ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ހަދާފައިވާ ކިއުއެއް ކަމަށް ހީކޮށް ފިހުނު ކުކުޅު ވިއްކާ ކިއުއެއްގައި މީހަކު 2 ގަޑިއިރު ހުރެއްޖެއެވެ.
ޗައިނާގެ ޒެޖިއަން ސިޓީގެ ހަންގްޒޫ އަވަށުގައި ދިރިއުޅޭ ލެނާ ލިން ވަނީ އޭނާގެ މި ތަޖުރިބާގެ ވާހަކަ ޗައިނާގެ އޮންލައިން ނޫހެއް ކަމަށްވާ ލިޗީ ނިއުސްއާ "މަދާޝިޕް" ގައި ވެސް ވަނީ ރިޕޯޓު ކޮށްފައެވެ.
މި ހާދިސާ ހިނގާފައި ވަނީ ވޭތުވެދިޔަ 2 އަހަރާ އަޅާ ބަލާ މިހާރު ކޮވިޑް ފެތުރެން އިތުރުވެފައި ވާތީ އެ ގައުމުގެ ސްކޫލުތަކާއި ގިނަ ވިޔަފާރިތައްވެސް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލެނާ އެ ދުވަހު ހެނދުނު ކޮވިޑް ޓެސްޓް ކުރުމަށް ދިޔަ އިރު ހޮސްޕިޓަލާ ކައިރި ހިސާބެއްގައި ވަރަށް ދިގު ކިއުއެއް އޮތުމުން އޭނާވެސް އެ ކިއުއަށް އެރީއެވެ. އަދި އެތަނަކީ ފިހުނު ކުކުޅު ވިއްކާ ތަނެއްކަން ލެނާއަށް ރެއާކާލީ އެ ކިއުގައި 2 ގަޑިއިރު ހުރުމަށް ފަހު އޭނާގެ ފަހަރު ޖެހުމުން ޓެސްޓް ހަދަން ދިމާކޮށްލުމުންނެވެ.
އެ ކިއުގައި އެހާ ގިނަ އިރު ހުންނަން ޖެހުމުން އެންމެފަހުން ލެނާވެސް ގެއަށް ދިޔައީ ފިހުނު ކުކުޅު ހިފައިގެން ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.