ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިރޭ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައިސް އޮފީހުން ބުނީ، އެމަނިކުފާނު ގައުމާ މުހާތަނު ކުރައްވާނީ، މިރޭ 8:00 ގައި ޕީއެސްއެމް މެދުވެރިކޮށް ކަމަށެވެ. އެ މަނިކުފާނު ގައުމާ މުހާތަބު ކުރައްވާ އިރު، މިހާރު ކޮވިޑްގެ ހާލަތާއި އަދި މުހިއްމު އެހެން މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ރައީސް ގައުމާ މުހާތަބް ކުރައްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަަނ ދުވަހުއެވެ. އެ ދުވަހު ރައީސް ވާހަކަ ފުޅު ދއްކަވާފައި ވަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެންނެވެ.

ދެން އޭގެ ކުރިން އެމަނިކުފާނު ވަނީ މިދިޔަ މެއި މަހު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެ ދުވަހު އެމަނިކުފާނު ވާހަކަ ދެއްކެވީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެންނާއި ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންނެވެ.