުގަ ތަ؟ " މާޒިން އިސްވެ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ދެންވެސް މީޝާ އިސްކުރީ ހިމޭންކަމެވެ.އަދި އެތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. ކުރިޔަށް އެޅިފިޔަވަޅު ހުއްޓުނީ މާޒިން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. މީޝާ ބިރު ގަންނަން ފެށިއެވެ. އޭނާގެ ލޮލުން އެއްވެސް ހިފެހެއަޓުމެއްނެތި ކަރުނަތައް ފައިބަންފެށިއެވެ.

"ރޮނީތަ؟ މަ ނޫޅެމޭ ކަމެއް ކުރާކަށް..އެކަނި އިންތަން ފެނުނީމަ ހަމަ އައިސްލީ މިގަޑީގަ މިތާ އެކަނި ބާންދާފަ ދާން ނުކެރިގެން..ސޮރީ..މަ ގޮސްލަނީ.ޔޫ ކޭން ވެއިޓް ހިއާ.." މާޒިން އެހެން ބުނުމަށްފަހު ދާން ހިނގައިގަތެވެ. މާޒިން ގޮސް ގެއްލުނު އިރުވެސް މީޝާ އަށް ހުރެވުނީ ބަލާށެވެ. މީގެ ކުރިން ދުވަހަކުވެސް މީހަކު މީޝާ އާއި އެހެން ވާހަކަ އެއް ނުދައްކައެވެ.

އެރޭއެއްކޮންވެސް މީޝާއަށް ވިސްނެނީ މާޒިންއާއި ދޭތެރޭގައެވެ. އެގޮތް ނޭނގޭ ޒުވާނާއަށް މީޝާގެ ހިތުން ޖާގައެއް ދެވިއްޖެއެވެ.ހިތް އެދެމުން ދިޔައީ އެޒުވާނާ އާއި ބައްދަލުކޮށްލުމަށެވެ.ވާހަކަ ދައްކާލުމަށެވެ.

މާޒިންގެ ހިޔާލުތައް އުނދަގޫ ކުރަން ފެށުމުން މީޝާ މަގުމައްޗަށް ނިކުމެލީ ސިކުނޑި ހަމަޖައްސާލާށެވެ. މަގުމައްޗަށް ނިކުންނަން އެޅިފިޔަވަޅު ހުއްޓުނީ ކުރިމަތީ ހުރި ޖޯލީގައި އޮތް މާޒިން ފެނިފައެވެ. މީޝާއަށް ފަހަތަށް ފިޔަވަޅުއަޅާލެވުނެވެ. އެތަންބަލަން އޮތް މާޒިން މީޝާއަށް ގޮވާލިއެވެ. "މީޝް އާދެބަލަ މިތަނަށް. މަ ނޫޅެމޭ މީޝް ކާލާކަށް.." މާޒިން އެހެން ބުނުމުންވެސް މީޝާ ވަނީއެތެރެއަށެވެ. ފަހަތުން މާޒިންވެސް ވަނެވެ. މާޒިން ދުވެފައި ކަހަލަ ގޮތަކަށްގޮސް މީޝާގެ އުނަގަނޑުގައި ފަހަތުން ހިފަހައްޓައި މާޒިން ގަޔާލާ ތަތްކޮށްލިއެވެ. ގުޑިލަންވެސް ނޭނގިފައި އެހުރި ފިޔަވަޅުމަތީގައި މީޝާއަށް ހުރެވުނީއެވެ. އޭނާގެ ހިތް ހީވަނީ ދެންމެ ދެންމެއަކު މޭފަޅާލާފައި ނިކުމެދާނެހެންނެވެ. މާޒިން މަޑު މަޑުން މީޝާގެ ކޮނޑުގައި ހިފާ އޭނާއާއި ދިމާލަށް އަނބުރާލިއެވެ. އަދި ވައި އަޑުން މީޝާގެ ކަންފަތް ބުޑުގައި ބުނެލިއެވެ. " މީޝް..އައި ލާވް ޔޫ.." މީޝާގެ ގަޔަށް ހީވީ ކަރަންޓު އައި ހެންނެވެ. އިސްތަށިތަށް ކޮޅަށް ޖެހިގެން ދިޔައެވެ. ވަގުތު ކޮޅަކަށް ދުނިޔޭގެ ހުރިހާ ކަމެއް ހަނދާން ނެތުނެވެ. މީޝާ ސިއްސައިގެން ދިޔައީ މާޒިން އޭނާގެ އުނަގަނޑޫގައި ހިފާ ބާރުކޮށްލުމުންނެވެ. ކުއްލިއަކަށް މާޒިން އާއި ދުރަށް ޖެހިލެވުނެވެ. "މިތަނުން ދޭ" މީޝާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ދުވެފައި ގޮސް ގެއަށް ވަދެ ދޮރުލައްޕާ ތަޅުލެވުނެވެ.

