ސައުދީ ސަރުކާރުން ދިވެހިރާއްޖެ އަށް 3000 މުސްހފު މިއަދު ހަދިޔާ ކޮށްފިއެވެ.

މުސްހަފްތައް ހަވާލުކޮށް ދެއްވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެތްރެކް އަލްދޮސާރީއެވެ. އަދި އެ މުސްހަފްތަކާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

ރޯދަ މަސް ފެށެން ކުޑަ ތަން ވެފައި ވަނިކޮށް ސައުދޫ ސަރުކާރުން މި އަހަރު މުސްހަފްތަކެއް ހަދިޔާ ކޮށްފައިވާ އިރު، މީގެ ކުރިން ވެސް ރޯދައާ ދިމާކޮށް އެ ގައުމުން ރާއްޖެއަށް ވަނީ އެކި ކަހަލަ އެހީ ފޯރުކޮށް ދީފައެވެ. އެގޮތުން ރާއްޖެއަށް ސައުދީން ހަދިޔާ ކުރާ ކަދުރަކީ ކޮންމެ ރޯދައަކާ ދިމާކޮށް އެ ގައުމުން ހަދިޔާ ކުރާ އެއްޗެކެވެ.

މިދިޔަ އަހަރު ސައުދީން ވަނީ 25 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައެވެ.