ޓެރަރިޒަމް އަމަލެއް ހިންގަން އުޅުނު 9 މީހަކު އައްޑޫ އިން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މިއަދު އައްޑޫއިން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޓެރަރިޒަމް އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އައްޑޫން ނުވަ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދެއް އަދި އައްޑޫގެ ކޮން ރަށަކުން ކަމެއް ފުލުހުންނެއް ހާމައެއް ނުކުރެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖަޔަޝަންކަރުގެ އިތުރުން ދައުލަތުގެ ބައެއް މިނިސްޓަރުން މިވަގުތު އައްޑޫގައި ތިއްބައެވެ.