މީޝާއަށް އަދިވެސް ގަބޫލު ކުރަން އުނދަގުލެވެ. މާޒިން މީޝާ ދަކެ ލޯބިވާންވީ ކީއްވެހެއްޔެވެ. މާޒިންގެ ހިޔާލުގައި އޮއްވާ މީޝާއަށް ނިދުން އިރުވެސް ނޭނގެއެވެ.

އޭގެ އަނެއް ދުވަހު މީޝާއަށް ހޭލެވުނީ ބޮލުގައި ރިއްސާވަރުންނެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހުންވެސް އައިއްސައެވެ. ތެދުވެގެން އެއްޗެއް ކައިގެން ބޭސް ކައިގެން އަނެއްކާވެސް އޮއްތާލީއެވެ.

މީޝާއަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ތެދުވެ ގަޑި ބަލާލިއިރު އިރު އޮއްސި 7 ޖަހައިފިއެވެ. މާބޮޑަށް ހުން ހުރުމުން އޭނާއަށް ނަމާދު ކުރަންވެސް ނުހޭލެވުނީއެވެ. މަޑު ހިނގުމެއްގައި ގޮސް ދޮރުހުޅުވާލި އިރު ކުރިމަތީ ހުރި މާޒިން ފެނިފައި މީޝާ ބަސް ހުއްޓުނެވެ. އެއްވެސް އެއްޗެއް ނުބުނެވި އުޅެނިކޮށް މާޒިން ވާހަކަ ދައްކަން ފެށިއެވެ." މީޝް ކިހިނެއްވެފަ ތިހިރީ ބަލީތަ؟ މިއަދު ތުނޑިއަށް ވެސް ނުދަމެއްނުން..ހުރިހާ ކަމެއް އޯކޭތަ؟''މާޒިން މީޝާ އާޢި ދޭތެރޭ ވިސްނާވަރު ފެނިފައި އޭނާ ވަރަށް އުފާވިއެވެ. " ކުޑަކޮށް ހުންއައިސް ގެން. އެހެންވެ ނުހޭލެވުނީ" މަޑުމައިތިރި ކަމާއިއެކު މީޝާ ބުންޏެވެ. މީޝާ އެހެން ބުނުމުން މާޒިން އޭނާގެ ނިއްކުރީގައި އަތް ޖައްސާލިއެވެ. "ކުޑަ ކޮންނޭ މީހާ ގައިގަ އަތްލީމަ ފިހޭ ވަރުވޭ..ބޭސް ކައިފިންތަ؟ ހިނގާ އެތެރެއަށް" މާޒިން އެހެން ބުނުމަށްފަހު އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.އަދި މީޝާ ގެންގޮސް ކައިރީގައި ހުރި ސަރަނފީގައި ބޭންދިއެވެ. "އަހަރެން އެބަ އަންނަން ފެން ހިފައިގެން ފެންކާތަން ގައިގަ..މީޝް ބޭސް ކައިފިން ތަ؟ ކޮންތާކު ބޭސް ހުރީ" މީޝާ އަތުގެ އިޝާރާތުން ކޮޓަރީގައޭ ބުންޏެވެ.

