ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ހުޅުވާލި ބައެއް ރަށްތަކަށް ބޮޑެތި އަގުތަކެއް ހުށަހަޅައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބުނީ ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ނަލަ ނަލަ އަދި ދަތުރު ކުރުމުގަ ފަސޭހަ ރަށްތަކަށް ބޮޑެތި އަގުތަކެއް ބީލަމުގައި ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން، އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައިވާ އަގުތައް މިނިސްޓްރީން ކަނޑައަޅާފައިވާ އެކުއިޒިޝަން ކޮސްޓްތަކުގެ އެންމެ މަދު މިންވަރަށްވުރެ 250 ޕަސެންޓް އެވްރެޖްކޮށްބޮޑު ކަމަށާއި އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައިވާ އެންމެ ބޮޑު އަގަކީ އެ ރަށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އެކުއިޒިޝަން ކޮސްޓަށްވުރެ 929 ޕަސެންޓް ބޮޑު އަދަދު ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށުގައި ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލީ އޮކްޓޫބަރު 2021 ގައެވެ. އަދި ބީލަން ހުށަހެޅުން ކުރިއަށް ގެންގޮސްފާ ވަނީ 22 އަދި 23 މާޗު 2022 މާޗް، 22 އަދި 23، 2022 ގައެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބުނީ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު 2022 އެޕްރީލްގެ ނިޔަލަށް ބީލަން ކާމިޔާބު ކުރި ފަރާތްތަކަށް ރަށްތައް އެވާޑް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ

29 ބީލަން ފޮތް ގަނެފައިވާއިރު 13 ފަރާތަކުން ވަނީ ތަފާތު 9 ރަށަކަށް 18 ބީލަން ހުށަހަޅާފައެވެ. އެގޮތުން، ހއ. އަތޮޅުގެ 2 ރަށަކަށް 3 ބީލަން، މ. އަތޮޅުގެ ރަށަކަށް 2 ބީލަން، ފ. އަތޮޅުގެ 2 ރަށަށް 8 ބީލަން، ތ. އަތޮޅުގެ ރަށަކަށް 1 ބީލަން، ގއ. އަތޮޅުގެ ރަށަކަށް 1 ބީލަން އަދި ގދ. އަތޮޅުގެ 2 ރަށަށް 3 ބީލަން ވަނީ ހުށައަޅާފައެވެ.