މާޒިން ބޭހާއި ފެންފުޅިއަކާއި ހިފައިގެން އައިސް މީޝާ ގެ އަތަށްދިނެވެ. ބަސް އަހާ ކުޑަކުއްޖެއް ފަދައިން މީޝާ ބޭސް ކާލިއެވެ. މާޒިން މީޝާގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އަދި އޭނާގެ ބޮލުގައި ފެންފޮތި ކާތާލަދިނެވެ. މާޒިންގެ އޯގާތެރިކަން ފެނިފައި މީޝާއަށް ރޮވެންފެށިއެވެ. މާޒިން މަޑު މަޑުން މީޝާ އާއި ކައިރިވެލާ އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާދިނެވެ. އަދި މީޝާ ނަގައި އޭނާގެ މެޔާލައި ބޮނޑިކޮށްލިއެވެ. މީޝާއަށް ވެސް މާޒިންގެ ގައިގާ ބައްދާލެވުނެވެ.

އެދެމެދުގައި ދެންދިޔައީ ހަމަ ހިމޭންވަގުތުކޮޅެކެވެ. އެހަމަ ހިމޭންކަމަށް ނިމުމެއް އައީ މާޒިން މީޝާ އަށް ގޮވާލުމުންނެވެ. މާޒިން އޭނާގެ ދެއަތުން މީޝާގެ ކޮލުގައި ހިފާލައި އޭނާގެ މޫނާކައިރި ކޮށްލިއެވެ.އ ަދި މީޝާގެ އެ ތުނި ތުންފަތުގައި ބޮސްދިނެވެ. މީޝާ އަށް ދެލޯމަރާލެވުނެވެ. މީގެ ކުރިން ދުވަހަކުވެސް އެކަހަލަ ކަމެއް ތަޖުރިބާކޮށްފައި ނުވާ މީޝާ އަށް ހަދާނެ ގޮތެއްނޭންގުނެވެ. މާޒިން އާއި ދުރަށް ދާކަށް އޭނާގެ ހިތެއް ނޭދެއެވެ އެހެންކަމުން އެވަގުތުގެ ލައްޒަތު ލިބިގަންނަން އޭނާއަށް އިނދެވުނީއެވެ.

ފަތިސް ނަމާދު ބަންގީގެ އަޑަށް މީޝާއަށް ހޭލެވުނު އިރު ކައިރީގައި ނިދާފައި އޮތް މާޒިން ފެނިފައި މީޝާގެ މޫނޫ ރަތްވިއެވެ. މާޒިންގެ ނިވާކަމެއްނެތް އެ ހަށިގަނޑަށް ބަލަން އޮވެވުނީއެވެ. މީޝާ ގައިގައި ރަޖާ އޮޅާލައިގެން ފާހަނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ މާޒިން އަށް ގޮވާލިއެވެ. އެއްވެސް ކަމަކަށް ނުވިސްނަ އިން މީޝާއަށް ސިހުމެއް ލިބުނީ މާޒިން އޭނާގެ އަތުގައި ހިފާ މާޒިން އާއި ކައިރި ކޮށްލުމުންނެވެ. " އެހަށް އާދެބަލަ..ހާދަ އަވަހަށް ފެންވެރީތި" މީޝާ ލަދުގަތެވެ." މާޒިން ދެންދޭ ފެންވަރައިގެން " އިސްޖަހާލައިގެން އިނދެ މީޝާ ބުންޏެވެ.އެރޭ މާޒިން ނިކުމެގެން ދިޔައީ މީޝާގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލާފައެވެ.

މީޝާ ސިއްސައިގެން ދިޔައީ ކައިރީގައި އޮތް ދަރިފުޅު ރޯންފެށިއަޑަށެވެ. ލޮލުގައި ހުރި ކަރުނަތައް ފުހެލާފައި ދަރިފުޅުނަގާ މެޔާލާ ބޮނޑިކޮށްލިއެވެ. އަދި ހިތާ ހިތާ ކިޔަމުން ދިޔައެވެ. "އުމުރަށްވެސް ސަލާމެވެ".